ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަކި ޕާޓީއަކާއި، ރައީސްގެ ތާއީދުގައި މަޖިލީހަށް ހޮވުމަށް ފަހު ޕާޓީ ބަަދަލު ކުރެވިގެން ނުވާނެ: ނާޒިމް

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވަކި ޕާޓީއެއްގެ ސިޔާސަތަކަށް ތާއީދުކޮށް، ރައީސުލްޖުމްހޫރިއްޔާގެ ތާއީދުގައި ރައްޔިތުންގެ މަޖިލީހަށް ހޮވުމަށް ފަހު އެ މެމްބަރެއްގެ ޕާޓީ ބަދަލު ކުރުމުގެ ފުރުސަތު އޮވެގެން ނުވާނެކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ގޮނޑި ގެއްލޭ އިސްލާހު މިއަދުން މިއަދަށް ވަނީ ކޮމިޓީއަށް ފޮނުވާފަ އެވެ.

ގާނޫނުއަސާސީގައި އެންޓި ޑިފެކްޝަންގެ މާއްދާތައް ހިމެނުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދެވެ.

ރައްޔިތުންގެ މަޖިލީހަށް ހޮވޭއިރު ތަމްސީލު ކުރާ ޕާޓީން ވަކިވެއްޖެ ނަމަ، ނުވަތަ ސުލޫކީ މައްސަލައަކާއި ހުރެ ޕާޓީން ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު ނާޒިމް ސިފަ ކުރެއްވީ ބަރުލަމާނީ ހަޔާތުގައި އެޅިގެންދާ މުހިންމު ފިޔަވަޅެއްގެ ގޮތުގައެވެ. މެމްބަރުންގެ ގޮނޑި ގެއްލޭނެ ގޮތް ބަޔާން ކުރާ އެންޓި ޑިފެކްޝަން ގާނޫނެއް އޮތް ނަމަވެސް، އެއީ ގާނޫނުއަސާސީގެ ބެލެނިވެރިކަން ލިބިދީފައިވާ ގާނޫނެއް ނޫންކަން ނާޒިމް ފާހަގަކުރިއެވެ. އަދި ނާޒިމް އެ ގާނޫނު ސިފަ ކުރެއްވީ އެއްވެސް ދަތެއް ނެތް ސިންގާއެއްގެ ގޮތުގައެވެ.

ނާޒިމް ވިދާޅުވީ އެންޓި ޑިފެކްޝަން ގާނޫނު އޮތީ ގާނޫނުއަސާސީގައި މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ ހާލަތްތައް ބަޔާންކޮށްފައި އޮތް އިރު އޭގެއިން ހާލަތަކަށް ބައްދަލު ނުވާގޮތަކަށް ކަމަށެވެ.

އެ ގާނޫނަކީ، އެ ގާނޫނަށް ގާނޫނުއަސާސީގެ ބެލެނިވެރިކަން ލިބިދީފައި އޮތް ގާނޫނެއް ނޫން.. އެ ގާނޫނަކީ އެއްވެސް ދަތެއް ނެތް.. ސިންގާއެއްގެ ގޮތުގައި ސިފަކުރެވިދާނެ ގާނޫނެއް.. ސަބަބަކީ ގާނޫނުއަސާސީގައި މަޖިލީހުގެ ގޮނޑި ގެއްލޭނެ ގޮތުގެ ހާލަތްތައް ބަޔާންކޮށްފައި އޮތް އިރު އޭގެއިން ހާލަތަކަށް، ބައްދަލު ނުވާގޮތަކަށް އެ ގާނޫނު އޮތީ.. އެ ގާނޫނަށް ނެތް ބާރުވެރިކަން ލިބިދީފައެއް، ގާނޫނުއަސާސީގެ ހިޔާވަހިކަން ލިބިދީފައެއް…

މި އިސްލާހަށް އެމްޑީޕީގެ މެމްބަރުން ދެކޮޅު ހަދާފައިވާތީ، އެކަން ޖޯކެއްގެ ގޮތުގައި ސިފަކޮށް ނާޒިމް ވިދާޅުވީ އެ ޕާޓީއަށް އެ ނޫން ގޮތެއް ނުވެސް އޮންނާނެކަމަށެވެ. އޭގެ ސަބަބަކީ ޕާޓީގައި އެއް މެމްބަރަކު އަނެއް މެމްބަރަށް އިތުބާރު ނެތުމާއި ރިޔާސީ އިންތިހާބުގެ ދުވަސްވަރުގައި ދެ ރައީސުންގެ ދެމެދުގައި އުފެދުނު ބޮޑު ދެބަސްވުންކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ މަޖިލިސް މެމްބަރުންނަކީ ގަނެ ވިއްކާ މުދާގަނޑަކަށް ވެގެން ނުވާނެކަމަށާއި، އެ ނޫންނަމަ ބޭނުންވާ ތަރައްގީ ރައްޔިތުންނަށް ގެނެސްނުދެވޭނެކަމަށެވެ.

ނާޒިމް ވިދާޅުވީ މަޖިލީހުގައި ނެގޭ މުހިންމު ވޯޓުތަކުގައި، އެ މެމްބަރަކު ނިސްބަތްވާ ޕާޓީއާއި ދެކޮޅަށް ވޯޓު ދީފައިވާ މަންޒަރު ފެނިފައިވާކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ބޮޑުވި 12 މެމްބަރުންގެ މައްސަލަ ފާހަގަކޮށް ނާޒިމް ވިދާޅުވީ، އޭރު މައްސަލައިގައި ކަންކަން ހިނގައިދިޔަ ގޮތަށް ކޯޓުގެ ތެރޭގައި ހައިޖާނުތައް ހިނގަން ބޭނުން ނުވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: