ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤާނޫނުލްއުޤޫބާތަށް އިސްލާޙު ހުށަހެޅުމުގެ ބިލަށް އާންމުންގެ ހިޔާލު ހޯދަނީ

ރައްޔިތުންގެ މަޖިލިސްގެ ޖަލްސާއެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ޤާނޫނުލްއުޤޫބާތަށް އިސްލާޙު ހުށަހެޅުމުގެ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކުރި އިއުލާނެއްގައި ބުނީ، މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ދިރާސާކުރަމުންދާ މި ބިލާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހުށަހެޅުމަށް މިހާރު ހުޅުވާލެވިފައިވާ ކަމަށެވެ. އެގޮޮތުން ނޮވެމްބަރު 21 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ހިޔާލު ފޮނުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

މަޖިލީހުން މައުލޫމާތު ދޭ ގޮތުގައި އީމެއިލްގެ ޒަރިއްޔާއިން ނުވަތަ މަޖިލިސް އިދާރާއަށް ލިއުމުން ހުށަހަޅައިގެންވެސް ހިޔާލު ފޮނުވިދާނެއެވެ.

މި ބިލަކީ ސަރުކާރުގެ ފަރާތުން މާފުށީ ދާއިރާގެ މެމްބަރު ހުސައިން ރިޟާ އާދަމް ހުށަހަޅުއްވާފައިވާ ބިލެކެވެ. މި ބިލުގައި ނުޙައްޤުން މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށް އިތުރަށް ތަފްސީލުކޮށްދީފައިވެއެވެ. އެގޮތުން ކުށް ކަނޑައެޅޭ ޙާލަތްތައް ތަފްސީލުކޮށްދީފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: