އަރަބިއްޔާ ސްކޫލްގެ އައު އިމާރާރުގެ މަސައްކަތް ނިންމަން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އާރުސީސީ) އާ ހަވާލުކޮށް، އަމަލީ މަސައްކަތް ފަށައިފިއެވެ.
އަރައްބިއްޔާ ސްކޫލުގެ އައު އިމާރާތް އާރުސީސީއާއި ިދިޔަ އަންގާރަ ދުވަހު ހަވާލުކުރި 18 މަސް ތެރޭގައި ނިންމާގޮތަށް 152 މިލިއަން ރުފިޔާއަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީބުނެފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފެށުމަށް ނިންމި ނަމަވެސް މަސައްކަތް ލަސްވީ އިތުރަށް 80 މިލިއަން ރުފިޔާ ހަރަދު ކުރަން ޖެހި އެ ފައިސާ ސަލާމަތް ކުރުމަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައިއެވެ.
އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގެ އަމަލީ މަސައްކަތް މި ވެރިކަމުގެ ފުރަތަމަ 100 ދުވަހު ފެށުމަށް ވައުދުވި ކަމަށާއި 80 މިލިއަން ރުފިޔާ އިތުރަށް ހަރަދުކުރާ ގޮތަށް އެ މަސައްކަތް ފެށި ނަމަ އެ ވައުދު ފުއްދޭނެ ކަމަށް މިނިސްޓަރު އިސްމާއިލް ވިދާޅުވިއެވެ. ނަމަވެސް އެއީ ރައްޔިތުންގެ ފައިސާ އަށް ވުމުން އެކަން އެގޮތަށް ނުކުރެއްވީ ކަމަށް އޭނާ ވިދާޅުވިއެވެ.
އަރަބިއްޔާގެ އާ އިމާރާތުގައި ހިމެނޭނީ 40 ކްލާސްރޫމެވެ. މުޅި އިމާރާތް އޭސީ ކުރަން ކަނޑައަޅާފައިވާއިރު، އަންޑަގްރައުންޑް ޕާކިންއެއް ވެސް ހުންނާނެއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަރަބިއްޔާގެ އާ އިމާރާތް ބާ ޖަމާލުއްދީން ހުރި ބިމުގައި ހަދަން ފުރަތަމަ ހަވާލުކުރީ އަމިން ކޮންސްޓްރަކްޝަނާއެވެ. އެއީ ސެޕްޓެމްބަރު 29، 2022 ގައެވެ. އެ ކޮންޓްރެކްޓްގެ މުއްދަތަކީ 420 ދުވަހެވެ. އޭރު އެ ކުންފުންޏާ އެކު ކުރީގެ ސަރުކާރުން އެއްބަސްވީ 168.5 މިލިއަން ރުފިޔާއަށެވެ.

