ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަލަސްތީނުގެ ހައްޤުގައި ހަރުއަޑުން ވަކާލާތުކުރީ ޕީއެންސީގެ ރައީސް: ޝުޖާއު

ބާރަށު ދާއިރާގެ މެމްބަރ އިބްރާހީމް ޝުޖާޢު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ތާރީހުގައި ވެރިއަކު އެންމެ ހަރުއަޑުން ވަކާލާތުކުރީ ޕީއެންސީގެ ރައީސް ކަމަށް ބާރަށު ދާއިރާގެ މެމްބަރ އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

ގަލޮޅު އުތުރު ދާއިރާގެ މެމްބަރ މުހައްމަދު އިބްރާހީމް ހުށަހަޅުއްވައިފައިވާ، އިސްރާއީލުގެ ޕާސްޕޯޓްގައި ދިވެހިރާއްޖެ އެތެރެވުން މަނާކުރުމަށް ހުށަހަޅައިފައިވާ ބިލު އަވަހަށް ފާސްކުރުމަށް ބާރުއަޅައިދިނުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޝުޖާޢު ވިދާޅުވީ، އެމްޑީޕީގެ ދެ ދައުރުގައި ވެރިކަން ކުރައްވައިފައިވާ ބޭފުޅުންނާއި އެމްޑީޕީގެ ރައީސް ދުނިޔޭގެ ރައީސްކަން ކުރެއްވުމަށް ލިބުނު ފުރުސަތުގައިވެސް ފަލަސްތީނުގެ ހައްޤުގައި ނުކޮށްދެވުނު މަސައްކަތް ޕީއެންސީ ސަރުކާރުގެ 1 އަހަރު ދުވަހުގެ ތެރޭގައި ކޮށްފައިވާ ކަމަށެވެ.

މިއަދު ލިބުނު ކޮންމެ ޕޯޑިއަމްއެއްގައި ފަލަސްތީނު ރައްޔިތުންގެ ހައްޤުގައި ރައީސް ޑރ. މުއިއްޒު ސާބިތުކަމާއެކު މަސައްކަތް ކުރައްވައިފައިވާ ކަމަށް މެމްބަރ ވިދާޅުވިއެވެ.

“ ފަލަސްތީނުގެ ހައްޤުގައި ދިވެހިރާއްޖޭގެ ތާރީހުގައި އެންމެ ހަރުއަޑުން ވަކާލާތު ކުރީ ޕީއެންސީގެ ރައީސް މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު “ ޝުޖާއު ވިދާޅުވިއެވެ.

އެމްޑީޕީގެ މެމްބަރުން، އިސްރާއީލުގެ ޕާސްޕޯޓްގެ މައްސަލަ ސިޔާސީ ކަމެއް ގޮތުގައި ނުހެއްދެވުމަށް މެމްބަރ ޝުޖާއު ވަނީ އެދިފައެވެ. އަދި އިސްރާއީލުގެ ޕާސްޕޯޓްގެ މައްސަލަ އަވަސް ކުރެއްވުމަށް ޕީއެންސީގެ ސުޕަމެޖޯރިޓީ އޮތް ޕާލިމެންޓްއިން އެކަމާއި ގުޅޭ ހުރިހާ ވުޒާރާއަކާއި ސްޓޭކް ހޯލްޑަރުންނާއި އެކު މައުލޫމާތު ސާފު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މެމްބަރ ވިދާޅުވިއެވެ.

މެމްބަރ ޝުޖާއު ވިދާޅުވީ، ދިވެހިރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ޤައުމެއް ކަމަށެވެ. ރާއްޖެ އޮތީ ދުނިޔޭގެ ހުރިހާ ޤައުމަކާއި ގުޅިފައި ކަމަށާއި އެހެން ނަމަވެސް އިޒްރޭލްގެ ސިޔާސީ ބޭފުޅުން ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންނަށް އަނިޔާ ދިނުމުގައި ސިޔާސީގެ ގޮތުން ކަންކަން ތަންފީޒުކުރާ ފަރާތްތަަކަށް ދިވެހިރާއްޖޭގެ ރީތިކަމުގެ އުފާ ލިބުމަކީ ޤަބޫލުކުރާ ކަމެއް ނޫން ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: