ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާރަށު މައްސަލަ: ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ހެކީގެ ބައި މިމަހު ފަށަނީ

ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމާއި، އެމަނިކުފާނުގެ ގާނޫނީ ވަކީލް ޑރ. ޖަމީލް އަދި ވަކީލް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފު މައްސަލައިގެ ގޮތެއް ނިމެންދެން ވ.އާރަށު މައްސަލައިގެ އަޑުއެހުންތައް މަޑުޖައްސާލާފައިވާއިރު، އެ މައްސަލަ ސުޕްރީމް ކޯޓުގައި ތާވަލުކޮށްފިއެވެ.

ސުޕްރީމް ކޯޓުުގައި މި މައްސަލަ ތާވަލުކޮށްފައިވަނީ މިހިނގާ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހަށެވެ. އެގޮތުން ނޮވެމްބަރު 20 ވާ ބުދަ ދުވަހުގެ ހެނދުނު 09:00ށް މައްސަލަ ވަނީ ތާވަލުކޮށްފައެވެ.

މި މައްސަލައަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް 2022 ވަނަ އަހަރު އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލުކޮށް މައްސަލަ އަލުން ބަލަން ހައިކޯޓުން އެންގި މައްސަލަ އެވެ.

އާރަށު ހިޔާނާތުގެ މައްސަލައިގައި ހައިކޯޓުގެ ނިންމުމުގައި މައިގަނޑު 3 ކަމެއް އަންގާފައިވެއެވެ. އެއީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް އަލުން ފުރުސަތުދީ އެކަމަށް ގޮތް ނިންމުމާއި، ދައުލަތުގެ އައު ހެކިތައް އެއްފަރާތް ކުރުމާއި، ދަށު ކޯޓުގެ ރިޕޯޓުގެ 68 ވަނަ ނުކުތާގައި ނެރެފައިވާ ދޭހަ އެއްފަރާތްކޮށް، އަލުން ކްރިމިނަލް ކޯޓުން މައްސަލައިގެ ގޮތެއް ކަނޑައެޅުމަށެވެ.

އޭގެ ތެރެއިން ދައުލަތުން ސްޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީ ދައުލަތުގެ އައު ހެކިތައް އެއް ފަރާތް ކުރުމަށް އެންގި އެންގުމެވެ.

އެހެންކަމުން އެ މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ނިމެންދެން ދަށު ކޯޓުގެ ޝަރީއަތް މަޑުޖައްސާލުމަށް ދަށު ކޯޓުގައި ރައީސް ޔާމީނުގެ ވަކީލުން ވަނީ އެދިލައްވާފައެވެ. އެކަމަށް ދައުލަތުންވެސް ތާއީދު ކުރެއެވެ. އެހެންވެ މައްސަލަ ބައްލަވާ ގާޒީ އެ ފުރުސަތުު ދެއްވިއެވެ.

ވ.އަތޮޅު ތިނަދޫ ކައިރީ އޮންނަ އާރަށަކީ ޕިކުނިކު ދިއުމަށް ބޭނުން ކުރަމުން އައި ފަޅު ރަށެކެވެ. މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް މާނީ ލޯންޑްރިން އާއި ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ އުފުލައި ޝަރީއަތް ކުރިޔަށް ގެންދިޔައީ 2021 ވަނަ އަހަރު އެވެ. އޭރު މައްސަލަ ބެއްލެވީ ކޯޓުގެ އިސް ގާޒީއަކަށް އޭރު ހުންނެވި އަހުމަދު ޝަކީލެވެ.

މައްސަލަ އަލުން ބަލަމުންދާއިރު، ރައީސް ޔާމީންގެ މައްޗަށް ކުރީގެ ދަޢުވާ ސާބިތުވެފައިވަނީ، ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު އަބްދުލްޣަފޫރާއި، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔާތުގެ ހެކިބަހުގެ މައްޗަށް ބިނާކޮށެވެ. އެ ދެ ބޭފުޅުންނަކީވެސް އޭރު ހިޔާނާތުގެ ދަޢުވާތަކެއް ސާބިތުވެ ޖަލު ޙުކުމެއް ތަންފީޛުކުރަމުންދިޔަ ދެ ފަރާތެވެ. އެހެންނަމަވެސް، ރައީސްއިބްރާހިމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ ދައުރު ނިމުމުގެ ކުރިން، އެ ދެ ބޭފުޅުންނަށް ރިޔާސީ މަޢާފު ދެއްވައި، މިނިވަން ކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: