ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ އެހީއާއެކު މިއަހަރު 5 ރަށެއްގައި ވާޓިކަލް ފާމިންގެ މަޝްރޫއު ކުރިއަށްދިޔަ: ޑރ. ރަމީލާ

Rows of vegetables in organic vertical farming
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ އެހީއާއެކު މިއަަހަރު 5 ރަށެއްގައި ވާޓިކަލް ފާމިންގެ މަޝްރޫއު ކުރިއަށް ކުރިއަށް ގެންގޮސްފައިވާ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ. އައިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ.

ވާޓިކަލް ފާމިން މަޝްރޫއެއް ފެށުމަކީ މި ސަރުކާރުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި ކުރުމަށް ނިންމާފައިވާ މަސައްކަތެކެވެ. ވަޒީރު ވަނީ މި މަޝްރޫއުގެ އަދާ ހަމައަށް ކޮށްފައިވާ މަސައްކަތުގެ ތަފްސީލީ މައުލޫމާތު ސަންގު ޓީވީއަށް ދެއްވައި ފައެވެ. އެގޮތުން ވަޒީރު ވިދާޅުވީ، ހދ. ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ޕައިލެޓް ޕްރޮޖެކްޓްގެ މަޝްރޫފަށާފައި ކަމަށެވެ. އެ ސެންޓަރުގައި 3 ވައްތަރެއްގެ ވާޓިކަލް ހައިޑްރޮޕޯނިކްސް ސެޓަޕް ޤާއިމުކޮށްފައިވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ވަޒީރު ވިދާޅުވީ، ހދ. ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި މިހާރު ކުރިއަށް ގޮސްފައވަނީ ގަސްއިންދުމުގެ ތިންވަނަ ބުރު ކަމަށެވެ. އެގޮތުން މި ޕްރޮޖެކްޓްގެ ދަށުން 3 ވައްތަރެއްގެ ސިސްޓަމް ޤާއިމުކުރުމަށް ނިންމާފައިވާއިރު، އެންމެ ރަނގަޅު ސިސްޓަމެއް ގޮތުގައި ފާހަގަކޮށްލެވެނީ އޭ ފްރޭމް ސްޓްރަކްޗަރ ކަމަށް ވަޒީރު ވިދާޅުވިއެވެ.

“ ޕައިލެޓް ޕްރޮޖެކްޓްގެ މިއަހަރުގެ ފެބްރުއަރީ މަހު ހަނިމާދޫ އެގްރިކަލްސަރ ސެންޓަރގައި ފެށި، ޕައިލެޓް ކުރުމުގެ ގޮތުން ވާޓިކަލް ފާމިންގެ ތަފާތު 3 ވައްތަރެއްގެ ސިސްޓަމް ބޭނުންކޮށްގެން، ގަސްއިންދުމުގެ މަސައްކަތް ފަށާފައި މިހާރު މި ވަގުތު އެތަނުގައި މިދަނީ ތިންވަނަ ސައިކަލް“ ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މި މަޝްރޫއުގެ ދަށުން އެންމެ ރަނގަޅު ސިސްޓަމެއް ގޮތުގައި އޭ ފްރޭމް ސްޓްރަކްޗަރގެ މަސައްކަތް ފާހަގަކުރެވިފައިވާއިރު ރާއްޖޭގެ އިތުރު ރަށްރަށަށް އެ ސިސްޓަމް ތަޢާރަފްކުރުމަށް ނިންމައިފައިވާ ކަމަށެވެ. އަދި ސަރުކާރުގެ ޙަރަދުގައި މިއަހަރު 5 އަތޮޅެއްގެ 5 ރަށެއްގައި ވާޓިކަލް ފާމިން ސިސްޓަމް ޤާއިމު ކޮށްފައިވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: