ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންނަ އަހަރުގެ ބަޖެޓުގައި ދައުލަތަށް 8،782 މަގާމު އިތުރުކުމަށް ވަނީ ހިމަނާފަ: އަމީރު

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

2025 ވަނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށައަޅާފައިވާ ދައުލަތުގެ ބަޖެޓުގައި 8،782 މަގާމު އިތުރުކުމަށް ހިމަނާފައިވާކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު މިފަދައިން ވިދާޅުވީ މިއަދު އެމްޑީޕީއިން ބޭއްވިި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަމުންނެވެ.

އަމީރު ވިދާޅުވީ 2025 ވަނަ އަހަރުގެ ބަޖެޓުގައި އިތުރުކުރުމަށް ހިމަނާފައިވާ މަގާމުތަކާއިއެކު، 51،605 މުވައްޒަފުން އިތުރުވާނެކަމަށާއި، މި ބައިލައްކަ މުވައްޒަފުންގެ މުސާރައަށް 14 ބިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށެވެ.

އެހެންކަމުން 2023 ވަނަ އަހަރާ އަޅައިބަލާއިރު މުވައްޒަފުންގެ ޚަރަދުތައް 37 ޕަސެންޓު އިތުރުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ގޮތުގައި މިހާރުވެސް ދައުލަތުގައި 2،280 ސިޔާސީ މުވައްޒަފުން އެބަތިބިއެވެ. މިއީ 2023 ވަނަ އަހަރާޢި އަޅާ ބަލާއިރު، ދެގުނަ އަދަދެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ހަރަދު ކުޑަކުރަން ޖެހޭ ސިޔާސަތުތަކެއް ގެންނަން ޖެހޭ ދަނޑިވަޅެއްގައި އަންނަ އަހަރު 8782 މުވައްޒަފުން އިތުރުކުރަން ބަޖެޓުގައި ވަނީ ހިމަނާފައި. މުވައްޒަފުންގެ ހަރަދުތައް 2023 އާ އަޅައިބަލާއިރު 37 ޕަސެންޓުން އިތުރުވޭ

އަމީރު ވިދާޅުވިއެވެ.

ހަރަދު ކުޑަ ކުރަން ޖެހިފައި އޮތް ދަނޑިވަޅެއްގައި މުވައްޒަފުންގެ އަދަދުތައް އިތުރުކުރާއިރު، މީގެ ތެރޭގައިވެސް ގިނައީ ސިޔާސީ މުވައްޒަފުންކަމަށް އަމީރު ފާހަގަކުރެއްވިއެވެ. މިނިސްޓްރީތަކާއި އެމްބަސީތައް ހުޅުވައި، މުވައްޒަފުން އިތުރުކުރާވަރަކަށް ޑޮލަރަށް އޮންނަ ޑިމާންޑް ބޮޑުވާނެ ކަމަށާއި ފާހަގަކޮށް އަމީރު ވިދާޅުވީ އެކަމުގެ ސަބަބުން ޑޮލަރުގެ އަގު އުފުލޭނެ ކަމަށެވެ.

މީގެ އިތުރުން އަމީރު ފާޙަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި އަސާސީ ޕެންޝަންގެ ގޮތުގައި ލިބޭ 5،000 ރުފިޔާ ކުޑަކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފައެވެ.

އަމީރު ވިދާޅުވި ގޮތުގައި ޚަރަދުކުޑަކުރުމަށް ރާވާފައިވާ ކަންކަން ހާސިލުކުރުމުގެ ގާބިލުކަމެއް ސަރުކާރުގެ ނެތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: