ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިވަން މީޑިއާ ނިމުމަކަށް އައިސްފި، ގައުމު އަނބުރާ މިދަނީ 19 ވަނަ ގަރުނަށް: ފައްޔާޒް

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވާހަކަ ދައްކަވަނީ: ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިވަން މީޑިއާ ނިމުމަކަށް އައިސްފައިވާކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒް މިހެން ވިދާޅުވީ އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ފައްޔާޒް ވިދާޅުވީ ގޮތުގައި މިނިވަންކަމާއިއެކު މައުލޫމާތު ފަތުރަން ކެރޭ މީޑިއާތައް ރާއްޖޭގައި ވަރަށް މަދެވެ. ސަރުކާރުން މީޑިއާތައް އަޅުވެތި ކުރަމުންދާކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި ފައިސާގެ ގޮތުންް ބިރުވެރިކަން ފަތުރާނެކަމަށް ވިދާޅުވިއެވެ.

ފައްޔާޒް ފާހަގަކުރެއްވީ މީޑިއާ ކައުންސިލްގެ ރައީސްގެ މަގާމު ގެއްލިގެން ދިއުމެވެ.

ލަދުހަޔާތް ކުޑަކަން ބައްލަވާ މީޑިއާ ކައުންސިލްގެ ރައީސް، މީޑިއާ ފްރީޑަމްއޭ ކިޔާއިރު މީޑިއާ ކައުންސިލްގެ ރައީސްގެ ވަޒީފާ އެ ވަކިކުރީ. ދެން ކޮން ކަމެއްތޯ އެބޭފުޅުން ނުކުރައްވާނީ.

ފައްޔާޒް ވިދާޅުވިއެވެ.

މިދިޔަ އަހަރުތަކުގެ ތެރޭގައި ހޯދާފައިވާ މިނިވަންކަމާއި ބާރުވެރިކަން މީޑިއާގެ އަތުން މި ސަރުކާރުން ނިގުޅައިގަންނަމުންދާކަމަށެވެ. ރު ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ރައްޔިތުންނަށް ޕީޕީއެމްގެ ފިކުރު އޮޅުވާލާކަމަށާއި، އި ޑިމޮކްރަސީގެ ނަމުގައި ދޮގާއި މަކަރާއި އަނިޔާވެރިކަަން އިސްކުރާކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒުގެ އަމަލުތައް ހުރީ ވެވަޑައިގެން ވައުދުތަކާއި މުޅިން ހިލާފަށްކަމަށް އޭޏާ ވިދާޅުވިއެވެ. މި ފަސް އަހަރު އެކީ ކުރީ ސަރުކާރަށް ތުހުމަތު ކުރުމުގައި މި ސަރުކާރުން ހޭދަ ކޮށްފާނެކަމަށް ފައްޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން ފައްޔާޒް ވަނީ މި ސަރުކާރުގައި ގިނަ އަދަދަކަށް ސިޔާސީ މުވައްޒަފުން އެބަތިބިކަމަށް ވިދާޅުވެފައެވެ. އެމްޑީޕީގެ ސަރުކާރު ނިމުނުއިރު ތިބީ 1،000 ސިޔާސީ މުވައްޒަފުން ކަމަށާއި ނަމަވެސް މި ސަރުކާރުގެ ފުރަތަމަ 11 މަސް ނިމުނުއިރު ސިޔާސީ މުވައްޒަފުންގެ އަދަދު އޭގެ ދެގުނަ ވެފައިވާކަމަށް ވިދާޅުވިއެވެ.

މި ސަރުކާރުގެ އަމަލުތައް ހުރީ ރާއްޖެއަށް ލިބިފައި ހުރި ކުރިއެރުންތައް ފަހަތަށްދާފަދަ ގޮތަކަށްކަމަށް އޭނާ ވިދާޅުވިއެވެ. ގައުމު އަނބުރާ 19 ވަނަ ގަރުނަށް ދިއުމުގެ ފުރުސަތު އެބައޮތްކަމަށްވެސް ފައްޔާސް ވިދާޅުވިއެވެ.

ސަރުކާރުން ކުރާ ކަންކަމާއިމެދު ދެކޮޅަށް އަޑު އުފުލައި، އެފަދަ ކަންކަން ހުއްޓުވަން ޖެހޭކަމަށް ފައްޔާޒް ވިދާޅުވިއެވެ. ނޫންނަމަ ގައުމުގައި މިނިވަންކަމާއިއެކު ނޫޅެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: