ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮންމެ ހަފްތާއަކު ރާއްޖެއިން ޗުއްޓީއެއް ލިބޭ ކެމްޕެއިނެއް އެމްއެމްޕީއާރުސީން އިފްތިތާހުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި ޗުއްޓީއެއް ހޭދަކުރުމުގެ ފުރުޞަތު ހޯދައިދިނުމަށް، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ހަފުތާއަކު އެއްފަހަރު ކުރިއަށްދާ ގޮތަށް ޚާއްޞަ ކެމްޕޭނެއް ތަޢާރަފުކޮށްފިއެވެ.

”ދަ ވޯލްޑްސް ބިގެސްޓް ގިވްއަވޭ“ ގެ ނަމުގައި ފަށައިގަނެވުނު މި ކެމްޕޭން ރަސްމީކޮށް އިފްތިތާޙު ކުރެވުނީ ވޯލްޑް ޓްރެވަލް މާޓް (ޑަބްލިއުޓީއެމް) ގައެވެ.

މި ކެމްޕޭން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ. ބައިނަލްއަޤްވާމީ ފަތުރުވެރިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދެވޭ މި ކެމްޕޭންގައި، ކޮންމެ މަހަކު ބޭއްވޭ މުބާރާތްތަކުގެ ވިޖެތުންނަށް ހަފުތާއަކު އެއްފަހަރު ދިވެހިރާއްޖޭގައި މަޑުމައިތިރި ޗުއްޓީއެއް ހޭދަކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

އެމްއެމްޕީއާރުސީން ފާހަގަކުރި ގޮތުގައި މިއީ ފަތުރުވެރިން ދިވެހިރާއްޖެއަށް ޒިޔާރަތްކޮށް، ”ސަނީ ސައިޑް އޮފް ލައިފް“ ތަޖުރިބާކުރުމަށާއި، ދިވެހިރާއްޖެ ޕްރޮމޯޓްކުރުމަށް ލިބޭ އެންމެ ރަނގަޅު ފުރުޞަތުތަކުގެ ތެރެއިން ފުރުޞަތެކެވެ.

މި ކެމްޕޭންގެ މައިގަނޑު މަޤްޞަދަކީ އިޖުތިމާޢީ މީޑިއާ މެދުވެރިކޮށް، ބައިނަލްއަޤްވާމީ ފަރާތްތަކުގެ ބައިވެރިވުމާއެކު ދިވެހިރާއްޖެއަށް ގިނަ ފަތުރުވެރިން ޝައުޤުވެރިކުރުވުން ކަމަށް އެމްއެމްޕީއާރުސީން ހާމަކޮށްފައިވެއެވެ. މީގެ އިތުރުން، ދިވެހިރާއްޖެއަކީ އެންމެ މަޤްބޫލު ޓްރެވަލް މަންޒިލުގެ ގޮތުގައި ހޭލުންތެރިކަން އިތުރުކުރުމާއި، ފަތުރުވެރިންނަށް ދިވެހިރާއްޖޭގައި ހުރި ފުރުޞަތުތަކާ ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުންވެސް މި ކެމްޕޭންގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: