ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްމާލެ ހިއްކުމުގެ މަސައްކަތް އެޗްޑީސީން އަލުން ފަށައިފި

ރަސްމާލެ ހިއްކުމުގެ މަސައްކަތް އެޗްޑީސީން އަލުން ފަށައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުން ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީ ކުރަން ނިންމާފައިވާ ރަސްމާލެ އަލުން ހިއްކަން ފަށައިފިއެވެ.

ހައުސިން ޑިޕެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ އެ ކުންފުނިން ވަނީ ރަސްމާލެ ހިއްކުމުގެ މަސައްކަތް އަލުން ފަށާފައި ކަމަށެވެ. މާލޭގެ ދެކުނަށް އޮންނަ ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީ ކުރާ ރަސްމާލެ މަސައްކަތް ފެށި މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

އެ މަޝްރޫއުގެ ދަށުން 1153 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު އެ މަސައްކަތް ކުރުމަށް އާބަންކޯއިން ހަވާލުކޮށްފައި ވަނީ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އާއެވެ.

ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއުއާއި ގުޅޭގޮތުން ރައީސް މުއިއްޒު ވިދާޅުވީ މި މަޝްރޫއު ނިމުމުން ހުޅުމާލޭގެ 2 ފިޔަވަހި އެއްކޮށްލުމުން ވާ ޖާގައިގެ ތިން ގުނަ ބޮޑު ޖާގައެއް ލިބިގެންދާނެކަމަށެވެ. ސީއެމްސީއަށް ޕްރޮޖެކްޓް ދިނީ ބިން ހިއްކުމަށްދާ ފައިސާގެ ބަދަލުގައި މާލެ ސަރަހަައްދުން 70 ހެކްޓަރުގެ ބިން 99 އަހަރަށް ދިނުމަށެވެ. އެގޮތުން ފުށިދިއްގަރުން 60 ހެކްޓަރުގެ ބިމާއި ހުޅުމާލެއިން 10 ހެކްޓަރުގެ ބިން ދިނުމަށް ވަޏީ ނިންމައިފިއެވެ.

މީގެ އިތުރުން، މި މަޝްރޫއު 8 މަސްދުވަހުގެ ތެރޭގައި ނިމޭނެކަމަށް ވިދާޅުވި އެވެ. އަދި ރާއްޖޭގެ 7 ސަރަހައްދެއްގައި އިންޓަގްރޭޓެޑް އާބަން ސެންޓަރުތައް ގާއިމުކުރުމާއި އެކު، ސަރަހައްދީ، ދެމެހެއްޓިނިވި ތަރައްގީ ގެނައުމުގެ ވިސްނުމުގައި މި ސަރުކާރުން މަސައްކަތްތައް ކުރިއަށްގެންދަވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: