ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަގާމާއި ހަވާލުވީ އިރު 300 އެއްހާ މުވައްޒަފުންނަށް ހެއްކެއް ނެތި ވަނީ އަދަބު ދީފައި: ޝަފީއު

އެޑިއުކޭޝަން މިނިސްޓަރ އިސްމާއިލް ޝަފީއު
ޝެއާރކޮށްލާ ކަހަލަދޯ؟

މަގާމާއި ހަވާލުވެފައިވާއިރު ބައެއް މުވައްޒަފުންނަށް އަނިޔާވެރި ވެފައިވާކަމަށާއި އަދި 300 އެއްހާ މުވައްޒަފުންނަށް އެކަށީގެންވާ ހެއްކެއް ނެތި ވަނީ އަދަބު ދީފައި ކަމަށް އެޑިއުކޭޝަން މިނިސްޓަރ އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސެއިން، މިނިސްޓަރަށް ސުވާލު ކުރައްވަމުން ވިދާޅުވީ ސްކޫލުތަކުގެ ޕްރިންސިޕަލުން ކުދިން ތަފާތު ކުރާ ކަމަށް ބެލެނިވެރިން ފަހަގަކުރާ ކަމަށެވެ. އަދި މި ސަރުކާރު އައުމާއިއެކު މިނިސްޓްރީއަށްވެސް ނިމިދިޔަ ސަރުކާރުން އެފަދަ މައްސަލަތައް ހުށައަޅާފައިވާ ކަމަށާއި އެހެންކަމުން މިނިސްޓަރ ޝަފީއު މަސައްކަތާއި ހަވާލުވެވަޑައިގަތުމަށްފަހު އެފަދަ އެއްވެސް މައްސަލައެއް ބައްލަވާ އެކަމާމެދު އެއްވެސް ފިޔަވަޅެއް އަޅުއްވައިފައިވޭތޯ ހުސެއިން ވަނީ ސުވާލު ކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ މަގާމުގެ މަސްއޫލިއްޔަތު ހަވާލުކުރެވުމާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި އެއް އިރުޝާދަކީ އަދުލުވެރިކަމާއެކުގައި މުވައްޒަފުންނާއި މެދު ކަންކަން ކުރުމަށް ކަމަށެވެ. މިނިސްޓަރ ވިދާޅުވީ މަގާމާއި ހަވާލުވީ އިރުގައި ރާއްޖޭގައި 40 ސްކޫލުގެ ޕްރިންސިޕަލުން އެބޭފުޅުން ތިއްބެން ޖެހޭތަން ނޫން އެހެން ތަންތަނަށް އަރުވާލެވިފައިވާ ކަމަށެވެ.

ޝަފީއު ވިދާޅުވީ ބައެއް މުވައްޒަފުންނަށް އަނިޔާވެރި ވެފައިވާއިރު 300 އެއްހާ މުވައްޒަފުންނަށް އެކަށީގެންވާ ހެއްކެއް ނެތި ވަނީ އަދަބު ދީފައި ކަމަށެވެ. އެހެންކަމުން ޕްރިންސިޕަލެއް ނަމަވެސް އަދި އެއީ ޓީޗަރެއް ނަމަވެސް، އެ މުވައްޒަފަކާއި މެދު އުފުލޭ ޝަކުވާ އެއީ އަދުލުވެރި ގޮތެއްގައި އަންނަ ޝަކުވާއެއް ގޮތުގައި ކަށަވަރު ކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

”އަންނަ ކޮންމެ ޝަކުވާ އަކަށް އަޅުގަނޑުމެން ފިޔަވަޅު އަޅަން ފަށައިފިނަމަ ގާނޫނުއަސާސީން މުވައްޒަފުންނަށް ލިބިދީފައިވާ ހައްގު، އެމްޕްލޯޔިމެންޓު ހައްގުން މުވައްޒަފުންނަށް ލިބިދީފައިވާ ހައްގު ވައިލޭޓް ވަމުން ދާތަން ފެންނާނީ“

ޝަފީއު ވިދާޅުވީ ހުރިހާ މުވައްޒަފުންނާއި މެދުވެސް ކަންކަން ކުރެވިގެންދާނީ އަދުލުވެރިކަމާއި އިންސާފާއި އެކުކަމަށެވެ. އަދި ކްރެޑިބަލް މައުލޫމާތުތައް ބަލައި ރަށްރަށަށް ގޮސް އަމިއްލަޔަށް ކަންކަން ބެލުމަށް ފަހުގައި މެނުވީ އެހެން އަންނަ ޝަކުވާ ތަކަށް ފިޔަވަޅު އަޅަން ގަސްތު ކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: