ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައުރަޒުތަކުގައި ވިއްކާ ކުރެހުންތަކުގެ ފައިދާ ދައުލަތަށް ނުވަތަ އެންސީއޭއަށް ނުނަގާނަން: މިނިސްޓަރ އަސްވާޑް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު "ޝޭޑްސް އޮފް މައިންޑް" ކުރެހުމުގެ މަޢުރަޒު އިފްތިތާޙު ކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ނެޝަނަލް ސެންޓަރ ފޯ ދި އާޓްސް (އެންސީއޭ) އިން ބާއްވާ މައުރަޒުތަކުގައި ވިއްކާ ކުރެހުންތަކުން އެއްވެސް ފައިސާއެއް ދައުލަތަށް ނުވަތަ އެންސީއޭއަށް ނުނަގާނެ ކަމަށާއި އަދި ކުރެހުން ވިއްކައިގެން ލިބޭ 100 އިންސައްތަ ފައިދާ އަކީ އެ ކުރެހުން ކުރެހި ޒުވާނެއްގެ އެއްޗެއް ކަމަށް ޔޫތު މިނިސްޓަރ އިބްރާހިމް ވަހީދު (އަސްވާޑް) ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަސްވާޑް ވިދާޅުވީ ”ޝޭޑްސް އޮފް މައިންޑް“ ނަމުގައި ކުރެހުމުގެ މުބާރާތެއް ކުރިއަށްގެންދިއުމުގެ އެންމެ ބޮޑު ބޭނުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެންމެން ރެޔާއި ދުވާލު ކުރަމުންދާ މަސައްކަތުގައި، އެކަމާއި ހަނގުރާމަކުރަން މުޖުތަމުގެ ތެރެއިން އެތައް ބަޔަކު ދާއިރު، ކޮންމެ މީހެއްގެ ވެސް އިހުސާސްތައް ކުރެހުމުގެ ޒަރީއާއިން އަނެކާއަށް ގެނެސްދިނުން ކަމަށެވެ.

އަސްވާޑް ވިދާޅުވީ މި މުބާރާތް ކުރިއަށް ގެންއުމަށްޓަކައި ދިނީ ވަރަށް ކުޑަ ދުވަކޮޅެއް ކަމަށާއި އެހެންނަމަވެސް އާދަޔާޙިލާފް ހިއްވަރާއި، އާދަޔާޙިލާފް ޝައުގުވެރިކަން ޒުވާނުންގެ ފަރާތުން ފެނިގެންދިޔަ ކަމަށެވެ. 18 – 35 އަހަރާއި ދެމެދުގެ ޒުވާނުންނަށް މިކަން ހުޅުވާލުމާއި އެކު ޕަބްލިކްގެ ފަރާތުންވެސް މިކަމަށް ހުޅައެޅުންތަކެއް އައިކަމަށެވެ.

އަސްވާޑް ފާހަގަކުރެއްވީ 35 އަހަރުން މަތީގެ މީހުންނަށް މި މުބާރާތް ހުޅުވާނުލީ ކީއްވެތޯ ބައެއް އާންމުން ސުވާލު ކުރިކަމަށެވެ. އެކަމަކު މިނިސްޓްރީ ބޭއްވީ ޒުވާނުންނަށް ހާއްސަކޮށްގެން ޕްރޮގްރާމެއް ބޭއްވުމަށްކަމަށް ފާހަގަކުރެއްވި އެވެ.

މިއީ މިގައުމުގެ ކުރިއަށް އޮތް ޖީލު، މިއީ އަޅުގަނޑުމެން ހައްލުކުރަންޖެހޭ މައްސަލައެއް. މިކަމަކީ އަޅުގަނޑުމެން އެޑްރެސްކޮށް ތަސައްލީ ބޭނުންވާ ކަމެއް. މި ހުށައެޅުންތައް މި ތަނުގައި ޑިސްޕްލޭ ކުރެވިފައި މިހުރީ. ފަންސާހުން ފަސްދޮޅަހުން ކުރެހުންތައް ލިބިދާނެ ކަމަށް އަޅުގަނޑުމެންގެ ވެސް ހުދު ގަބޫލެއް ނުކުރަން. އެހެންނަމަވެސް މި އާޓް ގެލެރީން މިވަނީ ކުރެހުންތަކުން ފުރިފައި. ވަރަށް ބޮޑަށް ޝުކުރިއްޔާ ހުރިހާ ޒުވާން އަންހެން ބޭފުޅުން، ފިރިހެން ބޭފުޅުން. ތިބޭފުޅުން ޝައުގުވެރި ވުމުގައި މި މަސައްކަތުގައި ބައިވެރިވީތީ ނިހާޔަތައް، އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ނަމުގައި ތި އެންމެ ބެފުޅުންނަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން

އަސްވާޑް ވިދާޅުވީ، މި މައުރަޒުން ދެކަމެއް ހާސިލް ކުރައްވަން ބޭނުންވެވަޑައިގަންނަވާ ކަމަށާއި، އެގޮތުން އެއް ކަމަކީ ދުޅަހެޔޮ ސިއްހަތެއްގައި އަޅުގަނޑުމެން ތިބުމަށް، ނަފްސާނީ ދުޅަހެޔޮކަން ވަރުގަދަ ކުރުމަށް އަޅުގަނޑުމެން ޒުވާނުން އެކަކު އަނެކަކާއި މެދު ދެކޭ ދެކުން، ނުވަތަ ވިސްނާ ވިސްނުން ކުރެހުމަށް ތިރިކުރުން ކަމަށެވެ. ދެވަނަ ކަމަކަށް އަސްވާޑް ފާހަގަކުރެއްވީ ގެލެރީގައި ވަރަށް ގިނަ މައުރަޒުތައް ބާއްވާފައިވާ ކަމަށާއި އަދި މައުލޫމާތު ލިބިވަޑައިގެންފައިވާ ގޮތުން ވަރަށް ގިނަ ކުދިން މައުރަޒުތަކުގައި ބައިވެރިވާ ކަމަށެވެ.

އަސްވާޑް ވިދާޅުވީ ވަރަށް ގިނަ ކުދިން މައުރަޒުތަކުގައ ބައިވެރިވާ ކަމަށާއި އަދި ކުރިއަށްވެސް މިފަދަ އެތައް މައުރަޒު ތަކެއް ބާއްވަން ގަސްތުކުރައްވާ ކަމަށެވެ. އުސޫލުގައި އޮންނަ ގޮތުން ކޮމިޝަނެއް ދޭން އޮތް ކަމުގައި ވީނަމަވެސް މިއަދު ބޭއްވި މައުރަޒާއި އަދި އެންސީއޭއިން ކުރިއަށް ބާއްވާނެ އެއްވެސް މައުރަޒެއްގައި ބައިވެރިވާ ކުދިންގެ އަތުން އެއްވެސް ފައިސާއެއް ނުނަންގަވާނެ ކަމަށް އަސްވާޑް ވިދާޅުވިއެވެ.

އަސްވާޑް ވިދާޅުވީ ކުރެހުންތެރިން އަމިއްލަ ވަގުތާއި އަދި އެތައް ބުރަ މަސައްކަތެއް ކޮށްގެން ކުރަހާ ކުރެހުންތަކުގައި ޖަހާފައި ހުންނަ އަގަކުން ދިވެހި ދައުލަަތަށް ނުވަތަ އެންސީއޭއަށް އެއްވެސް އެއްޗެއް ނުނަގާނެ ކަމަށާއި އަދި އޭގެން އެއްވެސް އެއްޗެއް ބޭނުންވެސް ނުވާ ކަމަށެވެ. އަސްވާޑް ވިދާޅުވީ ވިއްކާ ކޮންމެ ކުރެހުމެއްގެ 100 އިންސައްތަ ފައިދާ އަކީ އެ ކުރެހުންތެރިއްގެ އެއްޗެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: