ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ދައުރުގެ ތެރޭގައި 120 އަށް ވުރެ ގިނަ ރަށުގައި ކައުންސިލްގެ އޮފީސްތައް އަޅައިދޭނަން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

މިދައުރުގެ ތެރޭގައި 120 އަށް ވުރެ ގިނަ ރަށުގައި ކައުންސިލްގެ އޮފީސްތައް އަޅައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ވެރިކަމަށް ވަޑައިގެން އަތޮޅުތެރެއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް މުއިއްޒު ވަނީ، ކައުންސިލްތަކާއި ބައްދަލު ކުރައްވައި ރަށްތަކަށް ދިމާވެފައިވާ ދަތިތަކާއި ގުޅޭ މައުލޫމާތު އޮޅުންފިލުއްވާފަ އެވެ. ކައުންސިލްތައް ބާރުވެރި ކުރުވުމަށް ގިނަ މަސައްކަތްތަކެއް މިދިޔަ އަހަރެއްގެ ތެރޭގައި ކުރެވިފައިވާނެކަމަށް ފާހަގަކުރައްވައި ރައީސް ވިދަޅުވީ މިހާތަނަށް 160 އަށް ވުރެ ގިނަ ކައުންސިލްތަކާއި ބައްދަލު ކުރައްވާފައިވާނެކަމަށާއި އެ ކައުންސިލްތަކުން ބޭނުންވާ ކަންކަން ނޯޓުކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީސް މެދުވެރިކޮށް ވުޒާރާތަކަށް ފޮނުވާފައިވާނެކަމަށެވެ.

ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާއި ވަރަށް ގާތުން މަސައްކަތް ކުރެވުނުކަމަށާއި، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ދެނެގަތުމަށް ހާއްސަ އިސްކަމެއް ދިންކަން އެއީ ފެންނަން އޮތް ހަގީގަތެއް ކަމަށެވެ. ބައެެއް ކައުންސިލްތައް ހިންގަމުން ދަނީ އެތައް އަހަރުތަކެއްވެފައިވާ އޮފީސްތަކުގައިކަން ފާހަގަކޮށް ރައީސް ވިދާޅުވީ އެމަނިކުފާނު ވެސް އެ އިމާރާތްތައް ބެއްލެވިއިރު މަރާމާތުކޮށްފައި ނުވާކަން ވެސް ފާހަގަކުރެވުނު ކަމަށެވެ.

ކައުންސިލްތަކަށް އާމްދަނީ ހޯދޭނެ މަގުތައް އެވަނީ ފަހިކޮށްދީފަ. ކައުންސިލްތަކަށް ފަޅުރަށްތައް ލިބޭނެ މަގު ފަހިކޮށްދީފަ އެވަނީ. އަދި ލޯކަލް ޓުއަރިޒަމްގެ ތެރެއިން ލިބޭ ޓެކްސްގެ ވަކި ޕަސެންޓޭޖެއް ކައުންސިލްތަކަށް ޖަމާކޮށްދޭން ވަނީ ނިންމާފަ

ކައުންސިލްތަކަށް ދޫކުރަން ޖެހޭ ބްލޮކް ގްރާންޓާއި ގުޅޭގޮތުން ރައީސް ވިދާޅުވީ، ގާނޫނުގައި ބުނާ ގޮތުގެ މަތިން ކައުންސިލްތަކަށް ފަސް އިންސައްތަ ބަޖެޓުން ދެވިގެންދާނެ ކަމަށެވެ. އޭގެ އިތުރަށް ލޯކަލް ޓުއަރިޒަމްގެ ތެރެއިން ވަކި އިންސައްތައެއް ހާވާލުކުރުމަށް ގާނޫނު އިސްލާހުކުރުމަށް ފޮނުއްވާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި ގާނޫނުގައި ލިޔެވިފައި ހުރެމެ ކައުންސިލަތަކާއި ހަވާނުކޮށްހުރި ކަންކަން ހަވާލު ކުރައްވާނެ ކަމަށެވެ. އަދި މިހާރު އެކަމުގެ ކެބިނެޓް މަޝްވަރާތަކެއް ހިނގަމުންދާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ ކައުންސިލްތައް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ބާރުވެރި ކުރުވައިގެން ކައުންސިލްތައް މެދުވެރިކޮށް އެކި މަސައްކަތްތައް މިހާރުވެސް ދަނީ މަސައްކަތް ކުރައްވަމުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: