ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤާނޫނު އިސްލާޙުވެގެން އަންނައިރު ކެފޭ ރެސްޓޯރަންޓުތަކުން ދުންފަތުގެ ބާވަތްތައް ވިއްކިގެން ނުވާނެ: ފުލުހުން

ފުލުހުންގެ ވެހިކަލްތަކެއް:/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޤާނޫނު އިސްލާޙުވެގެން އަންނައިރު ކެފޭ ރެސްޓޯރަންޓުތަކުން ދުންފަތުގެ ބާވަތްތައް ވިއްކިގެން ނުވާނެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ހޯމަ ދުވަހު އޮތް އިޖުތިމާއީ ކޮމިޓީގެ ބައްދަލުވުމުގައި ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލާ ގުޅޭގޮތުން ދިވެހި ފުލުހުންގެ ޚިދުމަތާއި، މިނިސްޓްރީ އޮފް ހެލްތު އަދި އެޗްޕީއޭގެ ބޭފުޅުންނާ ވަނީ ބައްދަލު ކުރައްވާފައެވެ.

މި ބައްދަލު ކުރެއްވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ބައިވެރިވެވަޑައިގެންނެވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ޝަރީފް، އާސިމް އަބްދުﷲ އަދި މުޙައްމަދު ދާއޫދެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން އޭސީޕީ މުޙައްމަދު ދާއޫދު ވިދާޅުވީ، ފުލުހުންނާއި ޓޮބޭކޯ ކޮންޓްރޯލް ބޯޑާއެކު މަޝްވަރާތަކެއް ކުރެވުނު ކަމަށާއި، ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާޙުތަކަކީ ފުލުހުންވެސް ތާއީދުކުރާ އިސްލާޙުތަކެއް ކަމަށެވެ.

ކޮމިޓީގައި އޭސީޕީ އާސިމް އަބްދުﷲ ވެސް ވާހަކަ ދައްކަވާފައިވާއިރު، އާސިމް ވިދާޅުވީ، ޤާނޫނު އިސްލާޙުވެގެން އަންނައިރު ހޯޓާ، ކެފޭ، އަދި ރެސްޓޯރަންޓުތަކުުން ސިނގިރޭޓު ވިއްކުން މަނާވެގެންދާން ޖެހޭ ކަމަށެވެ. އެގޮތުން މިހާރުވެސް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ތަންތަނުންވެސް ދުންފަތުގެ ބާވަތްތައް ވިއްކަމުންދާކަން އާސިމް ފާހަގަ ކުރެއްވިއެވެ.

ހޮޓާ ރެސްޓޯރަންޓުތަކުން ސިގިރޭޓު ނުވިއްކޭ ގޮތް ވަރަށް ބޮޑަށް ބޭނުން އެބަވޭ ހަދަން، އެއީ އެތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ބާވަތްތައް ވިއްކުމުގެ ހުއްދަ ނެތް ތަންތަނުންވެސް ކައުންޓަރުން އެބަ ވިއްކާ، އެހެންވީމާ މި ޤާނޫނު ވުޖޫދުވެގެން އަންނައިރު އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ އެތަންތަނުން އެއް ސިގިރޭޓު ދެ ސިގިރޭޓު ނުވަތަ ފޮށިވެސް ނުވިއްކޭ ގޮތަށް ޤާނޫނު ތަންފީޒުވެގެން ދިއުން

އެހެންކަމުން މިއީ ވަށާޖެހޭ ޙައްލެއް އަންނަންޖެހޭ ކަމެއްކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ވިދާޅުވިއެވެ.

މީގެ އިތުރުން، މިއީ ހަމައެކަނި ފުލުހުން ތަންފީޒުކުރާ ޤާނޫނަކަށްވުމުގެ ބަދަލުގައި އެކިއެކި އިދާރާތަކުގެ ބައިވެރިވުން ހިމެނިގެން ތަންފީޒުވާ ޤާނޫނަކަށްވާންޖެހޭނެކަމަށްވެސް ފުލުހުން ފާހަގަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: