ދިވެހިރާއްޖޭގައި ޑޮމެއިންގެ ޚިދުމަތް އަލުން ފެށުމަށް ސަރުކާރުން ނިންމައިފިއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން ނިންމާފައި ވަނީ ނޮވެމްބަރު މަހުގެ ތެރޭގައި ޑޮމެއިންގެ ހިދުމަތް ފެށުމަށެވެ.
ޑޮމެއިންގެ ގިނަ މައްސަލަތަކެއް ފެންމަތިވެ އެ ހިދުމަތް ހުއްޓާލީ ކުރީ ސަރުކާރުގަ އެވެ.
ގިނަ ބައެއްގެ މެދުގައި މަގުބޫލް ޑޮމެއިންގެ ހިދުމަތަށް، ބޮޑެތި ހޭދަތައް ކުރާކަން ފާހަގަކުރެވެ އެވެ.
މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ޚިދުމަތް އަލުން ނުފެށި ލަސްވެގެން ދިޔައީ ވޭތުވެދިޔަ ތަނުގައި ޑޮމެއިންގެ ރެކޯޑްތައް ހަރުދަނާ ގޮތެއްގައި ބެލެހެއްޓިފައި ނެތުމުގެ ސަބަބުންނެވެ. އެކަން ފާހަގަކޮށް މިނިސްޓްރީން ބުނެފައި ވަނީ އަމާޒަކީ، ޑޮމެއިން ޚިދުމަތް އަލުން ފެށުމާއެކު، ހަރުދަނާ މޮނިޓަރިންގ ނިޒާމަކާއި ފުރިހަމަ ޤަވާޢިދެއް ޤާއިމުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިން ކަމަށެވެ.
އަލުން ޚިދުމަތް ފެށުމާއެކު، ޑޮމެއިންގެ ޚިދުމަތަށް ދޫކުރާ އެންމެހައި ލިޔެކިޔުންތަކަކީ ސެކިއުރިޓީ ފީޗާޒްތައް ހިމެނޭ ލިޔެކިޔުންތަކަކަށް ބަދަލުވެގެންދާނެއެވެ. އަދި މި މަސައްކަތް ކުރާނީ އެއްވެސް ފަރާތެއްގެ ހައްގަށް އުނިކަމެއް ނާންނާނެ ގޮތަށެވެ.

