ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮންމެ އައު ދިރާގު 5ޖީ ޓަރބޯ 749 އަދި މަތީ ޕްލޭނަކާ އެކު ހިލޭ 5ޖީ ރައުޓަރެއް!

ދިރާގުން ހިލޭ 5ޖީ ރައުޓަރެއް ލިބޭ ހާއްސަ ލިމިޓެޑް ޓައިމް އޮފަރގެ މުއްދަތު އިތުރު ކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގުން ހިލޭ 5ޖީ ރައުޓަރެއް ލިބޭ ހާއްސަ ލިމިޓެޑް ޓައިމް އޮފަރގެ މުއްދަތު އެ ކުންފުނިން އިތުރުކޮށްފިއެވެ.

އެގޮތުން މިހާރު، 31 ޑިސެންބަރު 2024ގެ ކުރިން 5ޖީ ޓަތބޯ 749 ޕްލޭން އަދި އެއަށްވުރެ މަތީގެ ޕްލޭންތަކަށް ސަބްސްކްރައިބްކުރާ ހުރިހާ ކަސްޓަމަރުންނަށް ހިލޭ 5ޖީ ރައުޓަރެއް ލިބޭނެއެވެ.

މި އޮފާގެ މައުލޫމާތުތައް ހިއްސާކޮށް ދިރާގުން ބުނެފައި ވަނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ވީހާވެސް ގާތުން ހިދުމަތް ދިނުމަށް ކަމަށެވެ. އެގޮތުން ދިރާގު 5 ޖީ ޓަރބޯ ވައިފައިއާއި އެކު ކަސްޓަމަރުންނަށް ތަފާތު އަގުތަކާއި ޑޭޓާ އެލަވަންސްތަކުގެ ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ޕްލޭންތައް ޚިޔާރުކުރެވޭނެކަމަށް ވަނީ ބުނެފަ އެވެ.

ދިރާގުން ބުނީ ހުރިހާ ސްޓްރީމްންގ، ބްރައުސިންގ އަދި ގޭމިންގ ބޭނުންތަކަށް 500 އެމްބީޕީއެސްއާ ހަމައަށް އިންޓަނެޓް ސްޕީޑް ތަޖުރިބާކޮށްލެވޭނެ، ކަމަށެވެ.

ދިރާގު 5ޖީ ޓަރބޯ ވައިފައި ޕްލޭންތަކާއެކު ކަސްޓަމަރުންނަށް އިތުބާރު ކުރެވޭ، 5ޖީ ސްޕީޑްގެ ހަލުވި އިންޓަނެޓް ކޮންމެ ތަނެއްގައި ހުރެގެންވެސް ބޭނުންކޮށްލެވޭނެއެވެ. އަދި 5ޖީ ޓަރބޯ ޕޯސްޓްޕެއިޑް ޕްލޭންތައް ނަގާ ކަސްޓަމަރުންނަށް ޑޭޓާ ރޯލްއޯވަރއާއެކު ބޭނުން ނުކުރާ ޑޭޓާ އެއް މަސް ދުވަހަށް ކުރިއަށް ގެންދެވޭނެއެވެ. އަދި މީގެ އިތުރުން މި ޕްލޭންތަކާ އެކު ޚާއްސަ 5ޖީ ބޫސްޓަރތަށްވެސް ކަސްޓަމަރުންނަށް ނެގޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: