ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީ ދައުރުގެ ބަޖެޓުގައި ހުރީ ހުސް ވާހަކަތަކެއް، ރައްޔިތުންނަށް ހާސިލުކޮށްދެވުނުކަމެއް ނެތް: ނަސީރު

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު ނަސީރު
ޝެއާރކޮށްލާ ކަހަލަދޯ؟

19 ވަނަ މަޖިލީހުގައި ވަރަށް ތަފްސީލުކޮށް ވަރަށް ރީތިކޮށް ބަޖެޓު ލިޔެފައި އޮތްނަމަވެސް އެ ބަޖެޓުން ރައްޔިތުންނަށް ހާސިލުވީ އެއްވެސް ކަމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު ނަސީރު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓަކީ ސަރުކާރުން ފާހަގަކުރާ ގޮތުގައި ރައްޔިތުންނަށް ފުރިހަމަ ހިދުމަތެއް ދިނުމަށް އެންމެ އެކަށީގެންވާ ގޮތަށް ފަރުމާކުރެވިފައިވާ ބަޖެޓެކެވެ.

ބަޖެޓާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ނަސީރު ވިދާޅުވީ މިއީ އިންޓަނޭޝަނަލް މަނިތަރީ ފަންޑު (އައިއެމްއެފް) އާއި ވޯލްޑު ބޭންކުން ރާއްޖެއަށް ދީފައިވާ ލަފައާއި އެއްގޮތަށް ހުށަހަޅާ ފުރަތަމަ ބަޖެޓުކަމަށެވެ. އަދި ބަޖެޓުގައި ރައްޔިތުން މިވަގުތު އެންމެ ބޭނުންވެފައިވާ ބޯހިޔާވަހިކަމަށް ހާއްސަ އިސްކަމެއް ދީފައިވާނެކަމަށް ވިދާޅުވި އެވެ.

ނަސީރު ވިދާޅުވީ 2025 ވަނަ އަހަރު ނިމޭއިރު މި ބަޖެޓުގެ ތެރެއިން ގެދޮރުވެރިކަމަށް ބޭނުންވާ އެކި ގިންތީގެ، އެކި ފެންވަރުގެ މީހުންނަށް ރާއްޖޭގެ އުތުރުން ފެށިގެންގޮސް ރާއްޖޭގެ ދެކުނާއި ހިސާބަށް އެންމެންނަށްވެސް ގެދޮރުވެރިކަން ކަށަވަރުކޮށް ދެވިގެންދާނެކަމަށެވެ.

މެމްބަރު ވިދާޅުވީ 19 ވަނަ މަޖިލީހުގައި ވަރަށް ތަފްސީލުކޮށް ވަރަށް ރީތިކޮށް ބަޖެޓު ލިޔެފައި އޮތް ނަމަވެސް އެ ބަޖެޓުން ރައްޔިތުންނަށް ހާސިލުވީ އެއްވެސް ކަމެއް ނެތް ކަމަށެވެ.

މިސާލަކަށް އަޅުގަނޑުމެންގެ ދާއިރާގައި ހޮސްޕިޓަލެއް އަޅާނެ ވާހަކަ ބަޖެޓުގައި އޮތް ލިޔެފަ. އަދި ބިން ހިއްކާނެ ކަމަށްވެސް ބަޖެޓުގައި އޮތް ލިޔެފަ. އެކަންކަމަށް ވަނީ ބަޖެޓުގައި އަދަދެއް ޖަހާފައި، ނުޖަހަ. ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅޭ ގޮތަށް އުފައްދާފައިއޮތް ބަޖެޓެއް އެއީ. އޮޅެއޭ މިބުނާ ސަބަބަކީ އަޅުގަނޑުމެން ރަށުގައި ހޮސްޕިޓަލުގެ ބިންގަލެއް އެޅީ 19 ވަނަ މަޖިލިސް އައުމާއި ކަހަލަ ގޮތަކަށް. ދައުރު ނިމިގެން ދިޔައިރުވެސް ހޮސްޕިޓާ ފެންނާކަށް ނެތް. ރައްޔިތުންގެ ކަންބޮޑުވުން އައީމަ ބޮޑު ވަޅުގަނޑެއް ކޮނެފަ ކޮންޓްރެކްޓަރުންނާއިވެސް މަސައްކަތް ހަވާލުކޮށްފަ. އެހެންނަމަވެސް އަޅުގަނޑުމެން ވެރިކަމަށް އައިއިރު ބަޖެޓުގައި ޖަހާފައެއްވެސް ނެތް

މި ސަރުކާރުން ހުށައަޅާފައިވާ ބަޖެޓަކީ މާބޮޑަށް ރައްޔިތުންނަށް ކަންކަން ކުރެވޭގޮތަށް އޮތް ބަޖެޓެއްކަމަށް މެމްބަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ މިހާރު ހުށައަޅާފައިވާ ބަޖެޓުގައި މަސައްކަތް ކުރަމުންދާއިރު ފަށާފައިވާ މަަޝްރޫއުއެއް އަހަރު ނިމިގެންދާއިރު ނިމޭނެ ކަމަށެވެ.

ކޮންމެ މަޝްރޫއުއަކަށް ވެސް ކަނޑައެޅިފައިވާ ގޮތަށް މަސައްކަތް ކުރަމުންދާނަމަ ސަރުކާރުން ބަޖެޓުގައި ވާގޮތަށް ފައިސާ ދޫކުރަމުންދާނެ ކަމަށް މެމްބަރު ވިދާޅުވިއެވެ. އެހެންނަމަވެސް 19 ވަނަ ބަޖެޓުގައި އޮތީ ރައްޔިތުން ހިތްހަމަ ޖައްސާލުމަށްޓަކައި ނުވަތަ ދާއިރާގެ މެމްބަރު ރުއްސަން ކޮންމެ އަދެއްވެސް ޖެހުން ކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: