މަޖިލީހަކީ ރައްޔިތުންގެ އަޑު އިއްވަން އޮތް ތަނެއް ނަމަވެސް ސަރުކާރުގެ އެ ހިތްވަރެއް ނެތްކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
އާސަންދައިގެ ހިދުމަތް މެދުކެނޑުމެއް ނެތި ރައްޔިތުންނަށް ލިބެމުންދާކަން ކަށަވަރު ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މި ކުއްލި މައްސަލަ ހުށައެޅުއްވީ އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. ނަމަވެސް ކުއްލި މައްސަލައިގައި ޝަރުތު ހަމަނުވާ ކަމަށް ބުނެ އެ މައްސަލަ މަޖިލީހުން ބަލައިނުގަންން ވަނީ ނިންމާފައެވެ.
މިކަމާއި ގުޅިގެން ފައްޔާޒް ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ހުށައެޅުމަށް އޮންނަ ތަނެއްކަމަށެވެ. އެހެން ނަމަވެސް އާސަންދައިގެ މައްސަލައަށް އެޑްރެސް ކުރުމުގެ ހިތްވަރު ސަރުކާރުގެ ނެތްކަމަށް އޭނާ ވިދާޅުވިއެވެ.
މި މައްސަލައިގައި ވަނީ ރައްޔިތުންނާ ސީދާ ގުޅުންހުރި އެފަދަ މުހިންމުކަމެއްގައި އަދި ދައުލަތުން ފައިސާ ދީގެން ހިންގަމުން އައިސްފައިވާ ހިދުމަތެއް، ދައުލަތުން ފައިސާ ނުދިނުމުގެ ސަބަބުން ހުއްޓައިލަން ޖެހޭ ހިސާބަށް ދިޔަނުދިނުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ލަސްނުކޮށް އެޅުމަށް ގޮވާލާ ކަމަށެވެ.
މިއަދުގެ މަޖިލީހުގައި އެޑިއުކޭޝަން މިނިސްޓަރާ ސުވާލު ކުރުމުގެ ވަގުތު ނިމުމަށް ފަހު ރިޔާސަތުން ވަނީ އެ މައްސަލައިގެ ބަހުސް ތަޅުމުގައި ކުރުމާ މެދު ވޯޓަކަށް ދެވެން ނެތް ކަން އިއުލާނު ކުރައްވާފައެވެ.

