ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެކްނޮލޮޖީގެ އަލީގައި ރައްޔިތުންނަށް ޚިދުމަތް ދެއްވުމަށް ރައީސް ބާރުއަޅުއްވާ އިޙްސާން

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާން
ޝެއާރކޮށްލާ ކަހަލަދޯ؟

އައިޑީކާޑާއި ޕާސްޕޯޓުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫއަކީ ޒަމާނީ ޓެކްނޮލޮޖީގެ އަލީގައި ޚިދުމަތް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ވިސްނުންފުޅު ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ޕްރިންޓްކޮށް ދޫކުރުމާއި، ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ކަންކަން މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫއު އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވަނީ އަސާސީ ޙިދުމަތްތައް ކަށަވަރުކުރުންކަމަށާއި އެކަމަށް ރައީސް ހާއްސަ އިސްކަމެއް ދެއްވައި ކަމަށެވެ.

އެގޮތުން ރައްޔިތުންނާއި ގާތުން އައިޑީކާޑު ޕްރިންޓްކުރުމާއި، ދޫކުރުމާއި ޕާސްޕޯޓް ޙިދުމަތް ފެށިގެން ދިއުމަކީ ރައީސްގެ ރިޔާސި ވައުދެއް ކަމަށާއި އެ މަޝްރޫޢަކީ ޒަމާނީ ޓެކްނޮލޮޖީގެ އަލީގައި ޚިދުމަތް ދެއްވުމަށް ރައީސް ގެންގުޅުއްވާ ވިސްނުންފުޅުގެ ޔަގީން ކަމަށާއި އަދި އެކަމުގެ ސަބަބުން ރައްޔިތުންނަށް ލިބިގެންދާ ފައިދާ ފެނިގެންދާނެ އަލިގަދަ ހެއްކެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

އައިޑީކާޑާއި ޕާސްޕޯޓުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫއު ދާޚިލީ ވުޒާރާއާ ހަވާލުކުރެއްވި ހިސާބުން މި މަސައްކަތުގެ ފޮނި ނަތީޖާ ހާސިލްކުރެވިގެންއައީ ޑީއެންއާރު ހިންގެވުމާ ހަވާލުވެވަޑައިގެން ތިއްބެވި ވެރިންނާއި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ ބުރަ މަސައްކަތުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: