ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ ފްލެޓުގައި މީހަކު ރަހީނު ކުރުމުގައި ތަނުގެ ވެރި މީހާ ވެސް ހުރި، ޑްރަގަށް ޕޮޒިޓިވް: ފުލުހުން

ހައްޔަރުކޮށްފައި ތިބި މީހުން: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިޔާ ފްލެޓެއްގެ ތެރޭގައި މީހަކު ރަހީނުކޮށްގެން އަނިޔާކުރި މީހުންގެ ތެރޭގައި އެ ފްލެޓްގެ ވެރިމީހާ ވެސް ހުރި ކަމަށާއި އޭނާ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ހުޅުމާލެ ފްލެޓެއްގެ ތެރޭގައ މީހަކު ރަހީނުކުރި މައްސަލައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ އެ މައުލޫމާތު ފުލުހުންނަށް ލިބުނީ އިންޓެލިޖެންސަށް ކަމަށާއި އަދި އެ މައުލޫމާތު ލިބުމާއިއެކު ފުލުހުންގެ ކަމާގުޅުންހުރި ޑިޕާޓްމެންޓުތަކުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

ފުލުހުން ހޯދި މައުލޫމާތުތަކުން ހިޔާ ފްލެޓުތަކުގެ ޓަވަރާއި އަދި ސީސީޓީވީ ފުޓޭޖްގެ ޒަރީއާއިން އެއީ ކޮން އެޕާޓެމެންޓެއްކަން އެނގިފައިވާކަމަށް ފުލުހުންގެ އޮފިސަރު ވަނީ ވިދާޅުވެފައެވެ.

ބްރީޗިންގ ކިޓް ބޭނުންކޮށްގެން ތަޅުހަލާކުކޮށްލައިގެން އެތެރެއަށް ވަނީ. ވައިން އިރުގައި ބެލްކަނީ ކައިރީ ކަނާތްފަރާތު ތަޅުންގަނޑު މަތީގައި ރަހީނުކޮށްފައި އިން މީހާ އިނީ ބައިންދާފަ. ބޯވެސް ކޮށާލައިފައި ހުރީ. އަޅުގަނޑުމެން ވައިންތަނާ ރަހީނުކޯށްފައި އިން މީހާ ބުނި ތަމަންނާގެ އިނގިލިބުރިކޮށްލަން އުޅެނިކޮށޭ ތި ވަނީ. އަޅުގަނޑުމެންގެ ބެލުމުގެ ދަށަށް ވަގުތުން ރަހީނުކޮށްފައި އިންމީހާ ގެނެސް އެ އެޕާޓްމެންޓުގެ ތެރޭގައި ތިބި 12 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ

ރަހީނުކޮށްފައި އިން މީހާއަށް ނަފްސާނީގޮތުން އަސަރުތަކެއް ކޮށްފައިވާ ކަމަށާ އެހެންކަމުން އެވަގުތު އެތަނުން އެމީހާ ރައްކާތެރި މާހައުލަކަށް ގެންގޮސް ކައުންސެލިން ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނެފައި ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓުތަކުގެ ތެރެއިން އެޗް9-20-11 އަކީ މަސްތުވާ ތަކެތި ވިއްކާ ތަނެއްގެ ގޮތުގައި ބޭނުންކުރާ ތަނެއްކަން ފާހަގަވެފައިވާ ކަމަށާއި އަދި މިހާދިސާ ހިނގިއިރު މި މައްސަލައިގައި ހިމެނޭ 12 މީހުންވެސް މަސްތުގެ ހާލަތުގައި ހުރިކަމަށް ޝައްކުކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އެމީހުންގެ ޔޫރިން ސާމްޕަލް ދިނުމަށް އެންގިނަމަވެސް އެންމެ މީހަކު ފިޔަވާ އެހެން އެންމެން ވަނީ ސާމްޕަލް ދިނުމަށް އިންކާރު ކޮށްފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެޕާޓްމެންޓުގެ ވެރިފަރާތަކީ ލ.މާވަށް އާދަމް ހުސެއިން ކަމަށް ފުލުހުންގެ ތަހުގީގަށް ހާމަވެފައިވާކަމަށް އެ ހިދުމަތުން ވަނީ ބުނެފައެވެ. އަދި ނެގި ސާމްޕަލްގެ ތެރެއިން ސާމްޕަލް ޕޮޒިޓިވްވެފައިވަނީ ވެސް އާދަމް ހުސެއިންގެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހުން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށް ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: