ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއީ ބަދަލު ހިފާނެ ސަރުކާރެއް ނޫން، އެ ވިސްނުން ގެންގުޅޭ ފަރާތްތަކުންވެސް ބަދަލުހިފުމުގެ ވިސްނުން ދޫކޮށްލައްވާ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބަދަލު ހިފުމުގެ ވިސްނުން ގެންގުޅުއްވާ ބޭފުޅުން އެ ވިސްނުން ދޫކޮށްލެއްވުމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

ސަރުކާރަށް އަހަރެއް ފުރުން ފާހަގަކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ރިޔާސީ ކޮމިޝަން ހެދުމަކީ ކުރީގެ ސަރުކާރުތަކުން ކުރަމުން އައި ކަމެއް ކަމަށާއި، ނަމަވެސް މި ސަރުކާރުގައި ރިޔާސީ ކޮމިޝަންތައް ހެދުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

އޭގެ އިތުުރުން، އެމަނިކުފާނު ބޭނުންފުޅުވަނީ ޤައުމަށް ހަމަޖެހުން ގެނައުމަށް ކަމަށްވެސް ރައީސް ވިދާޅުވިިއެވެ. އެގޮތުން ރައީސް ވިދާޅުވީ، ބަދަލު ހިފަން ބޭނުންވެގެން ބައެއް ބޭފުޅުން އުޅުއްވާތަން ފެންނަމުންދާ ކަމަށާއި، ނަމަވެސް އެމަނިކުފާނު ބަދަލު ހިފުމުގެ ރޫޙެއް ނުގެންގުޅުއްވާނެ ކަމަށެވެ. އަދި ބަދަލު ހިފުމުގެ ވިސްނުން ގެންގުޅުއްވާ ބޭފުޅުން އެ ވިސްނުން ދޫކޮށްލެއްވުމަށްވެސް ރައީސް ޑރ މުއިއްޒު ވަނީ ގޮވާލައްވާފައެވެ.

ރައީސް ވަނީ މި ހިނގަމުންދާ ސަރުުކާރުގައި ސިޔާސީ ގޮތުން އެއްވެސް މީހަކު ހައްޔަރު ކުރުމެއް ނޯންނާނެ ކަމަށާއި، ޝަރުއީ ދާއިރާއަށް ނުފޫޒެއް ނުފޯރުވާނެ ކަމަށްވެސް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 75%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: