ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިޒްރޭލަށް ދޭ ޙަމަލާ ހިތިވާނެ: ޚާމަނާއީ

އިރާނުގެ ރޫހާނީ ލީޑަރުު އާޔަތުﷲ އަލީ ޚާމަނާއީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިޒްރޭލަށް ދޭ ޙަމަލާ  ހިތިވާނެ ކަމަށާއި، އިޒްރޭލަށް ވަރުގަދައަށް ބަދަލު ހިއްޕަވާނެކަމަށް އިރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެއެވެ.

އިރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޚާމަނާއީ މި ވާހަކަފުޅު ދެއްކެވީ  އެ ޤައުމުގެ ދަރިވަރުންތަކަކާ މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅެއްގައެވެ.

ޚާމަނާއީ ވިދާޅުވީ، އިޒްރޭލުން ހިންގަމުންދާ ޖަރީމާތަކަށް ވަރުގަދަ ރައްދެއް ދެއްވާނެ ކަމަށެވެ. އެގޮތުން އިޒްރޭލުން އިރާނާ ދެކޮޅަށް، އަދި އިރާނާއެކު ބައިއަތު ހިފާފައިވާ ހަނގުރާމަވެރި ޖަމިއްޔާތަކާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތައް ޚާމަނާއީ ފާހަގަ ކުރެއްވިއެވެ. މީގެ ތެރޭގައި ޔަމަނުގެ ހޫތީންނާއި، ލުބުނާނުގެ ހިޒްބުﷲ ގެ އިތުރުން، ފަލަސްތީނުގެ ޙަމާސް ޖަމާއަތް ހިމެނެއެވެ.

އެހެންނަމަވެސް އިރާނުން ބަދަލު ޙަމަލާ ދޭނެ ވަކި ވަގުތެއް އަދި އޭގެ ތަފްސީލެއްވެސް ޚާމަނާއީ ހާމައެއް ނުކުރައްވައެވެ.

މި ބަޔާން އައިސްފައިވަނީ ފާއިތުވި ހަފްތާގައި އިޒްރޭލުން އިރާނުގެ އަސްކަރީ ބޭސްތަކަށް އަމާޒުކޮށް ޙަމަލާދިނުމާ ގުޅިގެންނެވެ. އެ ޙަމަލާގައި އިރާނުގެ ވެރިރަށް ތެހެ ތެހެރާން ހިމެނޭ ގޮތަށް 20 ސަރަޙައްދަކަށް ަށް ޙަމަލާ ދީފައިވާކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

މި ހަމަނުޖެހުންތަކުގެ ސަބަބުން މެދުއިރުމަތީގެ ސަރަޙައްދުގައި ހަނގުރާމައިގެ ބިރުވެރިކަން އިތުރުވެފައިވާއިރު، ބައިނަލްއަޤްވާމީ މުޖުތަމަޢުން ވަނީ ދެފަރާތަށްވެސް ހަމަޖެހުމަށް ގޮވާލާފައެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: