ނޮވެމްބަރ މަހު އުރީދޫ އަތޮޅު ދުވުން ކުޅެގެން އެއްވަނައަށް ދާ މީހަކަށް އެލް މޮބައިލް އިން މޮގޫ ބޯލްޓް 700ސީ ހައިބްރިޑް ރޯޑް ބައިސްކަލެއް ދިނުމަށް ނިންމައިއެވެ.
އުރީދޫއިން ބުނެފައިވަނީ މި މަހުގެ ޕާޓްނަރެއް ކަމަށްވާ އެލް މޮބައިލްގެ ފަރާތުން ހުށައަޅާފައިވާ މި ބައިސްކަލު ވެގެންދާނީ އަގުހުރި ހަދިޔާއަކަށް ކަމަށެވެ. އަތޮޅު ދުވުން މި ގޭމަކީ އުރީދޫ މޯލްޑިވްސްގެ 2024ގެ ކަލަންޑަރާއެކު ތައާރަފު ކުރި ގޭމެކެވެ.
މިއީ ރާއްޖޭގައި އުފައްދާފައިވާ ފުރަތަމަ ކެސުއަލް ރަނަރ ގޭމެވެ. ކޮންމެ މަހަކު ކުޅެގެން ލީޑަރބޯޑުގެ އެއްވަނައަށް ދާ ފަރާތަކަށް އަގުހުރި އިނާމުތައް ލިބިގެންދެއެވެ. ނޮވެމްބަރ މަހު މިގޭމުގައި ފެނިގެންދާނީ ޏ. ފުވައްމުލަކެވެ.
މިގޭމުގައި 12 ލެވެލް ހިމެނޭއިރު، ކޮންމެ މަހަކު އާލެވެލެއްގައި އާ ރަށަކަށް ދަތުރުކުރެވޭނެއެވެ. އަންލޮކް ވެގެންދާ ލެވެލް ކުޅެވޭނީ ހަމައެކަނި އެމަހަކުއެވެ. ކަލަންޑަރުގައި ހިމެނޭ މަންޒަރުގައި ސިއްރު އާޓްވޯކެއް ހިމެނިފައިވާނެއެވެ. މި އާޓްވޯކް ގޭމްގެ ތެރެއިން ހޯދައިގެން ބޯނަސް ލެވެލްއެއް ކުޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިއަހަރުގެ ކަލަންޑަރ އަދި ގޭމް ތައްޔާރުކުރައްވާފައިވަނީ ލޫޕްކްރާފްޓްގެ ހުނަރުވެރި ޓިީމުން ކަމަށް އުރީދޫއިން ބުނެފައިވެއެވެ.

