ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރަށް އަހަރެއް؛ ހޯމް ސެކްޓާގެ ކާމިޔާބު ގިނަ މަސައްކަތްތަކެއް!

ބިދޭސީންގެ ފިންގަޕްރިންޓާއި ފޮޓޯ ނެގުމުގެ ގައުމީ ކެމްޕެއިން، "ކުރަނގި" ފެށުމަށްފަހު، ބިދޭސީއަކު ފިންގަޕްރިންޓު ޖަހާއިރު ހޯމް ލޭންޑު ސެކިއުރިޓީ މިނިސްޓަރު އިހުސާން މަޑުކޮށްލައްވައިގެން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ އަމަންއަމާންކަމާއި ސަލާމަތީ ރައްކާތެރިކަން ކަށަވަރުކުރުމަކީ ހޯމް ލޭންޑް މިނިސްޓްރީގެ އެންމެ މުހިންމު މަސްއޫލިއްޔަތެވެ. މިގޮތުން، ޤައުމުގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި، ކުށްކުރުން މަދުކުރުމަށާއި، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އަދި މުދަލާއި ފައިސާގެ ރައްކާތެރިކަން ޔަޤީންކުރުމަށް ކަމާބެހޭ އެހެނިހެން މުއައްސަސާތަކާ ގުޅިގެން މަސައްކަތްކުރުމުގެ ޒިންމާ އަދާކުރަނީ މި މިނިސްޓްރީންނެވެ.

މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ މުހިންމު ކަންތައްތަކުގެ ތެރޭގައި އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރުމާއެކު، ރައްކާތެރި އަދި ހަރުދަނާ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ޤާނޫނީ ވެރިކަން ނެގެހެއްޓުމާއި، ކުށްވެރިން އިޞްލާޙުކޮށް މުޖުތަމަޢަށް އަނބުރާ ގެނައުން ހިމެނެއެވެ. މިއީ ސަރުކާރުގެ އެންމެ ގިނަ އިދާރާތަކުގެ ބެލެނިވެރި ވުޒާރާގެ ގޮތުގައި އޮތް، އެންމެ މަސްއޫލިއްޔަތު ބޮޑު މިނިސްޓްރީއެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރަށް އަހަރު ވެގެން ދިޔައިރު ގޭންގު ކުށްތައް ހުއްޓުވުމަށް ކުރެވުނު މުހިންމު މަސައްކަތްތަކުގެ ތެރޭގައި:

1. ”ޓާސްކް ފޯސް އަގެއިންސްޓް އޯގަނައިޒްޑް ކްރައިމްސް“ ގެ ނަމުގައި ޚާއްޞަ ޓާސްކްފޯސްއެއް އުފެއްދުން.

2. ދިވެހި ފުލުހުންގެ ޚިދުމަތުގައި ގޭންގު ކްރައިމް އެންފޯސްމަންޓް ވިންގެއް ޤާއިމުކުރުން.

3. މާލެ އާއި ހުޅުމާލޭގައި ގޭންގުތައް ހަރަކާތްތެރިވާ ސަރަޙައްދުތައް މެޕްކޮށް، އެ ސަރަޙައްދުތައް ދާއިމީކޮށް ބެލެހެއްޓުން.

4. ގޭންގުތަކާ ގުޅިފައިވާ ނުވަތަ ގުޅުމުގެ މަރުޙަލާގައިވާ ކުޑަކުދިން ދެނެގަނެ، އެ ކުދިން ކުށުގެ މާޙައުލުން ދުރުކުރުމަށް މަސައްކަތްކުރުން.

5. ނުރައްކާތެރިކޮށް ދުއްވާ ވެހިކަލްތަކާއި ގޭންގު މެންބަރުން ދެނެގަނެ، އަމާޒުކުރެވިގެން ޗެކްޕޮއިންޓްތައް ބެހެއްޓުން.

6. ”ގޭންގު ކުށްތައް މަނާކުރުމާބެހޭ ޤާނޫނު“ އިޞްލާޙުކުރުމަށް އައު ބިލެއް ތައްޔާރުކުރުން.

މީގެއިތުރުން، މަސްތުވާތަކެތީގެ މައްސަލައަށް ޙައްލު ހޯދުމަށާއި ގޭންގު ކުށްތައް ހުއްޓުވުމަށް ޤާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތަކުގެ މަސައްކަތް ވަނީ ފެށިފައެވެ. މި މަސައްކަތްތަކުގެ މަޤްޞަދަކީ ގޭންގު ކުށްތައް ހުއްޓުވުމާއި، އެފަދަ ކުށްތަކުން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުމާއި، ގޭންގު ކުށްތަކަށް އެހީތެރިވާ ފަރާތްތަކަށް އަދަބު ކަނޑައެޅުމެވެ. އަދި ގޭންގު ކުށްތަކުގެ ތަޙްޤީޤުތައް ހަރުދަނާކޮށް، އަވަސްކުރުމަށް ފުލުހުންނަށް ޚާއްޞަ ބާރުތަކެއް ދިނުމަށްވެސް މި އައު ޤާނޫނީ އޮނިގަނޑުގައި ހިމެނިފައިވެއެވެ.

ރާއްޖޭގައި ކުށްކުރުން އިތުރުވަމުންދާއިރު، ޚާއްޞަކޮށް އާބާދީ ބޮޑެތި ސަރަޙައްދުތަކުގައި ގޭންގުތަކުގެ ނުރައްކާތެރިކަން އިތުރުވަމުންދިއުމަކީ އާންމުންގެ އެންމެ ބޮޑު ކަންބޮޑުވުމެވެ.ވުމެވެ. މި ކަންބޮޑުވުމަށް އަމާޒުކޮށް، ހޯމް ލޭންޑް މިނިސްޓްރީން އަންނަނީ މުހިންމު ފިޔަވަޅުތައް އަޅަމުންނެވެ: އެގޮތުން1. ގޭންގު ކުށްތަކާ ދެކޮޅަށް ޚާއްޞަ އޮޕަރޭޝަންތައް ހިންގުން.

2. ގޭންގުތަކުގެ މާލީ ވަސީލަތްތައް ހިފެހެއްޓުމަށް އަމާޒުކުރެވިގެން މަސައްކަތްކުރުން.

3. ޒުވާނުން ގޭންގުތަކަށް ނުޖެހުމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގުން.

4. ގޭންގު މެންބަރުންނަށް އަމާޒުކޮށްގެން އިޞްލާޙީ އަދި އަނބުރާ މުޖުތަމަޢަށް ގެނައުމުގެ ޕްރޮގްރާމްތައް ތަޢާރަފުކުރުން.

5. ގޭންގު ކުށްތަކާ ގުޅޭ މަޢުލޫމާތު ހިއްސާކުރުމަށް ރައްޔިތުންނަށް ފަސޭހަ ނިޒާމެއް ޤާއިމުކުރުން.

6. ގޭންގު ކުށްތަކާ ގުޅޭ ތަޙްޤީޤުތައް އަވަސްކޮށް ހަރުދަނާކުރުން.

7. ގޭންގު ކުށްތަކަށް ކަނޑައެޅިފައިވާ އަދަބުތައް ހަރުކަށިކުރުން.

މި ފިޔަވަޅުތަކުގެ ސަބަބުން، ދިގު މުއްދަތެއްގެ ތެރޭގައި ގޭންގު ކުށްތައް މަދުކުރެވި، އާންމުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރެވޭނެކަމަށް އުންމީދުކުރެވެއެވެ. ނަމަވެސް، މި މަސައްކަތްތައް ކާމިޔާބުކުރުމަށްޓަކައި ސަރުކާރުގެ އެހެނިހެން މުއައްސަސާތަކާއި، މަދަނީ ޖަމްޢިއްޔާތަކާއި، އަދި އާންމު ރައްޔިތުންގެ އެއްބާރުލުން ވަރަށް މުހިންމެވެ. ހަމައެހެންމެ، މި މައްސަލަތަކަށް ދާއިމީ ޙައްލެއް ހޯދުމަށްޓަކައި އިޖްތިމާޢީ، އިޤްތިޞާދީ އަދި ތަޢުލީމީ ދާއިރާތަކުގައިވެސް ފުޅާ ދާއިރާއެއްގައި މަސައްކަތްތަކެއް ކުރަންޖެހޭކަން ފާހަގަކުރަމެވެ.

މަސްތުވާތަކެތީގެ މައްސަލަތައް ޙައްލުކުރުމަށް އެޅުނު ފިޔަވަޅުތައް

މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ މުއައްސަސާތަކުގެ ގުޅުން ހަރުދަނާކޮށް، އޮޕަރޭޝަނަލް ހަރުދަނާކަން އިތުރުކުރުމަށްޓަކައި ”ޓާސްކް ފޯސް އޮން އިރެޑިކޭޓިންގ ޑްރަގްސް“ ގެ ނަމުގައި ޚާއްޞަ ބާރުއަޅާ ކޮމިޓީއެއް 2023 ވަނަ އަހަރުގެ ނޮވެމްބަރު 26 ވަނަ ދުވަހު އުފައްދާފައިވެއެވެ. މި ކޮމިޓީގެ އެކްޝަން ޕްލޭން އެކުލަވާލައި، މިހާރު ވަނީ މަސައްކަތް ފަށައިގަނެފައެވެ.

ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ހުރި ޤާނޫނީ ހުރަސްތަކާއި ދަތިތައް ނައްތާލައި، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް މި ސަރުކާރުން ވަނީ ފަށާފައެވެ. މި މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށްޓަކައި މަސްތުވާތަކެއްޗާބެހޭ ޤާނޫނަށާއި ޤާނޫނުލްޢުޤޫބާތަށް މުހިންމު އިޞްލާޙުތަކެއް ގެނައުމަށް ބިލުތަކެއް ޑްރާފްޓުކޮށް، ބަންޑާރަ ނައިބުގެ އޮފީހަށް ވަނީ ފޮނުވާފައެވެ.

މި ބިލުގައި ހިމެނޭ އިޞްލާޙުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ކަމަކީ، ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ފަރާތްތަކަށް މަރުގެ އަދަބު ދެވޭގޮތަށް މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް ގެނެވޭ ބަދަލެވެ. މިއީ މަރުގެ މައްސަލަތައް ފިޔަވައި އެހެން މައްސަލައެއްގައި މިފަދަ ހަރުކަށި އަދަބެއް ދިނުމަށް ހުށަހެޅޭ ފުރަތަމަ ފަހަރެވެ.

މިހާރު ޢަމަލުކުރަމުންދާ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން ދެވޭ އެންމެ ހަރުކަށި އަދަބަކީ އުމުރަށް (25 އަހަރަށް) ޖަލަށްލުމާއެކު 100,000 ރުފިޔާއާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

ސަރުކާރުން ހުށަހަޅާ އިޞްލާޙުގެ ޑްރާފްޓް ބިލުގެ ޖަދުވަލު 1 ގައި ވަނީ 500 ގްރާމަށްވުރެ ގިނައިން މަސްތުވާތަކެތި އެތެރެކޮށްފިނަމަ މަރުގެ އަދަބު ދެވޭގޮތަށް ހިމަނާފައެވެ. މި މާއްދާގައި 139 ބާވަތެއްގެ މަސްތުވާތަކެތި ބަޔާންކޮށްފައިވެއެވެ. ޑްރާފްޓް ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، މިއިން ކޮންމެ ބާވަތެއް ވިޔަސް އެ ބަރުދަން ފުރިހަމަވެ، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް ސާބިތުވެއްޖެނަމަ މަރުގެ ޙުކުމް އިއްވަންޖެހޭނެއެވެ.

މީގެ އިތުރުން، މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް ގެންނަން ވިސްނާ އިޞްލާޙުތަކުގެ ތެރޭގައި ޑްރަގް ކޯޓަށް އިތުރު ބާރުތައް ދިނުމާއި، ރީހެބިލިޓޭޝަނާ ގުޅޭ މާއްދާތަކަށް ގެންނަ އިޞްލާޙުތަކުގެ އިތުރުން މަސްތުވާތަކެތި ޓްރެފިކްކުރުން ކަމުގައި ބެލެވޭނެ ޙާލަތްތައް ހިމަނާފައިވެއެވެ. މީގެ ތެރޭގައި މަސްތުވާތަކެއްޗަށް ފައިނޭންސްކުރުމާއި، މަސްތުވާތަކެތި އެތެރެކުރުމަށް ތަންތަނާއި އުޅަނދުފަހަރު ފޯރުކޮށްދިނުންފަދަ ކަންކަންވެސް ޓްރެފިކްކުރުން ކަމުގައި ބެލެވޭނެކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި އިޞްލާޙުތަކުގެ މައިގަނޑު މަޤްޞަދަކީ މަސްތުވާތަކެތީގެ ވަބާއިން މުޖުތަމަޢު ސަލާމަތްކުރުމާއި، މި ނުރައްކާތެރި ކުށްތަކާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ހަރުކަށި އަދަބުތައް ކަނޑައެޅުމާއެކު، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ފަރާތްތަކަށް އެކަށީގެންވާ ފަރުވާ ލިބިދިނުމަށް މަގުފަހިކުރުމެވެ.މި އިޞްލާޙުތައް ޤާނޫނަކަށްވެ، ތަންފީޛުކުރެވިއްޖެނަމަ، މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، މި ނުރައްކާތެރި ކުށްތައް މަދުކުރުމަށް އެހީތެރިވެދޭނެކަމަށް އުންމީދުކުރެވެއެވެ. ނަމަވެސް، މި ބަދަލުތަކާއެކު އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރުމާއި، ޢަދުލުވެރިކަމާއެކު ޤާނޫނު ތަންފީޛުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

ބިދޭސީންނާ ގުޅުންހުރި މައްސަލަތަކަށް އަމާޒުކޮށް ޓާސްކް ފޯސްގެ ކާމިޔާބީތައް

ޤާނޫނާ ޚިލާފު ޢަމަލުތަކުގައި ބައިވެރިވާ ބިދޭސީންނާމެދު ޢަމަލުކުރުމަށް އަވަސް އަދި ހަރުދަނާ ނިޒާމެއް ވަނީ ޤާއިމުކުރެވިފައެވެ. މި ނިޒާމުގެ ދަށުން، މަސްތުވާތަކެތި ބޭނުންކުރުމާއި، ވިޔަފާރިކުރުމާއި، އަދި ގަވާއިދާ ޚިލާފަށް ބަނގުރާ ގެންގުޅުމާއި ވިއްކުމުގެ ކުށުގައި ހައްޔަރުކުރެވޭ ބިދޭސީން 24 ގަޑިއިރުގެ ތެރޭގައި ޑިޕޯޓުކުރެވޭނެއެވެ.

ޓޫރިސްޓު އުޅަނދުފަހަރުގައި ހިންގޭ ބަނގުރަލުގެ ޣައިރު ޤާނޫނީ ވިޔަފާރި ހުއްޓުވުމަށްޓަކައި، ކަސްޓަމްސްއާއި ފުލުހުން ގުޅިގެން ދާއިމީ މޮނިޓަރިންގ ނިޒާމެއް ވަނީ ޤާއިމުކޮށްފައެވެ. މި މަސައްކަތުގެ ތެރެއިން ގިނަ އަދަދެއްގެ އުޅަނދުފަހަރު ބަލައި ފާސްކުރެވިފައިވެއެވެ.

އޯޑިނަރީ ޕާސްޕޯޓު މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މައްސަލަ ޙައްލުކުރުމަށް ޚާއްޞަ އުސޫލެއް ވަނީ އެކުލަވާލައިފައެވެ. އަދި ޕޯސްޓު މެދުވެރިކޮށް ގެންނަ ތަކެތި އީ-ފާސް މެދުވެރިކޮށް ޑިކްލެއަރކުރަންޖެހޭ ގޮތަށް އުސޫލު ބަދަލުކޮށް، މިހާރު ދަނީ ތަންފީޛުކުރަމުންނެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މަސްތުވާތަކެތި އެތެރެކުރުމަށް ބޭނުންކުރެވޭ އުސޫލާ ޚިލާފު ޢަމަލުތައް ހުއްޓުވުމަށްޓަކައި، އެއަރޕޯޓުގެ ސެކިއުރިޓީ އެސެސްމަންޓެއް ހަދައި، ކެމެރާ ބްލައިންޑް ސްޕޮޓުތައް ފާހަގަކޮށް، ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން އިޞްލާޙީ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރިއަށްދެއެވެ.

މަސްތުވާތަކެތިން މުޖުތަމަޢު ސަލާމަތްކުރުމުގެ މަސައްކަތް

ޑްރަގް ކޯޓުގެ ރިހެބިލިޓޭޝަން އަމުރާ އެއްގޮތަށް ފަރުވާ ނުފެށި ވެއިޓްލިސްޓުގައި ތިބި 700 އަށްވުރެ ގިނަ ފަރާތްތަކަށް އަމާޒުކޮށް، 2023 ވަނަ އަހަރުގެ ޑިސެންބަރު މަހު ޚާއްޞަ އޮޕަރޭޝަނެއް ފެށުނެވެ. މި އޮޕަރޭޝަންގެ ދަށުން މިހާތަނަށް 60 އިންސައްތަ ފަރާތްތަކަށް ފަރުވާ ފެށި، އެ ޚިދުމަތް ފޯރުކޮށްދެވިފައިވެއެވެ.

ކޮމިއުނިޓީ ފަރުވާއަށް ޑްރަގް ކޯޓުން އަމުރުކޮށްފައިވާ ފަރާތްތަކުގެ ފަރުވާ މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަޤްޞަދުގައި، ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން އެންޑް ރީއިންޓަގްރޭޝަން އެޕްރޯޗަކަށް ބަދަލުކޮށް، ކޮންމެ ފަރުވާ ލިބިގަންނަ ފަރާތެއް ދިރިއުޅޭ ރަށަކުން ފަރުވާ ކުރިއަށް ގެންދިއުމުގެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މި މަސައްކަތުގެ ތެރެއިން، ގއ. ދާންދޫގައި ޑިޓޮކްސިފިކޭޝަންގެ ޚިދުމަތާއި، ޅ. ނައިފަރުގައި އައުޓްޕޭޝަންޓް އުސޫލުން ބިޕްރެނޯފިން ފަރުވާގެ ޚިދުމަތް ވަނީ ފަށާފައެވެ.

ވޭޕިންގއާ ގުޅޭ ފިޔަވަޅުތައްދިވެހިރާއްޖެއަށް ޣައިރު ޤާނޫނީގޮތުން ޑްރަގް އިންފިއުޒްޑް ވޭޕް އެތެރެކޮށް، ފުޅާ ދާއިރާއެއްގައި މި ވިޔަފާރި ހިންގުމުގެ ސަބަބުން، ކުޑަކުދިންނާއި ޒުވާނުން މަސްތުވާތަކެއްޗަށް ހުށަހެޅުމުގެ ނުރައްކާ އިތުރުވެފައިވާތީ، ވޭޕް މަނާކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މި ނިންމުމާ އެއްގޮތަށް:

1. 15 ނޮވެންބަރު 2024 އިން ފެށިގެން، ދިވެހިރާއްޖެއަށް ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް އެތެރެކުރުން ވަނީ މަނާކޮށްފައެވެ.

2. 15 ޑިސެންބަރު 2024 އިން ފެށިގެން، މި ތަކެތި ވިއްކުމާއި، ބޭނުންކުރުމާއި، އަދި ގެންގުޅުން މަނާވާނެއެވެ.

މި ފިޔަވަޅުތަކުގެ މަޤްޞަދަކީ، މަސްތުވާތަކެއްޗަށް ޒުވާނުން ހުށަހެޅުމުގެ ފުރުޞަތު ކުޑަކޮށް، ޞިއްޙަތަށް ގެއްލުން ލިބިދާނެ ޢަމަލުތަކުން މުޖުތަމަޢު ރައްކާތެރިކުރުމެވެ.

މި އިޞްލާޙީ ފިޔަވަޅުތަކަކީ، ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ޒުވާނުންގެ ދުޅަހެޔޮކަން ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެކެވެ. މި މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، ކަމާބެހޭ އެންމެހައި މުއައްސަސާތަކުގެ އެއްބާރުލުމާއި، ޢާންމު ރައްޔިތުންގެ އެހީތެރިކަން ވަރަށް މުހިންމެވެ.

ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަ

ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ޖުމްލަ ޙައްލެއް ގެނައުމަށްޓަކައި، ސަރުކާރުން 2023 ވަނަ އަހަރުގެ ނޮވެމްބަރު 26 ވަނަ ދުވަހު ”ޓާސްކް ފޯސް އޮން ކޮމްބެޓިންގ އިލީގަލް އެކްސްޕެޓް އޮޕަރޭޝަންސް“ ގެ ނަމުގައި ޚާއްޞަ ޕްރޮގްރާމެއް އިޢުލާނުކުރިއެވެ. މި ޕްރޮގްރާމުގެ މަޤްޞަދަކީ 3 އަހަރު ދުވަހުގެ ތެރޭގައި މި މައްސަލައަށް ޙައްލެއް ހޯދުމެވެ.

މި މަސައްކަތުގެ ތެރެއިން އަމާޒުކުރެވިފައިވަނީ ގަވާއިދާ ޚިލާފަށް ބިދޭސީން ދިވެހިރާއްޖޭގައި ހިންގާ އަންނަނިވި ދާއިރާތަކަށެވެ:

1. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް
2. ހަށިވިއްކާ ތަންތަނާއި ރިންގުތައް
3. ބޭރު ފައިސާ ބަދަލުކުރުމުގެ ރުމުގެ ވިޔަފާރި
4. ހިއުމަން ޓްރެފިކިންގ ރިންގުތައް
5. ޞިއްޙީ މިންގަނޑުތަކަށް ނުފެތޭ ގޮތަށް ހިންގާ ކާބޯތަކެތި ތައްޔާރުކޮށް ބެހުމުގެހުމުގެ ވިޔަފާރިތައް

މި ޕްރޮގްރާމުގެ ދަށުން، ކަމާ ގުޅުންހުރި ހުރިހާ މުއައްސަސާތަކެއް ގުޅިގެން އޮޕަރޭޝަންތައް ހިންގައި، މިފަދަ ޤާނޫނާ ޚިލާފު ވިޔަފާރިތައް ބަންދުކޮށް، ޤާނޫނާ ޚިލާފަށް އުޅޭ ބިދޭސީން ޑިޕޯޓުކުރަން ފަށާފައިވެއެވެ.

އިތުރުން، ރާއްޖޭގައި ޖިނާއީ ކުދި ކުށްތަކަށް އަރައިގަންނަ ބިދޭސީންނާއި ވީޒާއާ ޚިލާފުވާ ބިދޭސީންގެ ތެރެއިން ލިޔެކިޔުންތައް ހަމަވާ ފަރާތްތައް 48 ގަޑިއިރުގެ ތެރޭގައި ދިވެހިރާއްޖެއިން ފުރުވާލުމަށް މި ޕްރޮގްރާމުގެ ތެރެއިން ސިޔާސަތު ކަނޑައަޅާފައިވެއެވެ.

މި މަސައްކަތް ފެށުނުއިރު، ބިދޭސީންގެ މައްސަލަ އޮތީ ވަރަށް ބޮޑަށް ގޯސްވެފައިކަން ފާހަގަކުރެވުނެވެ. ބިދޭސީންގެ ވިޔަފާރި ނެޓްވޯކުތައް ވަރަށް ބޮޑަށް ފުޅާވެފައިވާތީ، ބިދޭސީންނާއި އިމިގްރޭޝަނާ ގުޅުންހުރި މައްސަލަތައް ރިޕޯޓުކުރުމަށް ”އިމިގްރޭޝަން ވޮޗް“ ގެ ނަމުގައި އެޕްލިކޭޝަނެއް ތަޢާރަފުކުރެވުނެވެ. މި އެޕްލިކޭޝަނަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދު އެއްހާހާ ގާތްކުރިއެވެ.

މި މަސައްކަތުގެ ތެރޭގައި ފާހަގަކުރެވުނު އެންމެ ކަންބޮޑުވާ ކަމަކީ، ބިދޭސީން ކާބޯތަކެތީގެ ވިޔަފާރި ކުރުމުގައި ސމުގައި ސާފުތާހިރުކަމުގެ އެއްވެސް މިންގަނޑެއް ނުގެންގުޅުމެވެ. ޞިއްޙީ މިންގަނޑުތަކަށް ނުފެތޭ ގޮތަށް ބިދޭސީން ކާބޯތަކެތި ތައްޔާރުކުރާ ތަންތަނަށް އަމާޒުކޮށް ހިންގި އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ ތަންތަން ބަލައި ފާސްކޮށް، ކުރިއަށް ގެންދަމެވެ: އަދި އެ ވިޔަފާރިތައް ހުއްޓުވުނެވެ.

މިހާތަނަށް ކުރިޔަށް ގެންދެވުނު އޮޕަރޭޝަންތަކުގައި، ނުތާހިރު އަދި މުޑުދާރު ތަންތަނުގައި ކާބޯތަކެތި ތައްޔާރުކުރަމުންދިޔަ ގިނަ އަދަދެއްގެ ބިދޭސީން ހިފެހެއްޓިފައިވެއެވެ. ”އިމިގްރޭޝަން ވޮޗް“ ޕްލެޓްފޯމަށް ލިބޭ ރިޕޯޓުތަކާއި އިންޓެލިޖެންސް މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ރެއިޑުކުރެވުނު އެކިއެކި ކުދިކުދި ގޮޅިތަކުގައި ތައްޔާރުކުރަމުން ދިޔައީ ދިވެހިން އާންމު ދިރިއުޅުމުގައި ބޭނުންކުރާ ތަފާތު ބާވަތްތަކުގެ ކާބޯތަކެއްޗެވެ. މީގެ ތެރޭގައި ހިމެނެނީ:- ސްކޫލު ދަރިވަރުންނާއި އޮފީސްތަކުގެ މުވައްޒަފުން ގަންނަ ސަބްމެރިަބްމެރިން
– ބަރގަރ
– ސޭންޑްވިޗް
– ހެދިކާ
– ކާޖާގެ ބާވަތްތައްބިދޭސީން ދިރިއުޅޭ ކުޑަކުޑަ ޖާގައިގައި، އެއްވެސް ސާފުތާހިރުކަމެއް ނެތި މިފަދަ ގޮތަކަށް ކާބޯތަކެތި ތައްޔާރުކުރަމުން އައިސްފައިވަނީ އެތައް ޒަމާނެއް ވަންދެންނެވެ. ނަމަވެސް މިހާތަނަށް އެއްވެސް ފިޔަވަޅެއް އެޅިފައެއް ނުވެއެވެ. ދިވެއްސެއްގެ ނަމުގައި ނުވަތަ އެފަދަ ބައިވެރިވުމެއް ނެތި ތައްޔާރުކުރެވޭ މި ކާބޯތަކެތި އުފެއްދުމުގައި ބޭނުންކުރަމުން ދިޔައީ:- ކުނިވެފައިވާ މަހުގެ ބާވަތްތައް
– ހަލާކުވެފައިވާ ތަރުކާރީ
– މުއްދަތު ހަމަވެފައިވާ ނުވަތަ ހަމަވާން ކައިރިވެފައިވާ، ފިހާރަތަކުން އަގުހެޔޮކޮށް ވިއްކާފައިވާ ބާވަތްތައް.

”އޮޕަރޭޝަން ކުރަނގި: ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް އެޅޭ ހަރުދަނާ ފިޔަވަޅު“

ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށްޓަކައި، ސަރުކާރުން ވަނީ ”އޮޕަރޭޝަން ކުރަނގި“ ގެ ނަމުގައި ޚާއްޞަ މަޝްރޫޢެއް ތަޢާރަފުކޮށްފައެވެ. މި މަޝްރޫޢަކީ ތިން މަރުޙަލާއަކަށް ބަހާލެވިގެން ކުރިއަށްގެންދެވޭ، ޤައުމީ ފެންވަރުގެ ފުޅާ ދާއިރާއެއްގައި ހިންގޭ ޕްރޮގްރާމެކެވެ.

މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ހިމެނެނީ:

1. ރާއްޖޭގައި ދިރިއުޅޭ އެންމެހައި ބިދޭސީންގެ ދަފްތަރެއް އެކުލަވާލުން.
2. ކޮންމެ ބިދޭސީއެއްގެ ބަޔޯމެޓްރިކް މަޢުލޫމާތު (10 އިނގިލީގެ ނިޝާން، ފޮޓޯ) ރެކޯޑުކުރުން.
3. ބިދޭސީން ދިރިއުޅޭ ހުރިހާ ރަށަކާއި، ރިސޯޓު، ސިނާޢީ އަދި ދަނޑުވެރިކަމުގެ ރަށްތަކުގައި މި ޕްރޮގްރާމް ތަންފީޛުކުރުން.

މި މަޝްރޫޢުގެ ދެވަނަ މަރުޙަލާގައި:

– ރަށު ކައުންސިލްތަކަށް ޚާއްޞަ އެޕްލިކޭޝަނެއް ތަޢާރަފުކުރެވި، އިނގިލީގެ ނިޝާން ނެގުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދެވޭނެއެވެ.
– މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ބަޔޯމެޓްރިކް މަޢުލޫމާތު ޞައްޙަކަން ކަށަވަރުކުރެވޭނެއެވެ.
– މޫނު ދެނެގަތުމުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ބިދޭސީން ފަސޭހައިން ދެނެގަނެވޭނެއެވެ.

މި މަޝްރޫޢު ނިމުމާއެކު:

– ކޮންމެ ރަށެއްގައި ދިރިއުޅޭ ބިދޭސީންނަށް އެ ރަށެއްގެ ކައުންސިލުން ދޫކުރާ ކާކުކަން އަންގައިދޭ ކާޑެއް ދޫކުރެވޭނެއެވެ.
– ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް އައު ނިޒާމެއް ޤާއިމުކުރެވޭނެއެވެ.

މިހާތަނަށް 8 ރަށެއްގައި މި މަޝްރޫޢު ކުރިއަށްގެންދެވި، 4,272 ބިދޭސީންގެ މަޢުލޫމާތު ރެކޯޑުކުރެވިފައިވެއެވެ. ”އޮޕަރޭޝަން ކުރަނގި“ އަކީ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.

ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ ގާނޫނީ އަދި ގަވާއިދުތަކަށް ގެނެވުނު ބަދަލުތައް

ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ ކަންކަން ހަރުދަނާކުރުމަށާއި، އެފަދަ މަސައްކަތްތެރިންނާމެދު އިހުމާލުވާ ވަޒީފާދޭ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމަށްޓަކައި، އަދި ދިވެހިރާއްޖޭގައި ހިންގާ ޕްރޮޖެކްޓުތަކަށާއި ވިޔަފާރިތަކަށް ބޭނުންވާ ބިދޭސީން ގަވާއިދާ އެއްގޮތަށް އެތެރެކުރުމަށް މަގުފަހިކުރުމުގެ ގޮތުން ވަޒީފާއާބެހޭ ގާނޫނަށް މިއަހަރު ވަނީ އިޞްލާޙު ގެނެވިފައެވެ.

މި އިޞްލާޙުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ބަދަލުތަކުގެ ތެރޭގައި:

1. ކޮންމެ ތިން އަހަރަކުން ކޯޓާ ފީއާއި ވާކް ޕާމިޓް ފީ މުރާޖަޢާކުރެވޭނެ ގޮތް ހަމަޖެއްސުން.

2. އެއް ޤައުމަކުން ބިދޭސީން އެންމެ ގިނައިން ގެނެވޭނެ އަދަދު ކަނޑައެޅުމުގައި އެސެސްމަންޓް ރިޕޯޓެއް އެކުލަވާލައި، ކެބިނެޓުގެ މަޝްވަރާގެ މަތިން ނިންމުން.

3. ބިދޭސީން ރާއްޖޭގައި ވަޒީފާ އަދާކުރުމުގެ ސަބަބުން ވަޒީފާގެ ބާޒާރަށް ކުރާނެ އަސަރު ދެނެގަތުމަށް އެސެސްމަންޓެއް ހެދުން.

4. ބިދޭސީ މަސައްކަތްތެރިން ގެނައުމާ ގުޅޭ އުސޫލުތައް ހަރުދަނާކުރުން، މީގެ ތެރޭގައި ވޯކްސައިޓް ރަޖިސްޓަރީކުރުމާއި، ކޯޓާ ހޯދުމާއި، ވާކް ޕާމިޓް ހެއްދުމާ ގުޅޭ އުސޫލުތައް ހިމެނޭ.

މީގެއިތުރުން، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމު ހޯދުމުގެ މަސައްކަތާއެކު، ހޯމް މިނިސްޓްރީން ދަނީ ބިދޭސީ މަސައްކަތްތެރިންގެ ފީތަކާއި ކޯޓާގެ ފައިސާ ނުދައްކާ ކުންފުނިތަކުގެ ނަންތައް އާންމުކުރަމުންނެވެ. މިގޮތުން، ކަނޑައެޅޭ މުއްދަތެއްގެ ތެރޭގައި ފައިސާ ނުދައްކާ ކުންފުނިތައް އެކްސްޕެޓް ސިސްޓަމުގެ ޚިދުމަތުން އުނިކުރެވޭނެއެވެ.

މި އިޞްލާޙުތަކާއި ފިޔަވަޅުތަކުގެ މަޤްޞަދަކީ ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ ކަންކަން ހަރުދަނާކޮށް، ގަވާއިދާ އެއްގޮތަށް ބިދޭސީން ގެނައުމާއި، އެފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމެވެ.

ކުޑަކުދިންގެ އަދުލުގެ ނިޒާމު ހަރުދަނާކުރުން

ކުޑަކުދިންގެ އަދުލުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި:

1. ދ. ވާނީގައި ”ހޯޕް އައިލެންޑް“ ގާއިމުކުރުން:
– ގޭންގުތަކަށް ކުޑަކުދިން ރެކްރޫޓްކުރުން ހުއްޓުވުން
– ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުން
– ކުށަށް އަރައިގަންނަން މެދުވެރިވާ ކުޑަކުދިންނަށް ބޭނުންވާ ފަރުވާ ދިނުން

2. ކުޑަކުދިންގެ އަދުލުގެ ގާނޫނު (ގާނޫނު ނަންބަރު 18/2019) ތަންފީޒުކުރުމުގެ މަގުޗާޓު އެކުލަވާލުން:
– ކުދި ކުށްތައް އަލަށް ކުރާ ކުދިން ޖަލަށްލުމުގެ ބަދަލުގައި އިސްލާހުކުރުން
– ހެޔޮ ތަރުބިއްޔަތާއެކު މުޖުތަމަޢަށް އަނބުރާ ގެނައުމަށް މަގުފަހިކުރުން

3. ކުޑަކުދިންގެ އަދުލުގެ ގާނޫނަށް އިސްލާހު ގެނައުން:
– ނިޒާމު ތަންފީޒުކުރުމުގައި ހުރި ދަތިތައް ނައްތާލުން
– ކުށަށް ހުށަހެޅިފައިވާ ކުދިން ބޮޑެތި ކުށްތަކަށް އަރައިގަތުމުގެ ކުރިން ރީހެބިލިޓޭޓްކުރުން
– ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރު 15 އަހަރުން 12 އަހަރަށް ބަދަލުކުރުން

4. ކުޑަހުވަދޫގައި ގާއިމުކޮށްފައިވާ ޖުވެނައިލް ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރު އަލުން ހިންގަން ފެށުން:
– އިމާރާތުގެ އެސެސްމަންޓް ހެދުން
– އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ، އެ ބަދަލުތައް ގެނައުން

ޖަލުތަކުގެ ހާލަތު ރަނގަޅުކުރުން

1. ސިންގަލް ޕްރިޒަން ކޮމްޕްލެކްސްއެއް އެޅުން:
– ބައިނަލްއަޤްވާމީ ފެންވަރުގެ ޒަމާނީ ފަރުވާއާއި ރިހެބިލިޓޭޝަން ފަރުވާ ލިބޭނެ ގޮތަށް ފަރުމާކުރުން

2. ހުޅުމާލޭގައި އައު ޖަލު އިމާރާތްކުރުން:
– 42 މީހުންގެ ޖާގައިގެ ގޮޅިތައް އިމާރާތްކުރުން

3. މާލޭގެ އެނެކްސް ޖަލު އަލުން ހިންގަން ފެށުން

4. ޖަލުތަކަށް މަސްތުވާތަކެއްޗާއި ފޯނު ވެއްދުމުގެ މައްސަލަ ހައްލުކުރުމަށް ފިޔަވަޅު އެޅުން:
– ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންގެ ނެޓްވޯކެއް ހިންގާކަން ހޯދައި، އެ ފަރާތްތަކުގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުން

ހޯމް ސެކްޓަރުގެ ދަށުން ހިންގާ އިދާރާތަކުގެ މުހިންމު މަސައްކަތްތައް:

ކަސްޓަމްސް ސަރވިސް:
– އެއަރ ކާގޯގެ އޮޓޮމޭޓަޑް ކްލިއަރެންސް ނިޒާމެއް ޤާއިމުކޮށް، ކުރިން 2 ދުވަހަށް ހޭދަވި ޚިދުމަތް މިހާރު 2 ގަޑިއިރުން ފޯރުކޮށްދެވޭ.
– ރާއްޖެއިން ބޭރަށް ނަގުދު ފައިސާ ގެންދިއުމުގެ ގަވާއިދު ހަރުދަނާކޮށް، $10,000 އަށްވުރެ މަތިން ގެންދާނަމަ އެ ފައިސާ ހޯދި ގޮތް ސާބިތުކުރަންޖެހޭ.
– ދަތުރުވެރިންނަށް އޮންލައިންކޮށް ކޭޝް ޑިކްލަރޭޝަން ހުށަހެޅޭނެ ނިޒާމެއް ޤާއިމުކުރެވިފައި.

މޯލްޑިވްސް އިމިގްރޭޝަން:
– މެޑިކަލް އެމަޖެންސީގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށާއި، 65 އަހަރުން މަތީގެ ފަރާތްތަކަށް ޕާސްޕޯޓަށް އެދުމުގެ ލުއިފަސޭހަ އިންތިޒާމު ހަމަޖެހިފައި.
– ރީޖަނަލް އޮފީސްތަކުން ޕާސްޕޯޓު ދޫކުރުން އަވަސްކުރެވި، ޚިދުމަތް ފުޅާކުރެވިފައި.

ނޭޝަނަލް ރެޖިސްޓްރޭޝަން:
– އައިޑީ ކާޑު އެޕްލިކޭޝަންތަކުގެ ބެކްލޮގް ސާފުކޮށް، 24 ގަޑިއިރުގެ ތެރޭގައި ކާޑު ދޫކުރެވޭ ނިޒާމެއް ޤާއިމުކުރެވިފައި.
– ”ނާރެސް“ ޕޯޓަލް މެދުވެރިކޮށް ކައުންސިލްތަކުން އައިޑީ ކާޑު ހެދުމާއި ދޫކުރުމުގެ ޚިދުމަތް ފެށިފައި.

އިތުރު މުހިންމު މަސައްކަތްތައް:
– ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރުމުގެ މަޝްރޫޢު ކުރިއަށްދަނީ.
– އެންޓި-ސްކޭމް ސެންޓަރާއި ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓް އުފައްދާފައި.
– ޓްރެފިކް ވައިލޭޝަންތަކާ ގުޅޭ ފިޔަވަޅުތައް ހަރުދަނާކުރެވިފައި.
– ޤައުމީ އިމަޖެންސީ ހެލްޕްލައިން (911) ޤާއިމުކުރުމުގެ މަސައްކަތް ފެށިފައި.
– ހަނގުރާމަވެރިންނާއި އެމީހުންގެ ޢާއިލާތައް ރީހެބިލިޓޭޓްކޮށް މުޖުތަމަޢަށް އަނބުރާ ގެނައުމުގެ މަސައްކަތް ކުރިއަށްދަނީ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: