ހުޅުމާލޭގައި ޤަވައިދާ ޙިލާފަށް އުޅުނު 7 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ހިއްސާކުރެއްވި މައުލޫމާތުގައި ބުނެފައިވަނީ، އޮކްޓޫބަރު 31 އަދި ނޮވެންބަރު 01 ވަނަ ދުވަހުގައި ހުޅުމާލޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ހުޅުމާލެއިން އެކި ސަރަހައްދުތައް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އިމިގްރޭޝަނުން ބުނެފައިވަނީ، ބެލި ސަރަހައްދުތަކުގައި ސައްހަ ވިސާއެއް ނެތި ހަރަކާތްތެރިވަމުންދިއަ 07 ބިދޭސީ ފިރިހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ރާއްޖޭގައި ބޮޑުވެފައިވާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތުގެ ދަށުން ޤަވައިދާ ހިލާފައް އުޅޭ ބިދޭސީންގެ ތެރެއިން 5000 މީހުން ފޮނުވާލަން ސަރުކާރުން ވަނީ މި އަހަރު އަމާޒު ހިފާފައިއެވެ. ރާއްޖޭގައި އެއްވެސް ލިޔެ ކިއުމެއް ނެތި އުޅެމުންދާ ބިދޭސީން ވަނީ ގިނަވެފައެވެ. މާލެ އާއި މުޅި ރާއްޖޭގެ އެކި ސަރަހައްދު ތަކަށް ބަލާއިރު ޤަވައިދާ ހިލާފަށް އުޅެމުންދާ ބީދޭސީން ވަނީ އިންތިހާއަށް ގިނަވެފައެވެ.
އިމިގްރޭޝަނުން ބުނެފައިވަނީ މި މައްސަލައަކީ ދިގު މުއްދަތަކަށް ނުބެލި އޮތް މައްސަލައަކަށް ވުމުން، މިކަން ހައްލު ކުރުމަށް ގިނަ ދުވަސްތަކެއް ނަގާނެ ކަމަށެވެ. އެހެންކަމުން، ސަރުކާރުގެ އަމާޒަކީ 3 އަހަރުގެ ތެރޭގައި ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައުލޫމާތުތައް އެއްޑާޓާއަކަށް ގެނެސް ބެލެހެއްޓުމެވެ. އިމިގްރޭޝަނުން ކުރިއަށް ގެންދާ މި ހަރަކާތްތަކުގައި ޤަވައިދާ ޙިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީންގެ ދެނެގަނެވިގެންދާނެއެވެ.

