ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ އުތުރާއި ދެކުނުގައި ވެސް އާބަން ސެންޓަރުތައް ތަރައްގީ ކުރާނެ: ހައުސިން މިނިސްޓްރީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި، މިނިސްޓަރ ޑރ. އަލީ ހައިދަރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިލާނުކޮށްފައިވާ އާބަން ސެންޓަރުތަކަކީ އުތުރާއި ދެކުނުގެ އުމްރާނީ ތަރައްގީގެ މަރުކަޒުތަކުގެ އިތުރުން ތަރައްގީކުރާނެ ސަރަހައްދުތައްކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ރާއްޖޭގެ ސަރަހައްދީ ތަރައްގީއަށް އަމާޒުކޮށްގެން އާބަން ސެންޓަރުތައް ގާއިމު ކުރުމަށް ނިންމާފައިވާ ލިސްޓު އާންމު ކުރުމާއި އެކު ގިނަ ބަޔަކު ސުވާލު އުފެއްދީ ވިޔަފާރީގައި ޒަމާންވީ ރަށްތައް ނުހިމެނޭ ސަބަބާއި މެދު އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުގެ ތެރޭގައި ހިމެނޭ އާބަން ސެންޓަރުތައް ތަރައްގީ ކުރުމުގެ ލިސްޓުގައި ހިމެނި އާންމު ކުރި ހަތް ރަށުގެ ތެރޭގައި ހިމެނެނީ ރ. އުނގޫފާރާއި، ބ. އޭދަފުށި އަދި ޅ. ނައިފަރާއި އދ. މަހިބަދޫ އަދި ފ. ނިލަންދޫއާއި ދ. ކުޑަހުވަދޫގެ އިތުރުން ލ. ފޮނަދޫ އެވެ. އެވެ.

މި ލިސްޓުގައި ދެކުނާއި، އުތުރުގެ ބޮޑެތި ރަށްތައް ނުހިމެނޭތީ އެމްޑީޕީގެ ސަރުކާރުގައި ދައުލަތުގެ އިސް މަގާމުތައް ފުރުއްވި ބޭފުޅުން އެކަމަށް ފާޑުވިދާޅުވި އެވެ.

ވަކި ރަށްތަކެއް ނުވަތަ އަތޮޅުތަކެއް ނުހިމެނޭކަމަށް ބުނެ އަމާޒުވާ ފާޑުކިއުންތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްކެވީ އެމަނިކުފާނުގެ ދިވެހިންގެ ރާއްޖެ މެނިފެސްޓޯ އެވެ.

ރައީސް ކުރެއްވި ޕޯސްޓަށް ފަހު ވެސް، އެމްޑީޕީގެ އިސް ބޭފުޅުން ވަނީ އާބަން ސެންޓަރު ތަރައްގީ ކުރުމުގައި އެއްވެސް މަޝްވަރާއެއް ނުކުރާކަމަށް ވިދާޅުވެފަ އެވެ.

މައްސަލައިގައި ހައުސިން މިނިސްޓްރީ ނެރުނު ބަޔާނުގައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އުމްރާނީ ތަރައްގީގެ ސަރަހައްދީ ތަސައްވުރަކީ ރާއްޖޭގެ ހުރިހާ ސަރަހައްދެއް ވެސް ހިމެނޭހެން ތަރައްގީ ކުރުންކމަށެވެ. އޭގެ ތެރޭގައި އުތުރުގެ ހަތަރު އަތޮޅާއި، ދެކުނުގެ ހަތަރު އަތޮޅު ހިމެނޭނެކަމަށް ބަޔާނުގައި ވެއެވެ.

މިނިސްޓްރީން ބުނެފައި ވަނީ މި ދެ ސަރަހައްދުގެ ބޭރުން ހަތް އުމްރާނީ ތަރައްގީގެ މަރުކަޒު ރައީސް އިއުލާނު ކުރެއްވީ މިއަދު ކަމަށެވެ. އެހެންކަމުން ވަކި ރަށްތަކެއް ދޫކޮށްލައި، އުނި ކުރިކަމަށް ދެކެވޭ ވާހަކައިގައި ހަގީގަތެއް ނެތްކަމަށް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: