ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާފުކޮށްދެއްވީ ސަރަހައްދީ ތަރައްގީގެ އާބަން ސެންޓަރ ތަފްސީލު މެނިފެސްޓޯގައި ހުންނާނެކަން!

އިގްތިސާދީ މެނިފެސްޓޯ އާންމު ކުރަން ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ސަރަހައްދީ ތަަރައްގީއަށް އިސްކަން ދީގެން، އާބަން ސެންޓަރުތައް ތަރައްގީ ކުރުމަށް ނިންމާފައިވާ ލިސްޓު އާންމު ކުރުމުން އަމާޒު ކުރާ ފާޑުކިއުންތަކަށް އިގްތިސާދީ މެނިފެސްޓޯގައި އާބަން ސެންޓަރުތައް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސާފުކޮށް ދެއްވައިފި އެވެ.

ރާއްޖޭގެ ސަރަހައްދީ ތަރައްގީއަށް އަމާޒުކޮށްގެން އާބަން ސެންޓަރުތައް ގާއިމު ކުރުމަށް ނިންމާފައިވާ ލިސްޓު އާންމު ކުރުމާއި އެކު ގިނަ ބަޔަކު ސުވާލު އުފެއްދީ ވިޔަފާރީގައި ޒަމާންވީ ރަށްތައް ނުހިމެނޭ ސަބަބާއި މެދު އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުގެ ތެރޭގައި ހިމެނޭ އާބަން ސެންޓަރުތައް ތަރައްގީ ކުރުމުގެ ލިސްޓުގައި ހިމެނި އާންމު ކުރި ހަތް ރަށުގެ ތެރޭގައި ހިމެނެނީ ރ. އުނގޫފާރާއި، ބ. އޭދަފުށި އަދި ޅ. ނައިފަރާއި އދ. މަހިބަދޫ އަދި ފ. ނިލަންދޫއާއި ދ. ކުޑަހުވަދޫގެ އިތުރުން ލ. ފޮނަދޫ އެވެ. އެވެ.

މި ލިސްޓުގައި ދެކުނާއި، އުތުރުގެ ބޮޑެތި ރަށްތައް ނުހިމެނޭތީ އެމްޑީޕީގެ ފާޑުކިއުންތައް ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ. އަދި އައްޑުއާއި ރާއްޖޭގެ އެންމެ ދެކުނު ލިސްޓުގައި ނުހިމަނާ ސަބަބަބު ރައްޔިތުންނަށް ސާފުކޮށްދޭން ގޮވާލި އެވެ.

ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތައް ސާފުކޮށްދެއްވައި، ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ ދިވެހިންގެ ރާއްޖެ މެނިފެސްޓޯގައި އާބަން ރީޖަންތައް ތަރައްގީ ކުރުމުގެ ތަފްސީލުތައް ހިމަނާފައިވާނެކަމަށެވެ. ރައީސް ވިދާޅުވީ ތަރައްގީގެ ސިޔާސަތު ‏އެމަނިކުފާނުގެ މެނިފެސްޓޯގެ — ޗެޕްޓަރ 4، ނަންބަރު 12، 13 އަދި 14 ގައި ވަރަށް ސާފުކޮށް ބަޔާންކޮށް ފައިވާ ކަމަށެވެ.

މެނިފެސްޓޯގައި ހިމެނޭ އެ ނަމްބަރުތަކުގައިވާ ގޮތުން މާލެ އާބަން ރީޖަންގެ އިތުރުން މަތީ ފަންތީގެ ހިދުމަތް ލިބޭ ސަރަހައްދެއް ގޮތުގައި ހއ. އަތޮޅާއި، ހދ. އަތޮޅުއަދި ށ. އަތޮޅު ހިމެނޭ އުތުރުގެ ތަރައްގީގެ ޒޯންގައި އިދާރީ މައި ހަބުގެ ގޮތުގައި ހދ. ކުޅުދުއްފުށި ހިމަނައިގެން ބައިނަލްއަޤުވާމީ ދޮރާއްޓެއްގެ ގޮތުގައި ހދ. ހަނިމާދޫ ގާއިމުކޮށް ހއ. އިހަވަންދިއްޕޮޅުގައި ބައިނަލްއަޤުވާމީ ޓްރާންޝިޕްމަންޓު ބަނދަރެއް ގާއިމު ކުރެވިގެން ދާނެކަމަށެވެ.

13 ވަނަ ނަމްބަރުގައި ވަނީ މާލެ އާބަން ރީޖަންގެ އިތުރުން މަތީ ފަންތީގެ ހިދުމަތް ލިބެ ސަރަހައްދެއްގެ ގޮތުގައި ގއ. އަތޮޅާއި، ގދ. އަތޮޅު އަދި އަދި ފުވައްމުލައްއާއި އއްޑޫ ހިމެނޭ ދެކުނުގެ ތަރައްގީ ޒޯންގައި އިދާރީ މައި ހަބުގެ ގޮތުގައިއާއި ބައިނަލްއަޤުވާމީ ދޮރާއްޓެއްގެ ގޮތުގައި އައްޑޫ ހިމަނައިގެން ބައިނަލްއަޤުވާމީ ޓްރާންޝިޕްމަންޓު ބަނދަރަކާއި ސިނާއީ މަސައްކަތްތަކާއި މަސްވެރިކަމާއި ދަނޑުވެރިކަން އަދި މެރިކަލްޗާގެ އިތުރުން ފތުރުވެރިކަމުގެ ވަސީލަތް ފުލާކޮށް ތަރައްގީ ކުރެވިގެންދާނެކަމަށެވެ.

14 ވަނަ ނަމްބަރުގައި ވަނީ މެދުމިނުގެ އިތުރު 7 އާބަން ސެންޓަރު މާލޭގެ އުތުރުގައި 3 އަދި ދެކުނުގައި 04 ހިމެނޭހެން ތަރައްގީ ކުރެވިގެންދާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: