ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހާލުގެ ދުލުން ދައުލަތުގެ ފައިސާފޮތީގެ އިހުސާސްތައް

ހާލުގެ ދުލުން ދައުލަތުގެ ފައިސާފޮތީގެ އިހުސާސްތައް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެ 5 އަހަރަކުން ފޮނުވާލާ ނިއުކްލިއަރ ބޮމެއްގެ ސިފައިގައި އަހަރެން ހަރަދު ކުރަނީ ވަކި މިންވަރެއް ބަލާފައެއް ނޫނެވެ. އަދި ނުވި ތާކަށް އަހަރެންގެ ވަނަވަރާއި އަހަރެން ހަރަދު ކުރި ގޮތްވެސް ކޮންމެ އަހަރަކު އެއްފަހަރަކު ބޮޑު މަޖިލީހަކަށް ހުށައަޅައެވެ. އަހަރެން ބަލަން ހުއްޓާ މާޒީގައި އަހަންނާމެދު ކަން ހިނގައިފައިވާ ގޮތް އެ މަޖިލީހުގެ ތިބި އެންމެންވެސް ދައްކައެވެ. އެކަމަކު ދެންނަ ރޯޅި އެއަށްވުރެ ދަނީ ބޮޑުވެގެންނެވެ.

ކޮންމެ އަހަރަކު އަހަރެން ބައެއް، މީހުންގެ ޖީބަށްވެސް ދެއެވެ. އަނެއްބައި ދަނީ ކޮންމެސް ބޮޑެތި މަސައްކަތްތަކަށް ކަށެވެ. އަހަރެން ހަރަދު ކުރާނެ މިންވަރުވެސް ކަނޑައަޅަނީ އެމީހުންނެވެ. އެންނަމަވެސް އަހަންނަށް ހިޔާނާތްވެސް ވަނީ އެމީހުންނެވެ. ކޮންމެ ފަސް އަހަރަކުން އަހަރެން ބަލަހައްޓާ މީހާ ތަފާތުވެގެން ދެއެވެ. ބޭނުންވީމަ ބޭނުން ގޮތަކަށް އަހަރެން ހަރަދު ކުރަމުން ދަނީ ވަކި ދިމާލެއް ބަލާފައެއް ނޫނެވެ. އަހަންނަން ނުކަތާވަރު ވީމަ އަނެއްކާވެސް ހަދަނީ އެއަށްވުރެ މޮޔަ އެއްޗެކެވެ.

އަހަރެންގެ ބޮލުގައި އަޅުވާފައިހުރި ދަރަނީގެ ވާހަކަ އަޑު އިވުނު މީހަކުވެސް ހޭނެތޭ ހާއެވެ. މީގެއިން ދުވަހަކު މިކަމުން ސަލާމަތްވެވޭކަށް ނެތެވެ. މިދިޔަ އަހަރު ތަކުގައި މީހުންގެ ގޭގޭގެ ތެލި ތަށިގަތުމަށްވެސް ހަރަދުކޮށްފައި އެބަހުއްޓެވެ. އަދި އެވަރުން ނުފުދިގެން ކާރާއި ސައިކަލާއި މިހެން ގޮސް ނަންހުސްކޮށް ހަރަދުކޮށްފައި އެބަހުއްޓެވެ. ހުސްވީމާ ޗާޕުވެސްކުރަނީއެވެ. ޖެހިގެން އޮންނަ ގައުމުތަކަށް ގޮސް ސަލާން ވެސް ޖަހަނީއެވެ. ދަރަނިވެސް ނަގަނީ ކުޅަދާނަ ވާ ވަރަކަށް ނޫނެވެ. ވަނަވަރުގައި ޖަހާލައިފައި ހުންނަ ބޮޑެތި އަދަދު ތަކުން ފިއްކަނޑައިގެންވެސް ދެއެވެ. ބައެއްފަހަރަށް ނެތް އެއްޗެއް ޖަހާފަ ހުރީ ކީއްވެތޯ ވެސް ސުވާލުއުފެދެއެވެ.

އެކި ކުލަތަކަށް ނިސްބަތްވާ މީހުން އެއްވެ މިޖަހާ ސަކަރާތެއް ހަމައެއްގޮތަކަށްވެސް ނުވިސްނެއެވެ. މިބައިމީހުން ފޮތާއި ފަންސޫރާއި ދެންވެސް ލިޔަން އެއްޗެއް ހުރިއްޔާ އެވެސް ހިފައިގެން އައިސް މިލިޔާ ފަނޑިތައެއް މަސައްކަތެއް ނުކުރެއެވެ. މީހަކު އަޖައިބު ވާނޭހާ ގޮތަކަށް އެކި މޮޅެތި އަދަދުތައް ޖަހާލައިފައިވެސް ހުންނަނީ ހިތު މިސާލަށްހެންވެސް ހީވެއެވެ. ބައެއްހަފަރަށް ބުނެވުނު ނަންބަރު ދިމާކުރަން ޖަހާފައި ހުންނަ އެއްޗިސްހެންވެސް ހީވެއެވެ. ދުނިޔޭގެ އަޖައިބުތަކުގެ ތެރެއަށްވެސް މިކަން ލާންވެއްޖެއެވެ.

އަނެއްކާ ކުލަ ޕާޓީތަކުގެ އީދުތައް އަންނަ އިރު ހަރަދުކޮށްލަނީ ތިމާގެ އަމިއްލަ އެއްޗެއްހެންނެވެ. މިދިޔަ އަހަރުތަކުގައި މޫސުމަށް އަހަރެން ބަހާލަނީ މޫނެއް ކަނދުރާއެއްވެސް ބަލާނުލައެވެ. މީވެސް ބޭބެ އެވެސް ބޭބެއޭ ބުނާހެންނެވެ. 5 އަހަރަށްފަހު މި ވީގޮތެއް ބަލަން އަންނަ މީހުންވެސް އަޖައިބުވެގެން މޫނު އަބުރާލާ ފަހަރުތައްވެސް އާދައެވެ. އެބުނާ ”ބިގް ޕްރޮޖެކްޓު“ ތައް ހުރީ ހަމަ ހުރި ހިސާބުގައެވެ. އެހެންވިއްޔާ އަހަރެން ހުސްވީގޮތެއް ބަލާނެ ގޮތެއްވެސް އެމީހުންނަށްވެސް ނޭންގޭފަހަރުތައް އާދައެވެ.

މިއައި ބޮޑު ބަލީގައިވެސް ބޭރު މީހުން ޗާޕު ނުކުރައްޗޭ ގޮވަގޮވައި ތިއްބައި، އަހަރެންގެ ނެތް ހަކަތައަކުން އެތައް ބިލިއަނެއް ހަމަ ޗާޕްކޮށްލިއެވެ. އަނެއްކާވެސް ހަމަދިޔައާއީ ކުރިން އަހަރެންހުރި ހިސާބަށެވެ. މިދިޔަހާ އިރުވައި މޫސުމުގައިވެސް ހަމަ އަހަރެންގެ ހާލު ހުރީ ހުޅަނގު މޫސުމެކޭ އެއްފަދައިންނެވެ. އޮއެވަރު ލައިގަނެފައި އޮތީ ވަކި ވަރަކަށް ނޫނެވެ. ބަލާލި ކޮންމެ ދިމާއަކުން ފެންނަނީ ދަރަނީގެ ބޮޑު ހާއްޔެކެވެ. 5 އަހަރު ނިމޭއިރުވެސް ވަނަވަރުގައި ޖަހާފައި އޮތް އަދަދަކާއި މެދު ފަރުވާލެއް ނުބަހައްޓާ ތެޅިގަންނަނީ ބަލަހައްޓާ މީހާ ބަދަލުވާ ހިސާބުންނެވެ. މިއީވެސް އަޖައިބު ކުރަނިވި ކަމެކެވެ. 5 އަހަރުން ބަދަލުވާއިރުގައި އަހަރެން ހަރަދުކޮށްފައި ހުންނަ ގޮތްތުގެ ކަރުދާސްތައް ލަނީ ކޮންތަނަކަށް ކަންވެސް ނޭންގެއެވެ.

ރޭ ވެފަ އަލިވިލޭއިރުގައި އަހަރެން ހަރަދުކޮށްލާނެ ގޮތުގެ ޕްލޭނެއް ހަދާލަނީ މިގައުމުގެ ”ބިގް ޕްރޮޖެކްޓް“ ތައްވެސް ޕްލޭން ނުކުރާ ބާރުމިނުގައިއެވެ. އަނެއްކާވެސް އަހަރެން ބަލާ މީހާ މިއޮތީ ބަދަލުވެފައެވެ. މިހާރު އޮތީ މަޖިލީއަށްވެސް އަހަރެން ހުށައަޅާފައެވެ. ދެން ބަޔަކު މީހުން އަހަންނަށް ޖޯކު ޖަހަނީ މި ހުރި ހާލަތަށެވެ. ހެދުމުގައި ބާގަނޑު އެޅުވި މީހުން އަދިވެސް ގޮތް ކިޔަނީއެވެ. ދެންވެސް މިހެން ކަންކަން ނުދޭތޯ ކުރެވޭނީ އުންމީދެއްތާއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: