ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

100 އެއްހާ ދޯނީގައި އާރް.އެސް.ޑަބްލިއު ސިސްޓަމްތައް އެޅުމަށް އިސްލާމިކް ފައިނޭންސްއިން ފެސިލިޓީއެއް ހަމަޖައްސައިފި

އާރް.އެސް.ޑަބްލިއު ފައިނޭންސިންގ ފެސިލިޓީގެ ބެނިފިޝަރީޒްއަށް އެވޯޑް ލެޓަރ ހަވާލުކުރުމާއި ގއ. ކޫއްޑޫ ކޯލްޑް ސްޓޯރޭޖް އެކްސްޕެންޝަން ޕްރޮޖެކްޓްގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތު
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކްގެ ”ސަޕޯޓް ޕީޕަލްސް ލައިވްލިހޫޑް އިން ފިޝަރީޒް ސެކްޓަރ އިން މޯލްޑިވްސް ތްރޫ ސަސްޓެއިނަބަލް އެނަރޖީ މަޝްރޫޢު“ ގެ ދަށުން މަދުވެގެން 100 އެއްހާ ދޯނީގައި އާރް.އެސް.ޑަބްލިއު ސިސްޓަމްތައް އެޅުމަށް އިސްލާމިކް ފައިނޭންސްއިން ފެސިލިޓީއެއް ވަނީ ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

އާރް.އެސް.ޑަބްލިއު ފައިނޭންސިންގ ފެސިލިޓީގެ ބެނިފިޝަރީޒްއަށް އެވޯޑް ލެޓަރ ހަވާލުކުރުމާއި ގއ. ކޫއްޑޫ ކޯލްޑް ސްޓޯރޭޖް އެކްސްޕެންޝަން ޕްރޮޖެކްޓްގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރައީސް އޮފީހުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ގއ. ކޫއްޑޫ ކޯލްޑް ސްޓޯރޭޖް އެކްސްޕެންޝަން މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް އަދި ލަކީ ގްލޯބަލް ޕްރޮޖްކްޓްސް ޕްރިއިވެޓް ލިމިޓެޑް މެނޭޖިންގ ޑިރެކްޓަރ މިސްޓަރ އާޝިޝް އޮބެރޯއީއެވެ. މި ރަސްމިއްޔާތުގައި މުރާބަޙާ އާރް.އެސް.ޑަބްލިއު ފައިނޭންސިންގ ފެސިލިޓީގެ ދަށުން ފައިނޭންސިންގ ލިބިފައިވާ ފަރާތްތަކަށް އެވޯޑް ލެޓަރ ވަނީ ހަވާލުކޮށްފައެވެ.

މަސްވެރިން ބާނާމަހަށް ބޭރު މާކެޓްތަކުގައި ލިބޭ އަގު ބިނާވަނީ މަހުގެ ތާޒާކަމާ މަހުގެ ކޮލިޓީއަށެވެ. އެހެންކަމުން މަހުގެ ކޮލިޓީ ދެމެހެއްޓުމަށްޓަކައި މަސްވެރިން ބާނާމަސް ކިރުވެންދެން ތާޒާކޮށް ބެހެއްޓުމަށް ދޯނިތަކުގައި މަސް ފިނިކުރެވޭނެ ނިޒާމް، ރެފްރިޖިރޭޓެޑް ސީވޯޓަރ ސިސްޓަމްތައް ޤާއިމުކުރުމަށް މަސްވެރި ވުޒާރާއިން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މަސްކިރާ ބަނދަރަށް ތާޒާކޮށް ގެންނަ މަސް ފިނިކޮށް ރައްކާކުރާނޭ ކޯލްޑް ސްޓޯރޭޖްތައް އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށާއި އަދި މަސްވެރި ސިނާއަތުގައި އިޤްތިޞާދީ ނަފާ އިތުރުކުރުމަކީވެސް ރައީސްގެ މުހިންމު ސިޔާސަތެއް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. މަސްވެރިންގެ ބޭނުންތަކަށް ރިއާޔަތް ކުރެވި މަސްވެރިންނަށް ދަތިވެފައިވާ ކަންކަން ހައްލުކުރުމަށް ހާއްސަ އިސްކަމެއް ދީގެން ކަމަށް ވަނީ ބުނެފައެވެ. އެގޮތުން މި ފެސިލިޓީގެ ދަށުން ނަގާ ތެކެތީގެ އަގުގެ 35 އިންސައްތަ ސަރުކާރުން ދައްކައިދޭގޮތަށް ނިންމާފައިވާކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މި ފެސިލިޓީގެ ދަށުން ރަހުނަކާ ނުލައި އެއްލައްކަ ރުފިޔާއިން ފެށިގެން ދެ މިލިއަން ރުފިޔާއާ ހަމައަށް އާރް.އެސް.ޑަބްލިއު ސިސްޓަމަކާ ޖަނޭޓަރަކާ އަދި ސޯލާ ޕެނަލް ގަތުމަށް ފައިސާ ލިބޭނެ ކަމަށާއި އަދި އެސް.ޑީ.އެފް.ސީގައި ރަޖިސްޓްރީކޮށްފައިވާ ވެންޑަރެއް މެދުވެރިކޮށް އޮޑިވެރިން އަމިއްލައަށް ތަކެތި ގަތުމުގެ އިޚްތިޔާރު ފަހިކޮށްދީފައިވާ ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.

އާރް.އެސް.ޑަބްލިއު ބޭނުންކުރަން ފެށުމުން މަސްވެރިން އައިސް ގަންނަން ކުރާ ދަތުރު ޚަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ. އަދި އޮޑީގެ ޚަރަދު ކުޑަވެ ސީދާ މަސްވެރިޔާގެ ޖީބަށް ވަންނަ ފައިސާ އިރުތުވެގެންދާނެއެވެ. މީގެއިތުރުން ރާއްޖޭގައި މިވަގުތު ހުރި 8500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ ދެގުނަކުރުމަކީ ރައީސްހެ ރިޔާސީ ވަޢުދެކެވެ. އަދި ސަރުކާރުން މިހާރު އަމާޒު ހިފާފައި ވަނީ މިހާރު ހުރި ކެޕޭސިޓީ ތިން ގުނަ އިތުރުކޮށް ފަންސަވީސް ހާސް ޓަނަށް އިތުރުކުރުމަށްކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: