ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާސަންދަ ކަނޑާލާކަށް ސަރުކާރުގެ ވިސްނުމެއް ނެތް: ނާޠިމް

މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޠިމް އިބްރާހިމް
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުން އާސަންދަ ކަނޑާލަން އެއްވެސް ވިސްނުމެއް ނެތް ކަމަށާއި އަމާޒަކީ އެ ހިދުމަތް އެންމެ ބޭނުންވާ މީހާއަށް ލިބޭނެގޮތެއް ހޯދުން ކަމަށް މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޠިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީއަށް ދެއްވި ހާއްސަ އިންޓަރވިއުގައި މިނިސްޓަރ ވިދާޅުވީ އާސަންދަ ކަނޑާލުމަކަށް ސަރުކާރުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށާއި، މިސަރުކާރުގެ ވިސްނުމަކީ އާސަންދަ އިތުރަށް ހަރުދަނާ ކުރުންކަމަށެވެ. ނާޠިމް ވިދާޅުވީ ގައުމާއި، އަދި ސިއްހީ ނިޒާމާއި މެދު ވިސްނާ، ހާއްސަކޮށް އާސަންދަ ނިޒާމާއި މެދު ވިސްނާ ނުވަތަ ގައުމަށް ހެޔޮއެދޭ މީހަކު އާސަންދަ ނިޒާމު މިހާރު އޮތް ގޮތަށް ދެމެހެއްޓި ދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

އާސަންދަ ނިޒާމު ވެފައިވަނީ ލޫޕް ހޯލްތައް ގިނަ، ނާޖާއިޒް ފައިދާނެގޭނެ އަދި ރާއްޖޭގެ މުޅި ސިއްހީ ނިޒާމަށްވެސް އޮތް ބޮޑު ގޮންޖެހުމަކަށް އެކަނި ނޫންކަމަށާއި ހަމައެއާއިއެކު ރާއްޖޭގެ އިގްތިސާދަށްވެސް އޮތް ގޮންޖެހުމަކަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖެ މިހާރު އޮތް ހަރުފަތުން އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިންމު އެއް މަސައްކަތަކީ ހެލްތު އިންސުއަރެންސް ނިޒާމް ހަރުދަނާ ކުރުން ކަމަށެވެ.

”އެހެންނަމަވެސް މި ވޭތުވެދިޔަ ތަނުގައި ވަރަށް ގިނަ ވެރިންނަށް ކުރަން ނުކެރުނު ކަމަކީ އެބޭފުޅުން އޭގެން އަދާކުރަން ޖެހިދާނެ ޕޮލިޓިކަލް ކޮސްޓަކަށްޓަކައި މި ނިޒާމާއި އަތްލަން ނުކެރިފައި އޮތް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އެހެންނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވަނީ ރައްޔިތުންނަށް ދިގުމުއްދަތެއްގައި ފައިދާ ވަނިވި ގައުމަށް ހެވާއި ލާބަ ލިބޭނެ ކަންކަން ތަރުތީބު ކުރައްވަން“

ނާޠިމް ވިދާޅުވީ ހެލްތު ނިޒާމް، ނިޒާމެއްގެ ގޮތުގައި ބައްޓަން ކުރުމަށްޓަކައި އާސަންދަ ނިޒާމް ޓްރާންސްފޯމު ކުރުމުގެ މަސައްކަތް އަމަލީގޮތުން ފައްޓަވަން ކެރިވަޑައިގަތް ބޭފުޅަކީ ހަމައެކަނި ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ. އަދި މި ނިޒާމް ރިފޯމް ކޮށްގެން ނޫނީ މުޅި ސިއްހީ ނިޒާމް ވަރުގަދަނުވާނެ ކަމަށް މުޅި ހެލްތު ސެކްޓަރވެސް ގަބޫލު ކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އާސަންދަ ނިޒާމު ިދިވަހެއް ދުވަހަކަށް ދާނީ ނުހުއްޓި ހަރުދަނާ ވަމުން ކަމަށެވެ. މިނިސްޓަރ ވިދާޅުވީ އާސަންދަ ނިޒާމު ހަރުދަނާ ކުރަންޖެހޭ ކަމަށާއި އަދި ވަކި ބަޔަކަށް މަންފާވާގޮތަށް އޮތް އޮތުން ގާނޫނީ އިމުގެ ތެރެއިން ހަރުދަނާ ކުރަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: