ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީ ސަރުކާރުން ނުބައްދަލު އެތައް ހަރަދުތަކެއްކޮށްފައިވޭ: ސައީދު

ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އިނޮކޮމިކް މިނިސްޓަރު މުހައްމަދު ސައީދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑު-19 ގެ ދުވަސްވަރު ކުރީ ސަރުކާރުން ނުބައްދަލު އެތައް ހަރަދުތަކެއްކޮށްފައިވާކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކޮށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅުއްވައި، ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ ރާއްޖޭގެ މާލީ ހާލަތު މީހާ ގޯސް ހިސާބަކަށް ދިޔައީ އެއްވެސް ރޭވުންތެރިކަމެއް ނެތި ސިޔާސީ މަންފާ އިސްކޮށް ފައިސާ ޗާޕުކޮށް އިންތިހާއަށް ގިނަ ދަރަނި ނެގުމުގެ ސަބަބުން ކަމަށެވެ. ހަރަދުތައް ކުޑަ ކުރުމަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނެތްކަން ފާހަގަކޮށް ޒަމީރު ވިދާޅުވީ، ކޮވިޑު-19 ގައި ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ މާއްދާތައް ސަސްޕެންޑު ކުރުމަށް ފަހު ފައިސާ ޗާޕުކޮށް އެ ހާލަތު ނެތި ދިއުމުން ވެސް އެ ބަހަނާ ދައްކައި ފައިސާ ޗާޕުކޮށްފައިވާކަމަށެވެ.

ބަޖެޓު ހުށަހަޅުއްވަމުން ޒަމީރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ރައްޔިތުންނަށް ހިދުމަތްތައް ފުރިހަމަ ގޮތުގައި ދިނުމަށް ހާއްސަ އިސްކަމެއް ދީފައިވާނެކަމަށެވެ. އަދި މި ބަޖެޓަކީ 2019 އަށްފަހު ޖީޑީޕީގެ ނިސްބަތުން އެންމެ ޑެފިސިޓް ކުޑަ ބަޖެޓަށް ވާނެކަން ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ އިގްތިސާދާއި، އަދި ކުރިން ގައުމަށް ދިމާވެފައި ހުރި ހާލަތްތަކުގެ ތަފްސީލު ވެސް ހުރި ބަޖެޓާއި ގުޅޭގޮތުން ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ސައީދު ވިދާޅުވީ މިއީ ވަރަށް އުންމީދީ ވާހަކަތަކެއް ހުރި ބަޖެޓެއް ކަމަށެވެ.

ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އަސާސީ ހިދުމަތް އެންމެ ފުރިހަމަގޮތުގައި ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތުގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުގައި އެންމެ ބޮޑު އެއް އިސްކަމެއް ދީފައިވާ ދާއިރާއަކީ ސައީދު ވިދާޅުވި ގޮތުގައި ބޯހިޔާވަހިކަމުގެ މައްސަލަތައް ހައްލު ކުރުމެވެ. އަދި ރައްޔިތުންނަށް ގެދޮރު ފޯރުކޮށްދިނުމަށް ރައީސް ކުރައްވަމުން މިގެންދަވާ މަސައްކަތް ގުޅިފައި ވަނީ ޒަމާންވީ، އެތައް އަހަރުތަކެއްވެފައިވާ ތަކުލީފުތައް ނިމުމަކަށް ގެނައުމަށް ކަމަށެވެ.

މިއީ ބޯހިޔާވަހިކަމުގެ ބަޖެޓެއްކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ، ރައްޔިތުންގެ މި ނޫންވެސް އެތައް އުންމީދުތަކެއް އަންނަ އަހަރުގެ ތެރޭގައި ފުރިހަމަވެގެން ދާނެކަމަށެވެ.

2020، 2021 ގައި ކޮވިޑު-19 ގެ ދުނިޔެއަށް ކުރިމަތިވެ އެއްކޮށް ގައުމުތައް ބަންދުގައި އޮތް އިރު ރާއްޖެ ވެސް އޮތީ ހަމަ އެ ހާލަތުގައިކަމަށް ސައީދު ވިދާޅުވި އެވެ. މުޅި ދުނިޔެއަށް ދިމާވި މި ބަލިމަޑުކަމުގެ ތެރޭގައި ރައްޔިތުންގެ މަޖިލިސް އިސްވެ އޮވެ ރާއްޖޭގެ ބޯޑަރު ހުޅުވާލުމަށް ކުރި މަސައްކަތް ސައީދު ފާހަގަކުރެއްވި އެވެ.

