ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މުއިއްޒުއާއިއެކު އެއް އަހަރު: ދަތުރުފަތުރުގެ ދާއިރާއަށް އިންގިލާބީ ބަދަލު ގެނައުމުގެ މަސައްކަތް ފެށިއްޖެ

ރައީސް މުއިއްޒު އަދި މިނިސްޓަރު އަމީން: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެ ޤައުމެއްގެ އިޤްތިޞާދީ ކުރިއެރުމަށް ޓްރާންސްޕޯޓް ދާއިރާގެ މުހިންމުކަން ފާހަގަކޮށްލެވެއެވެ. ދިވެހިރާއްޖޭގައިވެސް މި ދާއިރާގެ ދައުރު ވަރަށް ބޮޑެވެ. ފަތުރުވެރިކަމާއި މަސްވެރިކަން ފަދަ މައިގަނޑު އިޤްތިޞާދީ ދާއިރާތަކަށް ބަލާއިރު، ޓްރާންސްޕޯޓް ދާއިރާގެ ޚިދުމަތްތަކަކީ ކޮންމެހެން ބޭނުންތެރި އަދި މުހިންމު ޚިދުމަތްތަކެކެވެ.

އިޤްތިޞާދުގެ އަސާސީ ހަރަކާތްތަކުގެ ތެރޭގައި މުދަލާއި ޚިދުމަތް އެއްތަނުން އަނެއްތަނަށް ގެންދިއުން ހިމެނެއެވެ. އެހެންކަމުން، ޓްރާންސްޕޯޓް ދާއިރާގެ ހަރުދަނާކަމަކީ މުޅި އިޤްތިޞާދުގެ ދުޅަހެޔޮކަމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.

އައު ސަރުކާރުގެ ދައުރު ފެށުމާއެކު، މި ދާއިރާ ހަރުދަނާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވެއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް މަސައްކަތްތަކެއް ފަށާފައެވެ. މީގެ ތެރޭގައި ލާމަރުކަޒީ އުސޫލުން މަސައްކަތްތައް އިންތިޒާމުކުރުމާއި، އުޅަނދުފަހަރުގެ އަހަރީ ފީ ކައުންސިލްތަކަށް ލިބޭނެ އިންތިޒާމު ހަމަ�ެއްސުން ހިމެނެއެވެ.

ފަސިންޖަރުން އުފުލުމުގެ ޚިދުމަތްތަކާ ގުޅޭގޮތުން، ސަރުކާރުން ވަނީ ޓެކްސީ ޑްރައިވަރުންގެ ޙައްޤުތައް ކަށަވަރުކުރުމަށް ފިޔަވަޅުތަކެއް އަޅާފައެވެ. މީގެ ތެރޭގައި ޚާއްޞަ ދަފްތަރެއް އެކުލަވާލުމާއި، ޓެކްސީ ޚިދުމަތުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އައު އުސޫލުތަކެއް ތަޢާރަފުކުރުން ހިމެނެއެވެ.

މާލެ ސަރަޙައްދުގެ ތޮއްޖެހުމުގެ މައްސަލައަށް ޙައްލެއް ހޯދުމަށް، ސަރުކާރުން ވަނީ ބާވެ ހަލާކުވެފައިވާ އުޅަނދުތައް ނައްތާލުމުގެ މަސައްކަތް ފަށާފައެވެ. އަދި ޓެކްސީ ޚިދުމަތް ހަމަހަމަ އުސޫލަކުން ދިނުމަށްޓަކައި، ކިއު ތަރުތީބުން ޚިދުމަތް ދިނުމުގެ އުސޫލު ތަޢާރަފުކޮށްފައިވެއެވެ.

މާލެ ފަހި ޕްރޮގްރާމް އިފްތިތާހުކުރުން: ފޮޓޯ/ ރައީސް އޮފީސް

މި އަހަރަކީ ޓްރާންސްޕޯޓް ދާއިރާގެ އަސާސީ މަސައްކަތްތައަސައްކަތްތައް ހަރުދަނާކޮށް، ކަނޑައެޅިފައިވާ އިންތިޒާމެއްގެ ދަށުން ހިންގުމަށް އަމާޒު ހިފާފައިވާ އަހަރެކެވެ. މި މަސައްކަތްތަކުގެ ސަބަބުން، ދާއިރާގެ ޚިދުމަެ ޚިދުމަތްތައް އިތުރަށް ރަނގަޅުވެ، އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިވާނެކަމަށް އުންމީދުކުރެވެއެވެ.

މަގުތަކުގައި ޕާކުކޮށްފައިވާ އުޅަނދުތައް ގިނަވުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރުން ވަނީ މުހިންމު ފިޔަވަޅުތަކެއް އަޅާފައެވެ. މިގޮތުން، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 23,000 އަކަފޫޓުގެ ބިމެއްގައި މެކޭނިކަލް ޕާކިންގ ނިޒާމެއް ޤާއިމުކުރުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސް، އެޗްޑީސީ އަދި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކުރެވިފައިވެއެވެ. އަދި މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ރައީސް އޮފީހަށް ހުށަހަޅާފައިވާކަން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

މާލެ ސަރަހައްދުގެ މަގުތައް އުޅަނދުތަކުގެ ސަބަބުން ތޮއްޖެހެމުންދާ މައްސަލަ ހައްލުކުރުމަކީ މި ސަރުކާރުގެ އިސް އަމާޒެކެވެ. އެހެންކަމުން، ވަކި ސަރަހައްދެއްގައި ދުއްވޭނެ އުޅަނދުތަކުގެ އަދަދު ކަނޑައެޅުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވޭނެ އަދަދެއް ކަނޑައެޅުމަށް މާލެ ސިޓީ ކައުންސިލާއެކު މަޝްވަރާތައް ކުރެވެމުންދެއެވެ.

މާލެ ސަރަހައްދުގައި ޓްރެފިކް އެންމެ ބާރުވާ ވަގުތުތަކުގައި ސިނާޢީ އުޅަނދުތަކާއި އިޤްތިޞާދީ މަސައްކަތްތަކަށް ބޭނުންކުރާ ބޮޑެތި އުޅަނދުފަހަރު ދުއްވުމުގެ ސަބަބުން މަގުތައް ބަންދުވެ، ގިނަ އަދަދެއްގެ ރައްޔިތުންނަށް ދަތިތަކާ ކުރިމަތިލާންޖެހެއެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި، އެފަދަ އުޅަނދުފަހަރުން މުދާ އުފުލުމަށް ވަކި ގަޑިތަކެއް ކަނޑައެޅުމަށް މިނިސްޓްރީން ވަނީ މަސައްކަތް ފަށާފައެވެ. މިކަމާ ގުޅޭގޮތުން މަޞްލަޙަތު ހިމެނޭ ފަރާތްތަކާއެކު މަޝްވަރާތައް ކުރިއަށްދެއެވެ.

މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، އެއްގަމު އުޅަނދުތައް ރަޖިސްޓަރީކުރުމުގެ މަސައްކަތްތަކަށް މިހާރު ބޭނުންކުރެވޭ ސޮފްޓްވެއަރއަކީ އެކަށީގެންވާ ވަސީލަތެއް ނޫނެވެ. މި ޕްރޮގްރާމުގައި ސެކިއުރިޓީ ފީޗަރތައް އެކަށީގެންވާ މިންވަރަށް ނެތުމާއެކު، މިނިސްޓްރީން ވަނީ އައު ސޮފްޓްވެއަރއެއް ފަރުމާކޮށް، އެ ސޮފްޓްވެއަރ ވަންގަވް ޕްލެޓްފޯމުގެ ތެރެއިން ތަޢާރަފުކުރުމަށް ނިންމާފައެވެ. މިއީ އެއްތަނަކުން ޚިދުމަތްތައް ލިބިގަތުމުގެ ފަސޭހަކަމަށް ރިޢާޔަތްކޮށް ކުރިއަށް ގެންދެވިފައިވާ މަސައްކަތްތަކެކެވެ.

ގަރާޖު ސިޓީގެ މައްސަލަ ޙައްލުކުރުމަށް އިތުރު ފިޔަވަޅުތަކެއްވެސް އެޅިފައިވެއެވެ. މިގޮތުން، މިނިސްޓްރީން ވަނީ ރަޖިސްޓަރީކުރުމަށް ހުށަހަޅާ ގަރާޖުތަކުގެ މަޢުލޫމާތު ކަށަވަރުކުރުމުގެ މަސައްކަތް ފަށާފައެވެ. އެތަނަކީ ޙަޤީޤަތުގައިވެސް ޕާކިންގއަށް ބޭނުންކުރެވޭ ތަނެއްކަން ޔަޤީންކުރުމަށްޓަކައި އިންސްޕެކްޝަން މަސައްކަތްތައް ކުރިއަށް ގެންދެވެމުންދެއެވެ.

ކެބިނެޓް ބައްދަލުވުމެއްގެ ތެރެއިން: ފޮޓޯ/ ރައީސް އޮފީސް

ޤާނޫނީގޮތުން މި ދާއިރާ ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައްވެސް ކުރެވިފައިވެއެވެ. އޭގެތެރޭގައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ އުޅަނދުތަކާމެދު ޢަމަލުކުރާނެ ގޮތުގެ ގަވާއިދަށް އިޞްލާޙު ގެނައުމާއި، 7 ގޮނޑިއަށްވުރެ އިތުރު ގޮނޑި ހުންނަ ޓެކްސީ އުޅަނދުތަކަށް އަގު ކަނޑައެޅުން ހިމެނެއެވެ.

އަތޮޅުތަކުގައި ލައިސަންސް ދޫކުރުމުގެ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި، މިނިސްޓްރީން ވަނީ އެ މަސައްކަތްތައް ކުރާ މުވައްޒަފުންނަށް ތަމްރީނު ދިނުމުގެ އިންތިޒާމުތަކެއް ހަމަޖައްސާފައެވެ. މީގެއިތުރުން، މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކޮށް، އަމާންކަން އިތުރުކޮށް، ހިތްފަސޭހަ މާޙައުލަކަށް ހެދުމަށްޓަކައިވެސް މަސައްކަތްތަކެއް ކުރެވިފައިވެއެވެ.

މި މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ކަމަކީ ”މާލެ ފަހި“ ޕްރޮގްރާމް އިފްތިތާޙުކުރުމެވެ. މި މަސައްކަތްތައް ކުރެވިފައިވަނީ އެކަމަށް ޚާއްޞަކޮށް އެކުލަވާލެވުނު ކޮމިޓީއެއްގެ ލަފާގެ މަތިންނެވެ. މި މަސައްކަތްތަކުގެ މައިގަނޑު އަމާޒަކީ ރައްޔިތުންނަށް ހިނގާބިނގާވެ އުޅުމަށާއި ދުއްވާ އުޅުމަށް ފަހި އަދި ރައްކާތެރި މާޙައުލެއް ޤާއިމުކުރުމެވެ.

ބިދޭސީންގެ ޑްރައިވިންގ ލައިސެންސް ކޮންވާޝަން ޕްރޮސެސްއަށް މުހިންމު ބަދަލުތަކެއް ގެނެވިފައިވެއެވެ. ކުރިން 10 އަހަރުގެ މުއްދަތަށް ދޫކުރެވުނު ލައިސެންސް، މިހާރު ކޮންވާޓުކުރާ ލައިސެންސްގެ މުއްދަތަށް ހަނިކުރެވޭނެއެވެ. އަދި ކޮންވާޝަނަށް ދުއްވުމުގެ ޓެސްޓު ހެދުން ލާޒިމުކުރުމަށް ހުށަހަޅާފައިވެއެވެ. މިނިސްޓްރީއިން މިކަމުގައި ޤާނޫނީ ލަފާ ހޯދަމުންދެއެވެ.

މާލޭގެ ޓޯޔާޑުގެ ޖާގައިގެ ދަތިކަން ޙައްލުކުރުމަށް، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ކާރުޕާކު ސަރަޙައްދުން ވަކި ބައެއް ޓޯކުރެވޭ އުޅަނދުފަހަރު ބެހެއްޓުމަށް ޚާއްޞަކުރެވިފައިވެއެވެ. މި ބަދަލާއެކު، ފުލުހުންގެ ބެލުމުގެ ދަށުގައިވާ އުޅަނދުފަހަރު ރައްކާތެރިކަމާއެކު ބެހެއްޓުމާއި ޓްރެފިކް މެނޭޖްމަންޓް ހަރުދަނާވެގެންދާނެއެވެ.

މާލެ ސަރަޙައްދުގައި އެހެން ޒޯންތަކުގެ އުޅަނދުފަހަރު މާލެ ޒޯނަށް ބަދަލުކުރުމުގެ ފުރުޞަތު ދެވި، އެކަން ފުރިހަމަވަންދެން ޚާއްޞަ ސަރަޙައްދެއް ކަނޑައެޅިފައިވެއެވެ.

ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް މަސައްކަތްކުރެވެއެވެ. މީގެ ތެރޭގައި ކުރިން ހުއްޓާލާފައިވާ ޑޮމެއިން ދޫކުރުމުގެ މަސައްކަތް އަލުން ފެށުމަށް ރޭވިފައިވެއެވެ. މިކަމަށްޓަކައި އުސޫލުތަކެއް އެކުލަވާލައި، ގަވާއިދަށް އިޞްލާޙު ގެނެސް، އެޓަރނީ ޖެނެރަލްގެ އޮފީހަށް ހުށަހެޅިފައިވެއެވެ.

ދެމެހެއްޓެނިވި ތަރައްޤީއަށް މުހިންމު ދާއިރާތައް ކުރިއެރުވުމަށް، ދަނޑުވެރިކަމަށް ޚާއްޞަ އެއްގަމު އުޅަނދުފަހަރުގެ އަހަރީ ފީ އިސްތިސްނާކުރުމާއި، ޓަނޭޖް ކަނޑައެޅުމަށް ގަވާއިދުތަކަށް އިޞްލާޙު ގެނެސް، އެޓަރނީ ޖެނެރަލްގެ ލަފައަށް އެދިފައިވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: