ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑީބިލްޑިން މުބާރާތް މައްސަލަ؛ ރައީސާއި ރައްޔިތުން ކިބައިން ބީބީއޭއެމް މާފަށް އެދިއްޖެ

ބޮޑީބިލްޑިން އެސޯސިއޭޝަންގެ ރައީސް އިބްރާހިމް ހަމީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ވޯލްޑް ބޮޑީބިލްޑިންގ އެންޑް ފިސީކް ސްޕޯޓްސް ޗެމްޕިއަންޝިޕް 2024 އާއި ގުޅޭގޮތުން ރައްޔިތުންގެ މެދުގައި އޮތް ކަންބޮޑުވުންތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކިބައިން މައާފަށް އެދި އެފަދަކަމެއް ތަކުރާރު ނުވާނެކަމަށް ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) ބުނެފި އެވެ.

ރާއްޖޭގައި ބޭއްވި ބައިނަލްއަޤުވާމީ ބޮޑީބިލްޑިންގ މުބާރާތެއްގެ ފޮޓޯއާއި ވީޑިއޯތައް އާންމުވެ ގިނަ ބަޔަކު ވަނީ އެކަމަށް ނުރުހުންފާޅު ކުރަމުންނެވެ. އަދި އަންހެނުންނާއި ފިރިހެނުން ވަރަށް ބޮޑަށް ގައިގޯޅިކޮށް މަސްހުނިވާ މިފަދަ މުބާރާތްތައް އިސްލާމީ މުޖްތަމައުއެއްގައި ބޭއްވިގެން ނުވާނެކަން ގިނަ ބަޔަކު ފާހަގަކުރި އެވެ.

މި މައްސަލައިގައި މުބާރާތް އިންތިޒާމު ކުރި ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އާންމު ކުރި ބަޔާނުގައި ބުނީ އެ އެސޯސިއޭޝަނުން މިފަދަ މުބާރާތެއް ބޭއްވީ ރާއްޖޭގެ ނަން ބައިނަލްއަޤުވާމީ ކުޅިވަރު މައިދާނުގައި ވަރުގަދަކޮށް، ރާއްޖޭގެ އިގްތިސާދާއި ފަތުރުވެރިކަމުގެ ދާއިރާއަށް ލިބޭނެ ކުރިއެރުމަށް ވިސްނައިގެން ކަމަށެވެ.

ބީބީއޭއެމް ބުނި ގޮތުގައި މި އަހަރުގެ މުބާރާތް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ލިބުނީ އެކަމަށް ވަރަށް ދުރާލައި މަސައްކަތްކޮށްގެން އެހެން ގައުމުތަކާއި ވާދަކޮށްގެންނެވެ. އަދި މުބާރާތް މިފަހުން ކެންސަލް ނުކުރީ ކުޅިވަރު އެސޯސިއޭޝަންތަކާއި ރާއްޖެއަށް މާލީ ގޮތުން ލިބިދާނެ ގެއްލުމަށް ބަލައިކަމަށް ވަނީ ބުނެފަ އެވެ.

ބަޔާނުގައި އިތުރަށް ބުނެފައި ވަނީ މި މުބާރާތް ކުރިޔަސް ގެންދިޔައީ އައްޑޫގެ ފަތުރުވެރިކަމުގެ ހިދުމަތް ދޭ ކެނެރީފް ރިސޯޓްސްގައިކަމަށެވެ. އަދި އެ އެސޯސިއޭޝަނުން މުބާރާތް ކުރިޔަށް ގެންދިއުމުގައި ރައީސުލްޖުމްހޫރިއްޔާގެ ތަސައްވުރާއި ސްޕޯޓްސް މިނިސްޓްރީ ދިން އިރުޝާދަށް އަމަކު ކުރެވޭތޯ ބެލިކަމަށެވެ.

ބަޔާން ނިންމާލަމުން ބީބީއޭއެމް ބުނެފައި ވަނީ މުބާރާތުގެ ކަންކަން ހިނގި ގޮތުގެ ސަބަބުން ރައްޔިތުންގެ ގިނަ ކަންބޮޑުވުންތައް ހުރިކަން ގަބޫލުކުރާކަމަށެވެ. އަދި އެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ރައްޔިތުންގެ ކިބައިން ވަނީ މައާފަށް އެދިފަ އެވެ.

އެ އެސޯސިއޭޝަނުން ވަނީ ކުރިޔަށް އޮތްތަނުގައި މިފަދަކަމެއް ތަކުރާރު ނުވާނެކަމުގެ ޔަގީންކަން ދީފި އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: