ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި މެރިކަލްޗާ ސިނާއަތް ތަރައްގީ ކުރުމަށް ހަތަރު ސަރަހައްދެއް!

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް: ފޮޓޯ/ ފިޝަރީޒް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި މެރިކަލްޗާ ސިނާއަތް ތަރައްގީ ކުރުމަށް ސަރުކާރުން ނިންމާފައިވާ ހަތަރު ސަރަހައްދެއް ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް އިއުލާނު ކުރައްވައިފި އެވެ.

ބޭސިކް މެރިކަލްޗާ ކޯހުގެ ދެވަނަ ބެޗުގެ ނިންމުމުގެ ރަސްމިއްޔާތުގައި ޝިޔާމް ވިދާޅުވީ މިހާރު ކުރަމުންދަނީ، އެ ސަރަހައްދުގައި މެރިކަލްޗާގެ މަސައްކަތް ކުރުމަށް ބޭނުންވާ ގަވައިދު އެކުލަވާލުމުގެ މަސައްކަތް ކަމަށެވެ.

މި ހަތަރު ސަރަހައްދަކީ ބޮޑު ތިލަދުންމައްޗާއި، ރ. އަތޮޅާއި މ. އަތޮޅުގެ އިތުރުން ތ. އަތޮޅެވެ. މީގެތެރޭގައި މަނިޔަފުއްޓާއި ގާތްގަނޑަކަށް ދެ ކިލޯމީޓަރު ދުރުގައި އޮތް ފަޅެއް ވެސް ވަނީ މި މަސައްކަތަށް ވަނީ ކަނޑައަޅާފަ އެވެ.

ޝިޔާމް ވިދާޅުވީ ސަރުކާރުން ބޭނުންވަނީ، މެރިކަލްޗާގެ ސިނާއަތު ކޮމާޝަލް ސްކޭލްއެއްގެ ގޮތުގައި ދިވެހިރާއްޖެއަށް އާމްދަނީ ވަންނާނެގޮތަކަށް ތަރައްގީ ކުރުމަށެވެ. އެގޮތުން މި ސިނާއަތަށް މީހުން އަހުލުވެރި ކުރުވުމުގެ ގޮތުން، މި އަހަރުގެ ފެބްރުއަރީ މަހު ކުރިޔަށް ގެންދެވުނުކަން ފާހަގަކޮށް ޝިޔާމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތު ތަންފީޒުކޮށް މެރިކަލްޗާ ސިނާއަތް ތަރައްގީކުރުމަށްޓަކައި ސިނާއަތާއި ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމާއި އެ ސިނާއަތަށް މީހުން ބިނާ ކުރުމަށް ވެސް އެމްއެމްއާރުއައިގެ ފަރާތުން ގިނަ މަސައްކަތްތައް ކުރެވިފައިވުމަކީ ލިބޭ އުފަލެއްކަމަށެވެ.

ޝިޔާމް ވިދާޅުވީ މެރިކަލްޗާ ކުރުމަށްޓަކައި ފާހަގަކުރި ސަރަހައްދުތައް މިނިސްޓްރީގެ ފަރާތުން ކެބިނެޓަށް ހުށަހަޅައި، ލިބެން ޖެހޭ އެޕްރޫވަލް ލިބިފައިވާކަމަށެވެ.

ދިވެހިރާއްޖޭގެ ހަތަރު ސަރަހައްދެއް މެރިކަލްޗާރ ކުރުމަށްޓަކައި މިވަނީ އައިޑެންޓިފައި ކުރެވި އެ ސަރަހައްދުތައް އަޅުގަނޑުމެން މިނިސްޓްރީގެ ފަރާތުން އެކަންކަން ކެބިނެޓަށް ހުށަހަޅައި ކެބިނެޓުގެ އެޕްރޫވަލް ވެސް މިވަނީ މި ހަތަރު ސަރަހަށްދަށް ލިބިފައި.. މިހާރު ކުރެވެމުންދާ މަސައްކަތަކީ މިކަމާއި ގުޅިގެން ހަދަންޖެހޭ ގަވައިދަށް ހުޅުވާލުމަށްޓަކައި އަޅުގަނޑުމެން ކުރަން ޖެހޭ މަސައްކަތްތައް، ވާންޖެހޭ ތައްޔާރީތައް މިހާރު މިވަނީ.. ވަރަށް ބޮޑު ސަރަހައްދު މި ހަތަރު ސަރަހައްދަކީ އެއީ.. ބޮޑުތިލަދުންމަތީ.. އެއީ އެއް ސަރަހައްދު، ރ އަތޮޅުގެ އެއް ސަރަހައްދު އަދި މ އަދި ތ އަތޮޅުގެ މި ދަންނަވާހެން ހަތަރު ސަރަހައްދެއް ޖުމްލަ މިވަނީ ރަސްމީކޮށް މެރިކަލްޗާ ތަރައްގީ ކުރުމަށް ކަނޑައެޅިފައި..

ސަރުކާރުން ނިންމާފައި ވަނީ މި މަސައްކަތް ކުރުމަށް ރަސްމީކޮށް ކަނޑައަޅާފައިވާ 4 ސަރަހައްދުން ނަގާ ބިމަށް ލޭންޑް އިކުއިޒިޝަން ފައިސާ ނުނަގާ ގޮތަށާއި، ފުރަތަމަ ތިން އަހަރުގެ ބިމު ކުލި ނުނެގުމަށެވެ. އަދި މި މަސއްކަތްތަކަށް ބޭނުންވާ ވަސީލަތްތައް ރާއްޖެއަށް އެތެރެ ކުރުމަށް ޑިއުޓީ މައާފު ކުރުމަށް ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: