ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަރަބަން ސެންޓަރުތައް ގާއިމްކުރާނެ 7 ސަރަހައްދު ކަނޑައަޅައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި، މިނިސްޓަރ ޑރ. އަލީ ހައިދަރު
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުން ތަރައްގީކުރުމަށް ވައުދުވެވަޑައިގެންފައިވާ އަރަބަން ސެންޓަރުތައް ގާއިމްކުރާނެ ސަރަހައްދުތައް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފިއެވެ.

ރާއްޖޭގައި 7 އަރބަން ސެންޓަރު ގާއިމްކުރުމާއި ގުޅޭ ގޮތުން މައުލޫމާތި ދިނުމަށް ހައުސިން މިނިސްޓްރީއިން ނެރުން ނޫސް ބަޔާނެއްގައި ބުނެފައިވަނީ، މި އަރބަން ސެންޓަރުތައް އަޅާނެ ސަރަހައްދުތައް މިހާރު ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަނީ ކަނޑައަޅުއްވާފައިކަމަށެވެ.

އާރަބަން ސެންޓަރުގެ ގޮތުގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ރަށްތައް:

  1. ރ. އުނގޫފާރު
  2. ބ. އޭދަފުށި
  3. ޅ. ނައިފަރު
  4. އދ. މަހިބަދޫ
  5. ފ. ނިލަންދޫ
  6. ދ. ކުޑަހުވަދޫ
  7. ލ. ފޮނަދޫ

އަރބަން ސެންޓަރުތައް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާއިރު، ރައީސް މުއިއްޒުގެ ތަޞައްވުރަކީ ސަރަހައްދީ ތަރައްޤީގެ ވިސްނުމުގައި ރާއްޖެ ތަރައްޤީކުރެއްވުންކަމަށް ސަރުކާރުން ފާހަގަކުރެއެވެ. އަދި އެކަމަށްޓަކައި މެދުރާސްތާގެ އަމާޒުތަކަކާއި، ދުރު ރާސްތާގެ އަމާޒުތަކެއް ކަނޑައެޅުމަށް އެމަނިކުފާނު ވަނީ ނިންމަވާފައެވެ.

އެގޮތުން ރާއްޖޭގެ އެންމެ އުތުރާއި އެންމެ ދެކުނުގައި، އިންޓަރގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯނުގެ ދެ ޒޯނެއް ތަރައްޤީ ކުރުމާއެކު، ރާއްޖޭގެ އެހެން ސަރަހައްދުތައް ޝާމިލުވާހެން، 7 އަރބަން ސެންޓަރެއް، ނުވަތަ ޢުމްރާނީ ބިނާވެށީގެ 7 ބިނާވެށްޓެއް، ރާއްޖޭގެ 7 ސަރަހައްދެއްގައި ފައްކާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދެކެވެ.

ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ ސަރުކާރުން މަސައްކަތް ކުރައްވާނީ ދިވެހިރައްޔިތުންގެ ހުވަފެންތަކާއި ތަޞައްވުރުތަކުގެ އެހީގައި ރައްޔިތުން އެދޭގޮތަށް ދިވެހިރާއްޖޭގެ މުސްތަޤްބަލް ކުރަހައި ބައްޓަންކުރެއްވުމަށްކަމަށެވެ. އަދި ރައްޔިތުންގެ އެ ހުށަހެޅުންތަކުގެ މައްޗަށް، ކުރިއަށް އޮތް 20 އަހަރު ދުވަހަށް، ޤައުމީ ތަރައްޤީގެ މާސްޓަރ ޕްލޭނެއް އެކުލަވައިލައި، އެ ޕްލޭނަށް ޤާނޫނީ ބާރުވެރިކަން ދެއްވާނެކަމަށްވެސް އެމަނިފާނު ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: