ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލްތަކުގެ ބްލޮކް ގްރާންޓު ކުޑަކޮށް، ފިނޭންސް މިނިސްޓަރ ވަނީ ގާނޫނާ ހިލާފުވެފައި: ޑިމޮކްރެޓްސް

ޑިމޮކްރެޓްސްގެ ޖަލްސާއެއްގައި އަމްރު އާއި ޕާޓީގެ އިސް ބައެއް މެމްބަރުން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ލާމަރުކަޒީ ގާނޫނާއި ހިލާފަށް ކައުންސިލްތަކަށް ހައްގުވާ ބްލޮކް ގްރާނަޓުން ބޮޑު މިންވަރެއް އުނިކޮށް މާލީ ވަޒީރު ގާނޫނާއި ހިލާފުވެފައިވާ ކަމަށް ދަ ޑިމޮކްރެޓްސްއިން ތުހުމަތުކޮށްފިއެވެ.

ޑިމޮކްރެޓްސްއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ދިވެހި ވެރިކަމުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ އަދި އެބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގާ ކަމަށް ކަނޑައަޅާފައި ވާކަމަށެވެ.

ގާނޫނުއަސާސީގެ 8 ވަނަ ބާބުގައި ދިވެހިރާއްޖެ ހިންގާންވާނީ ލާމަރުކަޒީ އުސޫލުންކަމަށް ކަނޑައަޅާފައި ވާއިރު، މި އުސޫލު ހިފެހެއްޓުމާއި ކުރިއެވުމާއި ޑިމޮކްރެޓިކް ހިންގުން އަށަގެންނެވުމާއި ކުރިއެރުވުމަކީ މުޅި ދައުލަތުގެ ޒިންމާއެއް ކަމަށް ވެސް އެޕާޓީން ވަނީ ބުނެފައެވެ.

ބަޔާނުގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ކައުންސިލްގެ އިހުތިސާސް ކަނޑައެޅި ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭކަމަށެވެ.

ރައްޔިތުންނަށް ހިދުމަތް ދިނުމަށް ދައުލަތުގެ ބަޖެޓުގެ ޖުމްލަ އާމްދަނީގެ ފަސް އިންސައްތަ ކައުންސިލްތަކަށް ދޭން ޖެހޭނެކަމަށް ލާމަރުކަޒީ ގާނޫނުގައި ކަނޑައަޅާފައި ވަނިކޮށް، އެއާއި ހިލާފުވެ ކުޑަ އަދަދެއް ހިމެނުމަކީ ގާނޫނާއި ހިލާފުވުންކަމަށް ޑިމޮކްރްރެޓްސްގެ ބަޔާނުގައި ވެއެވެ.

ލާމަރުކަޒީ އުސޫލު ކުރިއަރުވައި ބާރުވެރިކުރުމުގެ ޒިންމާއަކީ ވެރިންނާއި، މިނިސްޓަރު ނުވަތަ މުއައްސަސާއަކަށް އޮތް އިހުތިޔާރެއް ނޫންކަމަށާއި، އެއީ ދުސްތޫރީ އަދި ގާނޫނީ ވާޖިބެއް ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

މީގެއިތުރަށް ބަޔާނުގައި ބުނެފައިވަނީ ގާނޫނުގައި ވަކި މުއައްސަސާއަކަށް ވަކި ނިސްބަތަކުން ފައިސާ ދިނުމަށް ލާޒިމުކުރުމުން އެ ނޫން ގޮތަކަށް ދައުލަތުގެ ބަޖެޓު އެކުލަވާލުމަކީ ސަރުކާރަށްވެސް އަދި ރައްޔިތުންގެ މަޖިލީހަށްވެސް އޮތް ބާރެއް ނޫން ކަމަށެވެ. އެއީ ގާނޫނާއި ހިލާފު އަމަލެއް ކަމަށާއި އެހެންކަމުން އެފަދައިން އަމަލު ނުކުރެއްވުމަށާއި ގާނޫނީ އިމުގެ ތެރެއަށް ރުޖޫއަވުމަށް ވާލީ ވަޒީރަށާއި އަދި ސަރުކާރަށް ވަނީ އިލްތިމާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: