ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިކަމާއި ގުޅުން ހުރި އެވޯޑުތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިކަމާއި ގުޅުން ހުރި އެވޯޑުތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

މިނިސްޓްރީގެ ފަރާތުން މައުލޫމާތު ދިން ގޮތުގައި، މުއްދަތުގައި އިތުރުކޮށްފައިވަނީ ކެޔޮޅުންގެ އެވޯޑާއި ފަރުމަސްވެރިޔާގެ އެވޯޑަށެވެ. މިގޮތުން، މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް މި އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވެއެވެ.

މި އެވޯޑުތަކަށް އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ފަރާތަކުން ވެސް ނަން ހުށަހެޅުމުގެ ފުރުޞަތު އޮތްކަމަށް މިނިސްޓްރީން ވަނީ އަންގަވާފައެވެ. އަދި އެވޯޑަށް އެދި ހުށަހަޅާ ފޯމު މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށްވެސް މަޢުލޫމާތު ދެއްވާފައިވެއެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަހާ ގުޅިގެން ދެއްވުމަށް ހަމަޖެހިފައިވާ އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީން އެންމެ ފުރަތަމަ ހުޅުވާލެއްވީ ފާއިތުވި މަހުގެ ކުރީކޮޅުގައެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ހަމަޖެހިފައިވަނީ ބ. ތުޅާދޫގައެވެ. ދިވެހިރާއްޖޭގައި މަސްވެރިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހުއެވެ. ފާއިތުވި އަހަރު މި ދުވަސް ފާހަގަކުރެވިފައިވަނީ ގދ. ފަރެސްމާތޮޑާގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: