އިޒްރޭލުން ދިން ޙަމަލާއެއްގައި ފަލަސްތީނުގެ 30 މީހަކު ޝަހީދުވެއްޖެއެވެ.
އަލްޖަޒީރާގައި ރިޕޯޓު ކޮށްފައިވާ ގޮތުން މި ޙަމަލާގައި 30 މީހަކު ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި 13 ކުޑަކުދިންވެސް ހިމެނެއެވެ. އެ ސަރަޙައްދުގައި ޙަރަކާތްތެެރިވަމުންދިޔަ އަލްޖަޒީރާގެ ނޫސްވެރިޔާ ހާނީ މަޙްމޫދު ކިޔާދީފައިިވާ ގޮތުގައި މި ޙަމަލާ ދީފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.
ވަފާ ނިއުސް އޭޖެންސީން ރިޕޯޓު ކޮށްފައިވާ ގޮތުގައި އިޒްރޭލުން ޙަމަލާދީފައިވަނީ ގާޒާގެ ޖަބަލިއާ ރެފިއުޖީ ކޭމްޕުގައި އުޅެމުންދިޔަ މީހުން ހިޔާވަހިކަން ހޯދަމުން ދިޔަ އިމާރާތަކަށް އަމާޒުކޮށެވެ.
މި ޙަމަލާގައި ޒަޚަމްވި މީހުން ބެޕްޓިސްޓް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށްވެސް ވަފާ ނިއުސް އޭޖެންސީީން ރިޕޯޓުކޮށްފައިވެއެވެ.
މަންޒަރު ދުއް ފަރާތްތަކާ ޙަވާލާދީ އަލްޖަޒީރާގައި ރިޕޯޓު ކޮށްފައިވާގޮތުން މި ޙަމަލާގައި އިމާރަތް އެއްކޮށް ބިމާ ހަމަވެފައިވާއިރު، އެތައް ބަޔަކު އިމާރާތުގައި ތާށިވެފައިވެސްވެއެވެ.