ސައީދު ވެސް ހިމެނިވަޑައިގެންނެވި މަޖިލީހުގައި އެ މަސައްކަތް ފެށުމުން، ޓޫރިޒަމް މިނިސްޓަރު ހިމެނޭހެން ކަމާއި ބެހޭ ވުޒާރާތަކުގެ އިސްވެރިން ތިބީ ބޯޑަރު ހުޅުވާ ގޮތަކަށް ނޫންކަމަށެވެ.

އެބޭފުޅުން ތިއްބެވީ ބޯޑަރު ހުޅުވާ ގޮތަކަށް ނޫން، ބޯޑަރު ހުޅުވިގެން ދިޔައީ ރާއްޖޭގެ ޓޫރިޒަމް ކޮންމެވެސް ސިފައެއްގައި ފެށިގެން އައި.. އަދި ރާއްޖެއަށް ބޭރު ދުނިޔޭގެ އެކި އޭޖެންސީތަކުންނައި، އެކި ބޭންކުތަކުން.. އަދި ދޭދޭ ގައުމުތަކުން ވަރަށް ގިނަ އެހީތެރިކަމެއް ދިން ރާއްޖެއަށް.. އޭގެ ތެރޭގައި ވެކްސިން ވެސް ހިލޭ ލިބިގެން ދިޔައީ، ވަރަށް ބޮޑު އަދަދަކަށް.. އަދި ކޮވިޑުގެ ނަމުގައި ރިސޯޓުތަކުގެ އެނދުތައް ސަރުކާރުން ކުއްޔަށް ހިފައިގެން ތިން ހަތަރު ގުނަ ބޮޑެތި ގުނައިގައި ފައިސާ ދައްކަމުން ދިޔައީ..

ސައީދު ވިދާޅުވީ އެކި ނަންތަކުގައި ހަރަދު ކުރަމުން ދިޔައިރު، އޭގެ ތެރޭގައި ކެއުމަށް ކުރި ބޮޑެތި ހޭދަތައް ހިމެނޭ ކަމަށެވެ. އަދި ބޮޑެތި ހިޔާނާތުގެ ތުހުމަތު ކުރެވުނުއިރު އޭގެ ތެރެއިން އެއް މައްސަލައެއްގެ ގޮތުގައި ސައީދު ފާހަގަކުރެއްވީ މަޝްހޫރު ވެންޓިލޭޓަރު ހިޔާނާތެވެ.

ކޮވިޑު-19 ގައި ރާއްޖެއަށް އެތައް ހިލޭ އެހީއެއް ގައުމުތަކާއި، ބޭރުގެ ޖަމިއްޔާތަކުން ލިބުނުއިރު އެ ހުރިހާ އެހީއެއް ކޮބައިތޯއާއި އޭގެއިން ރައްޔިތުންނަށް ކުރި މަންފާއަކީ ކޮބައިތޯ ސައީދު ސުވާލު އުފެއްދެވި އެވެ. ސައީދު ވިދާޅުވީ ރާއްޖެއަށް ހިލޭ ވެކްސިން ލިބި، ސިއްހީ ގޮތުން ވެސް އެކި ގައުމުތަކުން މެޑިކަލް އިކުއިޕްމަންޓު ދިންކަމަށެވެ. އެހެން ނަމަވެސް އެ މުއްދަތުގެ ތެރޭގައި ސަރުކާރުން ބައެއް ރިސޯޓުތައް ނަގައިގެން އެކި ގޮތްގޮތުން ކޮޓަރިތަކަށް ފައިސާ ދައްކަމުން ދިޔަކަމަށް ސައީދު ވިދާޅުވި އެވެ.

ކޮވިޑާއި ގުޅުވައިގެން ނުބައްދަލު، އެތައް ގުނައެއް ނުބައްދަލު ގޮތަކަށް ސަރުކާރުން ހަރަދުކޮށްފައި ހުރީ، އަދި އެ ކުރި ހަރަދު ހަގީގަތުގައި ބޭރު ދުނިޔޭގެ ގައުމުތަކުން ލިބުނު އެހީ ކަނޑާލީމަކާ ސަރުކާރުގެ މާލިއްޔަތަށް އެހާބޮޑު ބުރައަކަށް ވާން ނުވެސް ޖެހޭވަރަށް..

މީގެއިތުރުން ސައީދު ވިދާޅުވީ ސަރުކާރުން ކޮވިޑުގެ ދުވަސްވަރު ބޮޑެތި ހަރަދުތައްކޮށްފައިވާކަމަށެވެ. އަދި މި ހަރަދުތައް ހިލޭއެހީއަށް ކަނޑާލުމުން ސަރުކާރުގެ މާލިއްޔަތަށް ބުރަ ބޮޑު ނުވާނެކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: