ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ ޖަލު ހުސްކޮށް، ދަރުމަވަންތަ ސުކޫލަށް ހޯލެއް ގާއިމްކުރުމުގެ މަސައްކަތް އަންނަ އަހަރު ފެށޭނެ: މިނިސްޓަރު

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު.
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ޖަލު ހުސްކޮށް، އެތަނުގައި ދަރުމަވަންތަ ސުކޫލަށް ހޯލެއް ގާއިމްކުރުމުގެ މަސައްކަތް އަންނަ އަހަރު ފެށޭނެކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިއަދު މަޖިލީހަށް ހާޒިރު ކުރީ ދަރުމަވަންތަ ސްކޫލް ބިނާކުރުމަށް ރާވާފައިވަނީ މިހާރު މާލެ ޖަލު ހުންނަ ސަރަހައްދުގައި ހޯލެއްވެސް ހުނަ ގޮތަށްކަމަށް ފާހަގަކޮށް، މާލެ ޖަލު ހުސްކޮށް އެތަން ދަރުމަވަންތަ ސްކޫލްގެ ހޯލު ހެދުމަށް އެ ސުކޫލާ ހަވާލުކުރާނެ ވާހަކަ މިނިސްޓަރު ވިދާޅުވެފައިވާތީ، އެ މަސައްކަތް ގޮސްފައިވާ ހިސާބެއް އަދި އެ މަސައްކަތް ނިންމޭނެ ތާރީހެއް ސާފުކޮށްދެއްވުމަށެވެ.

ދަރުމަވަންތަ ސުކޫލު އެޅުމުގެ މަސައްކަތް ފެށުނީ 2020 ޑިސެމްބަރުގައިކަމަށާއި، އޭގެ ފަހުން 3 އަހަރުވެގެން އައިސް ވެރިކަން ބަދަލުވީއިރުވެސް، ދަރުވަމަވަންތަ ސުކޫލު ހޯލު އެޅުމުގެ މަސައްކަތް ނުފެށޭކަމަށް ވިދާޅުވިއެވެ. އަދި 2024 ވަނަ އަހަރަށް އެކުލަވާލި ބަޖެޓުގައިވެސް، މި މަސައްކަތަށްވާ ފައިސާ ހިމަނާފައިނުވާކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، ނަމަވެސް މިކަމާއި ގުޅޭ ބައެއް ކަންކަން މަޝްވަރާކޮށްފައި އެބަހުރިކަމަށެވެ.

އެނެމް ފަހުގެ ސިޓީއެއްގެ ގޮތުގައި އަޅުގަނޑަށް ފާހަގަކުރެވެނީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ފޮނުވި ސިޓީއަކީ، 1 ނޮވެމްބަރު 2023 ގައި އަނެއްކާވެސް ހޯމް މިނިސްޓްރީއަށް ފޮނުވި ސިޓީއެއް، ޖަލު ހުރި ތަނުގައި ކޮންމެހެންވެސް ހޯލެއް އަޅަން ބޭނުމޭ، ތިމަންނާމެން އެޅި ސުކޫލު މިހާރު ފައްޓާފިއޭ. އޭގެ ޖަވާބު އައީ 15 ނޮވެމްބަރުގައި.

މިނިސްޓަރު ވިދާޅުވިއެވެ.

މިކަމާއި ގުޅޭ މަޝްވަރާއެއް އެންމެ ފަހުން ކޮށްފައިވަނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިކަމާއި ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީއިން ހޯމް މިނިސްޓްރީއަށް ފޮނުވި ސިޓީގެ ޖަވާބުގައި ހޯމް މިނިސްޓަރީގެ ފަރާތުން އެ ޖަލު ހުސްކުރުމަށް ދަތި ވާހަކަ ހިއްސާކޮށްފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ޖަލު ހުސްކުރުމާއި ގުޅޭ މަޝްވަރާތައް ހޯމް މިނިސްޓްރީއިން ވަނީ ކަމާއި ގުޅުން ހުރި ވުޒާރާތަކާއިއެކު ކުރިއަށް ގެންގޮސްފައިކަން މި ޖަވާބުގައި ފާހަގަކޮށްފައިވެއެވެ.

މިކަމުން ހާމަވީ މި މަސައްކަތުގައި، ސަރުކާރުގެ ވުޒާރާތަކުގެ މެދުގައި ރަނގަޅު ގުޅުމެއް ނެތްކަންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް މި ސަރުކާރުން ވެރިކަމަށް ވަޑައިގެން، ޖަލުގެ ތެރޭގައި ހިނގާ ކަންކަމުގެ އަޑު ދަރިވަރުންނަށް އިވޭތީ، އެކަމާއި ކަންބޮޑުވެ، މި ދިރާސީ އަހަރުގެ ކުރީކޮޅުގައި އެ ޖަލު ބަންދުކޮށްފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި މަސައްކަތް ގޮސްފައި އޮތީ މިހާ ހިސާބަށްކަމަށް ވިދާޅުވިއެވެ.

ދަރުމަވަންތަ ސުކޫލު ހުރީ ޖާގަ ބޮޑު، މާލޭގެ ޕްރައިމް ސަރަހައްދެއްގައިކަމަށާއި، ރަނގަޅަށް ޕްލޭން ކުރި ނަމަ، މި ބިމުގައި ހޯލަކާއިއެކު، ކުދިން ކުޅޭނެ ތަނެއްގެ އިތުރުން 40 އަކަށް ކްލާސްރޫމް އިތުރަށް އެޅޭނެކަމަށެވެ. ޖަލު ހުސްކުރުމުގެ މަސައްކަތާއިއެކު މިހާރު ކުރިއަށްދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: