ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ފުރިހަމަ މެޖޯރިޓީ އޮތްއިރު އިޒްރޭލު ޕާސްޕޯޓު މަނާނުކުރީ ކީއްވެތޯ؟: އަބްދުއްރަޙީމް

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ފުރިހަމަ މެޖޯރިޓީ އޮތްއިރު އިޒްރޭލު ޕާސްޕޯޓު މަނާނުކުރީ ކީއްވެތޯ ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕަރސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ސަރުކާރަށް އަހަރެއް ފުރުމާ ގުޅިގެން ސަންގުޓީވީން ގެނެސްދިން ކަވަރޭޖަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އަބްދުއްރަޙީމް ވިދާޅުވީ، އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ބިލު ލަސްވާ ވާހަކަ މިހާރު އެމްޑީޕީން ދައްކަމުންދާއިރު، 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އޮތީ އެމްޑީޕީގެ ފުރިހަމަ މެޖޯރިޓީ ކަމަށާއި، އޭރު އެކަން ނުކޮށް އޮތީ ކީއްވެތޯ ސުވާލު އުފެދޭކަމަށެވެ.

ކީއްވެތޯ އޭރު އެ ބިލު ހުށަހަޅުއްވައިގެން އެ ވިދާޅުވާ ސްޕީޑުގައި ގޮސް ނިންމާނުލެއްވީ

އޭގެ އިތުރުން، ސަރުކާރާއި މަޖިލީހުން ނިންމާ ކޮންމެ ނިންމުމެއްވެސް ނިންމާނީ ވަރަށް ބޮޑަށް ދިރާސާ ކުރުމަށްފަހުކަމަށްވެސް އަބްދުއްރަޙީމް ވިދާޅުވިއެވެ. އެގޮތުން މިހާރު ސުންގަޑިތަކެއް ކަނޑައަޅައިގެން މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި، ގަސްތުގައި މަޖިލީހުން އެ މަސައްކަތް ލަސް ނުކުރާނެކަމަށްވެސް ވިދާޅުވިއެވެ.

އަދި އެ މަސައްކަތް ލަސްކުރުމަށް ސަރުކާރުންވެސް އެއްވެސް ޕްރެޝަރެއް ނުކުރާކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެ ނުވެވޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލާއި މެދު އަންނަ ފެބްރުއަރީ މަހުގެ ނިޔަލަށް ގޮތެއް ނިންމާ ގޮތަށް ސުންގަނޑި ކަނޑައަޅައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން މިހާރު ވަނީ ފާސްކޮށްފައެވެ.

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެ ނުވެވޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ. މީކާއިލް މަޖިލީހަށް ހުށަހެޅުއްވީ ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނުގެ އެއްވަނަ މާއްދާގެ (ހ) ގެ ހަތް ވަނަ ނަމްބަރުގެ ފަހަތަށް ނަމްބަރެއް އިތުރު ކުރުމަށެވެ.

މި އިސްލާހުގައި ވަނީ ރާއްޖެ އެތެރެ ނުވެވޭ މީހުންގެ ތެރޭގައި އިޒްރޭލުގެ ޕާސްޕޯޓު ގެންގުޅޭ މީހުން، ޑުއަލް ޕާސްޕޯޓު ހިމެނޭ ގޮތުން ބޭން ކުރުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: