ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒިއޯން މޯބައިލްސް ފިހާރަ ފަޅާލި މައްސަލައިގައި 47 އަހަރުގެ މީހަކު ހައްޔަރުކޮށްފި

މި މައްސަލައާ ގުޅިގެން ދައުރުވި ވީޑިއޯގެ މަންޒަރެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ޒިއޯން މޯބައިލްސް ފިހާރަ ފަޅާލި މައްސަލައިގައި 47 އަހަރުގެ މީހަކު ހައްޔަރުކޮށްފިއެވެ.

އެކަމާ ގުޅިގެން ދިވެހި ފުުލުހުންގެ ޚިދުމަތުން ބުނީ، އެ ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައި އެ ފިހާރައިން ވައްކަން ކޮށްފައިވާ މައްސަލަ ހޯމަ ދުވަހުގެ ހެނދުނު 5:35 ހާއިރު ހުށަހެޅިފައިވާ ކަމަށެވެ.

އަދި މި މައްސަލައިގައި 47 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

މި ޙާދިސާއާ ގުޅޭ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވަމުންދާއިރު، ވީޑިއޯއިން ފެންނަނީ ފިހާރައިގައި ހުރި ގިނަ އަދަދެއްގެ މުދާ ކޮތަޅުތަކަށް އަޅައިގެން ގެންދާ މަންޒަަރެވެ. އަދި ފިހާރައިގެ ބިއްލޫޫރިތައް ތެޅިފައިވާ މަންޒަރު ފެންނަ ފޮޓޯތަކެއްވެސް އާންމުވެފައިވެއެވެ.

ވައްކަމުގެ މައްސަލަތައް ދުވަހެއް ދުވަހެއް ދުވަހަކަށް އިތުރުވެފައިވާއިރު، ފުލުހުންނަށް އެންމެ ގިނައިން ހުށަހެޅޭ މައްސަލަތަކުގެ ތެރޭގައި ވައްކަމާ ފޭރުމުގެ މައްސަލަތައް ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: