ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާބަން ސެންޓަރ ލިސްޓުގައި ރާއްޖޭގެ އުތުރާއި، އައްޑޫ ނެތް ސަބަބު ސާފުކޮށްދޭން ޖެހޭ: ޝާހިދު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު --
ޝެއާރކޮށްލާ ކަހަލަދޯ؟

އާބަން ސެންޓަރުތައް ކަނޑައެޅުމުގައި ބޮޑުތިލަދުންމަތިއާއި، ރާއްޖޭގެ ދެކުނު އުނިކުރި ސަބަބު ރައްޔިތުންނަށް ސާފުވާން ޖެހޭކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ސަރަހައްދީ ތަރައްގީއަށް އަމާޒުކޮށްގެން އާބަން ސެންޓަރުތައް ގާއިމު ކުރުމަށް ނިންމާފައިވާ ލިސްޓު އާންމު ކުރުމާއި އެކު ގިނަ ބަޔަކު ސުވާލު އުފެއްދީ ވިޔަފާރީގައި ޒަމާންވީ ރަށްތައް ނުހިމެނޭ ސަބަބާއި މެދު އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުގެ ތެރޭގައި ހިމެނޭ އާބަން ސެންޓަރުތައް ތަރައްގީ ކުރުމުގެ ލިސްޓުގައި ހިމެނި އާންމު ކުރި ހަތް ރަށުގެ ތެރޭގައި ހިމެނެނީ ރ. އުނގޫފާރާއި، ބ. އޭދަފުށި އަދި ޅ. ނައިފަރާއި އދ. މަހިބަދޫ އަދި ފ. ނިލަންދޫއާއި ދ. ކުޑަހުވަދޫގެ އިތުރުން ލ. ފޮނަދޫ އެވެ. އެވެ.

މި ލިސްޓުގައި ދެކުނާއި، އުތުރުގެ ބޮޑެތި ރަށްތައް ނުހިމެނޭތީ އެމްޑީޕީގެ ސަރުކާރުގައި ދައުލަތުގެ އިސް މަގާމުތައް ފުރުއްވި ބޭފުޅުން އެކަމަށް ފާޑުވިދާޅުވި އެވެ. އަދި އެކަން ފާހަގަކޮށް ޝާހިދު ވެސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އާބަން ސެންޓަރު ކަނޑައެޅުމުގައި ބޮޑުތިލަދުންމައްޗާއި ރާއްޖޭގެ އެންމެ ދެކުނު ހިމެނިފައި ނުވާ ސަބަބު އެނގެން އެ ރަށްތަކުގެ ރައްޔިތުން ބޭނުންވާކަމަށެވެ. އަދި ތަރައްގީގައި މިފަދަ ތަފާތު ކުރުމެއް އައިސް، ޒަމާނުއްސުރެ ވިޔަފާރީގައި ފާހަގަކުރެވޭ ހަބުތައް އުނިވީ ކީއްވެގެންކަން އެ ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭކަމަށް ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ތަރައްގީއާއި ގުޅުން ހުރި ނިންމުންތަކަށް ވާސިލުވުމުގެ ކުރިން ކައުންސިލްތަކާއި މަޝްވަރާ ކުރަން ޖެހޭކަމަށާއި، އާބަން ސެންޓަރުތަކުގެ ލިސްޓު ސަރުކާރުން އިއުލާނު ކުރީ އެފަދަ އެއްވެސް ވާހަކައެއް ކުރިން ހިއްސާ ކުރުމެއް ނެތިކަމަށެވެ.

ޝާހިދު ވިދާޅުވީ އާބަން ސެންޓަރުގެ ގޮތުގައި ރަށްތައް ކަނޑައެޅުމުގެ މަގްސަދަކީ ލާމަރުކަޒީކޮށް ރަށްތަކުގެ ހިންގުމުގެ ނިޒާމު އެ ރަށެއް ވަކިކޮށް މާލެއިން ހިންގަން ފެށުންކަމަށް ވެގެން ނުވާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: