ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެފޭ އުސޫލުން ޑްރަގުގެ ވިޔަފާރިކޮށް، ވިއްކަމުން ދިޔަ 48 ތަނެއް ހިފަހައްޓައިފި

ސްޕްރިޓެންޑެންޓް އޮފް ޕޮލިސް އަދި ޑްރަގު އެންފޯސްމެންޓް ޑިޕާޓްމަންޓުގެ ހެޑު ނާހިދު ހުސެއިން-- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެތަނެއްގައި އެ ބޭނުން ކުރެވޭ ގޮތަށް ހިންގަމުން ދިޔަ 48 ތަނެއް ހިފަހައްޓައި ބަންދުކޮށްފައިވާކަމަށް ފުލުހުން ބުނެފި އެވެ.

މާލޭގެ ސަރަހައްދުގައި މަސްތުވާތަކެތީގެ މައްސަލަ ގޯސްވެ، ޑްރަގުގެ ވިޔަފާރި ކުރާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން އެޕާޓްމަންޓުތަކުގައި މަސްތުވާތަކެތި ބޭނުން ކުރެވޭ ގޮތަށް، ވިޔަފާރި ކުރަމުން ދާ މައްސަލަތަކެއް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކެފޭ އުސޫލުން ޑްރަގު ވިއްކާ އައްޑާތައް ދެނެގަތުގެ މަސައްކަތް ކުރަމުން ދާކަމަށް، ހޯމް މިނިސްޓަރ އަލީ އިހުސާން ވެސް ވިދާޅުވެފައި ވެއެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގެ ތަހުގީގުތައް ކުރިޔަށް ދާގޮތުގެ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެޑް އޮފް ޑްރަގް އެންފޯސްމަންޓް ސުޕާ އިންޓެންޑެންޓް އޮފް ޕޮލިސް ނާހިދު ހުސެއިން ވިދާޅުވީ މާލޭގެ ކެފޭ އުސޫލުން މަސްތުވާތަކެތީގެ ހިދުމަތްދޭ ތަންތަން ބަންދުކުރުމުގެ މަސައްކަތް ހޯމް މިނިސްޓްރީއާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިހާތަނަށް 48 ތަނެއް ބަންދުކޮށްފައިވާކަމަށް ނާހިދު ވިދާޅުވެފައެވެ.

މަސްތުވާތަކެއްޗަށް ދެވި ހިފައިފައިވާ މީހުންނާއި، މަސްތުވާތަކެތި ބޭނުން ކުރުމުގެ ނިޔަތުގައި ސަލާން ޖަހައި، ތަކުރާރުކޮށް ހަރަކާތްތެރިވާ މީހުން ފަރުވާގެ ނިޒާމަށް ވެއްދުމަށްޓަކައި މަސައްކަތް ކުރައްވަމުންދާކަމަށް ނާހިދު ވިދާޅުވި އެވެ. އެގޮތުން އެންޑީއޭއަށް ފަރުވާއަށް ވެެއްދުމަށްޓަކައި 49 ފަރާތެއް ފުލުހުންނާ މިހާރު ހަވާލުކޮށްފައިވާ ކަމަށް ވަނީ ފާހަގަކުރައްވައިފައެވެ.

މީގެ އިތުރުން ބަގުރަލުގެ ވިޔަފާރި ހުއްޓުމަށްޓަކައި ކަމާ ގުޅުންހުރި ފާރާތްތަކާއި އެކު މަސައްކަތް ކުރައްވަމުންދާ ކަމަށް ނާހިދު ވަނީ ފާހަގަކުރައްވައިފައެވެ. އެގޮތުން ސަފާރީތަކާއި އަމާޒުކޮށްގެން މިނިސްތްރީ އޮފް ޓޫރިޒަމް، ކަސްޓަމް އަދި ފުލުހުން ހިމެނޭ ގޮތަށް އިންސްޕެކްޝަން ކުރިއަށްދާ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މިހާތަނަށް 57 ސަފާރީއެއް ބަލާއި ފާސްކޮށްފައިވާ ކަމަށެވެ.

އަދާހަމައަށް ފުލުހުން ކޮށްފައިވާ މަސައްކަތަަށް ބަލާއިރު:

  • 1009 މީހުން މައްސަލަތަކުގައި ހައްޔަރުކުރުން
  • 12،561 މީހުން ބަލާ ފާސްކޮށްފައިވުން
  • 158 އޮޕަރޭޝަން ހިންގުން
  • މަސްތުވާތަކެތީގެ އެކި މައްސަލތަކުގައި 142 ބިދޭސީން ޑީޕޯޓްކުރުމަށްޓަކައި އިމިގްރޭޝަންއާ ހަވާލުކޮށްފައިވުން
  • އޮޕަރޭޝަންތަކުގައި އަތޮޅުތެރޭގައި 12 އޮޕަރޭޝަން، 12 އަތޮޅެއްގައި ހިންގާފައިވުން
  • 183 ކިލޯއަށްވުރެއް ގިނަ މަސްތުވާތަކެތި އަތުލައިގަނެފައިވުން
  • 8451 ބަގުރާ އަތުލެވިފައިވޭ

މަސްތުވާތަކެތީގެ މަގުމަތީގެ އަގު 85 މިލިއަނަށް ވުރެން މައްޗަށް އަރާކަމަށް ފާހަގަކުރެވިފައިވާ ކަމަށް ނާހިދު ވިދާޅުވިއެވެ. އަދި 683 މައްސަލަ ހުށަހެޅިފައިވާއިރު 345 މައްސަލަ ޕީޖީ ކުރެވިފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: