ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިން އައިސް ހޯދުމަށްޓަކައި ކުރަންޖެހޭ ދަތުރު ބޮޑުވުމުން ތެލަށް ކުރާ ހޭދަ އިތުރުވެގެންދޭ: ޝިޔާމް

މަސްވެރިން އައިސް ހޯދުމަށްޓަކައި ކުރަންޖެހޭ ދަތުރު ބޮޑުވުމުން ތެލަށް ކުރާ ހޭދަ އިތުރުވެގެންދޭ: ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

އެކި ހިސާބުތަކުގައި ގާއިމްކޮށްފައިވާ އައިސް ޕްލާންޓުތަކަށް ދޯނިފަހަރު ދަތުރު ކުރާއިރު އައިސް ނެތުމުން އައިސް ހޯދުމަށްޓަކައި ކުރަންޖެހޭ ދަތުރު ބޮޑު ކަމަށާއި އޭގެ ސަބަބުން ތެލަށް ކުރަންޖެހޭ ހޭދަ ބޮޑުވެގެން ދާކަމަށް ފިޝަރީޒް މިނިސްޓަރ އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އާރްއެސްޑަބްލިޔު ފައިނޭންސިންގ ފެސިލިޓީގެ ސްޓޭކްހޯޑަރުންނާއި ބައްދަލު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ޝިޔާމް ވިދާޅުވީ އެވޯޑު ލެޓަރ ހާސިލްކުރެއްވި ބޭފުޅުންނަކީ ސަރުކާރަކުން މަސްވެރި ސިނާއަތަށް ފަހިކޮށްދެއްވި ފުރުސަތުގައި އެ ފެސިލިޓީ ލިބިވަޑައިގަންނަވާނެ ބޭފުޅުންގެ ތެރެއިން މިއަދާއި ހިސާބަށް އެބޭފުޅުންގެ އެޕްލިކޭޝަންތައް ޕްރޮސެސްކުރެވި އެވޯޑް ލެޓަރ އާއި ހިސާބަށް ވަޑައިގެންފައިވާ ބޭފުޅުން ކަމަށެވެ.

ރައީސްގެ އަމާޒަކީ މަސްވެރި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލުކުރެއްވުން ކަމަށް މިނިސްޓަރ ޝިޔާމް ވިދާޅުވިއެވެ. އޮޑިވެރިންނާއި މަސްވެރިންގެ ޖީބުތަކަށް ބަރުވާ ގޮތަށް ހުރި ކަންކަމަށް ހައްލު ހޯދާ ދެވުމުން މަސްވެރިންގެ އާމްދަނީއަށް އެތައް ގުނައެއް އިތުރު ކުރެވިގެންދާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ބައެއްކަހަލަ ކަންކަމަކީ ފައިސާ އަތުން އަތައް ދިނުމަށްވުރެ ސިނާއަތުގެ ތެރެއިންވާ މަސްވެރިވާ އުޅަނދުތައް، އެ އުޅަނދުތައް އޮޕަރޭޓް ކުރުމަށްޓަކައި ކުރަންޖެހޭ ހޭދަ ކުޑަވާނެ ގޮތްގޮތަށް ސިޔާސަތުތައް ބައްޓަންކޮށްގެން ސަރުކާރު ހިންގުން ކަމަށް ޝިޔާމް ވިދާޅުވިއެވެ. ކުލިއަކަށް ޖެހޭކަމެއްގެ ވަގުތީ ހައްލު ހޯދައި ދިނުމުގައި ދާއިމީ ގޮތެއްގައި މަސްވެރިންނަށް އެކަމުގެ ނަފާ ލިބޭނެ ގޮތަކަށް ކަންކަން ވުމަކީ ރައީސް މުއިއްޒުގެ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ އާރްއެސްޑަބްލިޔު ސިސްޓަމް މިހާރު ދިވެހިރާއްޖޭގައި މަސްވެރި އުޅަނދުތަކުގައި ބޭނުންވެސް ކުރެވޭ ކަމަށާއި އަދި މިވަގުތު 74 ވަރަކަށް ދޯނީގައި އާރްއެސްޑަބްލިޔު ނިޒާމް ގާއިމްކުރެވިފައިވާ ކަމަށެވެ.

”މި ނިޒާމްގެ ބޭނުންހިފާ ފަރާތްތަކުން އަޅުގަނޑުމެންނަށް މި ކިޔާދޭ ވާހަކަތަކުން މި އިނގެނީ ތެލަށް ކުރަންޖެހޭ ހޭދައޭ މިދެންނެވީ އައިސް ހޯދުމަށްޓަކައި އެކި ހިސާބުތަކަށް ދަތުރު ކުރަންޖެހޭ ދަތުރު ކުރުން، މިއީ ތެލަށް ކުރަންޖެހޭ ވަރަށް ބޮޑު ހޭދައެއް. ގިނަ ފަހަރަށް ލޭންޑް ބޭސްގައި ހުންނަ އައިސް ޕްލާންޓުތަކަށް ދަތުރުކޮށްގެން އައިސް ޕްލާންޓްތަކަށް ދެވޭއިރު އެ އައިސް ޕްލާންޓުތަކުގައި ނުހުރޭ އައިސް ލިބޭކަށް. އެއީ ހުރިހާ ދޯނިތަކުން އެއް އައިސް ޕްލާންޓާއި ދިމާލަށް މިދާން ޖެހެނީ ރަނގަޅު މަސްވެރިކަމެއްގައި. އެހެންކަމުން އަނެއްކާވެސް ޖެހެނީ ކައިރީގައި ހުރި އެހެން އައިސްޕްލާންޓަކާއި ދިމާލަށް ދަތުރު ކުރަން. މިއީ ވަރަށް ބޮޑު ހޭދައެއް ކުރަންޖެހޭ“

ޝިޔާމް ވިދާޅުވީ މިކަމުގައި ދޯނި އޮޕަރޭޓް ކުރަން ނަގާ ހޭދަ ކަނޑާފައި މަސްވެރިޔާއަށް ފައިސާ ދޭއިރު އެ ފައިސާ މަދުވާނެ ކަމަށެވެ. އެހެންނަމަވެސް ކޮންމެ ދޯންޏެއްގައި މަސް ފިނި ކުރުމުގެ ނިޒާމް ގާއިމްކުރެވިފައިވާ ނަމަ ތެލަށް ކުރަންޖެހޭ ހޭދަ ވަރަށް ބޮޑަށް ކުޑަ ވެގެންދާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ތެލަކީ ހުރިހާ ހިދުމަތެއްވެސް އަދި ހުރިހާ ތަކެއްޗެއްގެ އަގާއި ގުޅިފައި އޮންނަ އެއްޗެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: