ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރަޕްޝަންގެ މައްސަލަތައް ހުއްޓުވޭނީ މުއައްސަސާތައް ހަރުދަނާ ކުރެވިގެން: ޢައްބާސް

ވެލިދޫ ދާއިރާގެ މެމްބަރ މުޙައްމަދު ޢައްބާސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރަޕްޝަންގެ މައްސަލަތައް ހައްލުކުރެވޭނީ މުއައްސަސާތައް ހަރުދަނާ ކުރެވިގެން ކަމަށް ވެލިދޫ ދާއިރާގެ މެމްބަރ މުޙައްމަދު ޢައްބާސް ވިދާޅުވެއްޖެއެވެ.

ޤާނޫނުލްޢުޤޫބާތާއަށް އިސްލާހު ގެނެއުމުގެ ބިލަށް ބަހުސް ކުރައްވަމުން މެމްބަރ ވިދާޅުވީ، ރާއްޖޭގައި ދިމާވެފައިވާ ކޮރަޕްޝަންގެ މައްސަލައަށް ހައްލެއް ލިބިގެންދާނީ މުއައްސަސާތަކަށް ފާރަވެރިވެ، ހަރުދަނާ ކުރެވިގެން ކަމަށެވެ. އެފަދަ މައްސަލަތައް ހުއްޓުވުމަށް ޤާނޫނު ހެނދުމަށްފަހު އެއަށް ރަނގަޅަށް އަމަލު ނުކުރެވޭނެނަމަ، ކޮރަޕްޝަންގެ މައްސަލަތަކަށް އެދެވޭ ހައްލެއް ލިބިގެން ނުދާނެ ކަމަށް މެމްބަރ ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކަށް މަސައްކަތް ކޮށް ދިނުމަށްފަހު މަޖިލިހަށް އަންނަ ފަރާތްތަކުން ދައުރު ނިމިގެންދާއިރު، މާލެ ސަރަހައްދުގައި ބޮޑެތި ބިން ގަނެފައި ހުންނަ ކަމަށާއި ނިމިދިޔަ އަހަރުތަކުގައި ރައްޔިތުން މަޖިލިހުގައި މަސައްކަތް ކޮށްފައިވާ ގިނަ މެމްބަރުން ތިބީ މާލެގެ ބިންވެރިނަށްވެފައި ކަމަށް މެމްބަރ ވިދާޅުވިއެވެ. ކުދި ވިޔަފާރިތައް ހިންގި ފަރާތްތަކުން މަޖިލިހުގެ ދައުރު ނިމިގެންދާއިރު، ސަރުކާރުގެ ތެރެއިން ނާޖައިސް ފައިދާ ނަގައި ރާއްޖޭގައި މުއްސަދިންނަށް ވެފައި ތިބުމަކީ ފެންނަށް އޮތް ހަނގީގަތެއް ކަމަށް މެމްބަރ ވަނީ ފާހަގަކުރައްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް އައިސްފައި، 5 އަހަރުގެ ދައުރެއް ނިމިގެންދާއިރު 18 ބުރީގެ ބޮޑު ގެއެއް، މި ހުރިހާވެސް މައްސަލައަކީ އޭރެއްގައި އޮންނަ ސަރުކާރާއި ސަރުކާރެއްގެ ތެރޭގައި ތިބޭ ވަޒީރުންނާއި މޯލްޑިވްސް ޕޮލިސް ސާރވީސްއާއި އެންޓި ކޮރަޕްޝަން ކޮމިޝަނާއި އޮޑިޓަރ ޖެނެރަލްއާއި ޖުޑިޝަލް ސާރވީސް ކޮމިޝަނާއި ސަރުކާރުން އާއި ގުޅި ލާމެހިގެން ކުރާ ބޮޑު ވައްކަމެއް

މީގެ އިތުރުން މެމްބަރ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ސުޕާމެޖީރިޓީ އޮވެ ސަނާ ކިޔިދާނެ ކަމަށާއި، އެހެން ނަމަވެސް ހަގީގީ މާނައިގައި އެކަން ވީކަމަށް ވާނީ ނުހައްގުން މުއްސަނދިކަން ހޯދާފައި ތިބި އެންމެން ފަރާތްތަކުން ހިފާ ހައްޔަރުކޮށްގެން ގާނޫނުގައިވާ އަބަދު ދީގެން ކަމަށެވެ. މަޖިލިހުގެ މެމްބަރުންނަށް މުސާރައާއި، އިނާޔަތް ދީފައި ތިބެނީ ރައްޔިތުންގެ ފައިސާއިން ކަމަށާއި، އެހެންކަމުން އެފަދަ ކަންކަމުގައި ފަނޑިޔާރުންވެސް އަދުލުވެރިވާނެ ޖެހޭނެ ކަމަށް މެމްބަރ ވިދާޅިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: