ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޫސުމީ ބަދަލުތަކާއި ދެކޮޅަށް ރާއްޖެ ކުރާ މަސައްކަތް ގިނަ، އެންމެ ބޮޑު ގޮންޖެހުމަކީ މާލީ ދަތިތައް: ރައީސް

ބާކޫގައި ކުރިޔަށް ދާ އދ. ގެ ތިމާވެއްޓާއި ބެހޭ ސަމިޓް ކޮޕް-29 ގައި ރައީސް ތަގުރީރު ކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ރާއްޖެއިން ގިނަ މަސައްކަތަކެއް ކުރަމުންދާކަމަށާއި، މި ލަނޑުދަނޑިތައް ހާސިލު ކުރުމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މާލީ ގޮތުން ދިމާވާ ދަތިތައްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ އަޒަރުބައިޖާންގެ ވެރިރަށް ބާކޫގައި ކުރިޔަށް ދާ އދ. ގެ ތިމާވެއްޓާއި ބެހޭ ސަމިޓް ކޮޕް-29 ގައި ތަގުރީރު ކުރައްވަމުންނެވެ.

މޫސުމީ ހާލަތާއި، އަންނަމުން ދާ ބަދަލުތަކަށް ރައީސް ވިދަޅުވީ ދިވެހި ރާއްޖެއަކީ އެންމެ ނާޒުކު އެއް ގައުމަށްވާއިރު، މިއީ ހިތްވަރު ގަދަ ދިވެހި ރައްޔިތުންތަކެއް އުޅެމުންދާ ގައުމެއް ކަމަށެވެ. އެގޮތުން ރާއްޖެއިން ދިޔައީ ފާއިތުވި 35 އަހަރުން ފެށީގެން ސްމޯލް އައިލެންޑް ކޮންފަރެންސުން ފެށިގެން މޫސުމީ ބަދަލުތަކާއި ގުޅިގެން އަންނަމުންދާ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ގޮވާލަމުން ކަމަށެވެ. އަދި އެކަމަށް ގޮވާލަމުން ދިޔަ އެއްވެސް ސަބަބަކަށް ބަދަލެއް އައިސްފައި ނުވާކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ދެއްވި ބަޔާނުގައި ވިދާޅުވީ، ސްމޯލް އައިލެންޑް ޑިވެލޮޕިން ކަންޓްރީސް (ސިޑްސް) އަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ މޫސުމަށް ކުރާ ނޭދެވޭ އަސަރު ލިބޭ ގެއްލުންތައްކަމަށާއި، ރާއްޖެ އަބަދުވެސް ކުރަމުން އައި ވާކާލާތަކީ އެފަދަ ގައުމުތަކަށް މާލީ ގޮތުން އެހީވުމަށް ކަމަށެވެ. އަދި ސިޑްސްގެ ނާޒުކުކަމަށް ކުރާ ހަރަދަކީ ތަކުލީފެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި މުޅި ދުނިޔޭގެ ސަލާމަތަށްޓަކައި ކުރާ މާނަފުން އިންވެސްޓްމަންޓެއްގެ ގޮތުގައި ބެލުމާއެކު، މޫސުމީ ބަދަލުތަކަށް ހޭނުމުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ނިޒާމަކަށް ދުނިޔޭގެ މާލީ ނިޒާމު ބަދަލުކުރުމަށް ގޮވާލެއްވިއެވެ.

މިއީ ކާމިޔާބީ ނުވަތަ ނާކާމިޔާބީ ކަނޑައެޅިގެންދާ ދަނޑިވަޅެއްކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ފިޔަވަޅު ފިޔަވަޅު އެޅުން ނުވަނަ ނޭޅުން އެޅުންލަސް ކުރުމަކީ ރާއްޖެފަދަ ގައުމުތަކަށް އޮތް ފުރުސަތެއް ނޫންކަމަށެވެ.

ކޮޕް 28 ގައި ބޭއްވި މޫސުމީ ބަދަލުތަކާއި ގުޅިގެން ރާއްޖޭގެ ތަސައްވުރު ހިއްސާ ކުރައްވާފައިވާނެކަމަށް ފާހަގަކޮށް ރައީސް އިތުރަށް ވިދާޅުވީ ބޮޑެތި ގޮންޖެހުންތަކާއި އެކުގައި ވެސް އޮތީ އުންމީދީ މާދަމައެއްކަމަށެވެ.

ރައީސް ދެއްވި ބަޔާނުގައި އެމަނިކުފާނު ވަނީ ހަކަތައިގެ ސިޔާސަތުތަކާއި ރޯޑްމެޕެއް ސަރުކާރުން އިއުލާނުކޮށްފައިވާކަން ހާމަކުރައްވާފަ އެވެ. އަދި ދެމެހެއްޓެނިވި މޫސުމީ ބަދަލުތަކަށް ހޭނިފައިވާ އަދި ތަރައްގީވެފައިވާ ގައުމެއްގެ ގޮތުގައިވުމަށް ސަރުކާރުން އެކުލަވާލުމަށް މަސައްކަތް ކުރަމުން ދާ 20 އަހަރުގެ މަސްޓަރ ޕްލޭންގެ މައުލޫމާތުތައް ހިއްސާކުރެއްވި އެވެ. މި ހުރިހާ މަސައްކަތަކާއި އެކު ވެސް ރައީސް ވިދާޅުވި ގޮތުގައި، ރާއްޖެއަށް އޮތް ހުރަހަކީ މާލީ ގޮންޖެހުންތަކެވެ.

ރައީސް ވިދާޅުވީ މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތަކުގެ މާލީ އެހީތައް އަވަސް ވާން ޖެހޭކަމަށާއި، މިއީ ކުދި އަދަދުތަކެއްގެ ބަދަލުގައި ބޮޑެތި އަދަދުތަކުން ފައިސާ ބޭނުންވާ ވަރުގެ މައްސަލަތައް ކަމަށެވެ. އަދި ތަރައްގީވަމުން އަންނަ ކުދި ގައުމުތަކުގެ ހާލާތާއި މެދު ވިސްނާލުމަށް ރައީސް ގޮވާލެއްވި އެވެ. އެހެންކަމުން މުސުމީ ބަދަލުތަކަށް ހޭނުމަށާއި، ގެއްލުންތައް ކުޑަ ކުރުމަށް އިސްކަން ދޭން ޖެހޭ މިންވަރު މިހާރަށް ވުރެ އިތުރުވާން ޖެހޭކަމުގައި ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: