ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޮނޑި ގެއްލޭ ޤާނޫނު ފާސްކުރީ އެމްޑީޕީން ، ޕީއެންސީން މި ކުރަނީ އެ ބަދަލު ދެމެހެއްޓުުމުގެ މަސައްކަތް: ޕީއެންސީ މެމްބަރުން

ރައްޔިތުންގެ މަޖިލިސް ޖަލްސާއެއްގައި މެމްބަރުން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑިގެއްލޭ ގޮތަށް ޤާނޫނުއަސާސީއަށް ހުށަހެޅިފައިވާ އިސްލާޙުގެ މަސައްކަތަކީ މީގެ ކުރިން އެމްޑީޕީންވެސް ވަކާލާތު ކުރަމުން ދިޔަ ގޮތް ކަމަށާއި، ޕީއެންސީންވެސް މި ކުރަމުންދަނީ އެ މަސައްކަތްކަމަށް އެ ޕާޓީގެ މެމްބަރުން ވިދާޅުވެއްޖެއެވެ.

މެމްބަރުން އެހެން ވިދާޅުވީ، މުޅި މަޖިލީހުގެ ކޮމިޓީ ނިންމަވާލައްވައި ނުކުމެވަޑައިގެން މީޑިއާތަކަށް ދެއްވި އިންޓަރވިއުގައެވެ.

މީޑިއާތަކާ ވާހަކަ ދައްކަވަމުން ހޯރަފުށީ ދާއިރާގެ މެމްބަރު މުޙައްމަދު އިސްމާއިލް ވިދާޅުވީ، އަބަދުވެސް ރައްޔިތުން ދެކެނީ މަޖިލިސް މެމްބަރުންނަކީ ނަޒާހަތްތެރިކަމެއް ނެތް ބައެއްގެ ގޮތުގައި ކަމަށާއި، އެންޓި ޑިފެކްޝަން ޤާނޫނު ހުށަހެޅި 19 ވަނަ މަޖިލީހުގައި އެމްޑީޕީން އެ ބިލު ފާސްކުރިއިރުވެސް ދެއްކީ އެ ވާހަކަތައް ކަމަށެވެ. އެހެންކަމުންް މިހާރު ޕީއެންސީން ފަށާފައިވާ މަސައްކަތަކީ އެމްޑީޕީން ގެނައި ބަދަލު ދާއިމީ ބަދަލެއްގެ ގޮތުގައި ޤާނޫނުއަސާސީގައި ހިމެނުމުގެ މަސައްކަތްކަން މެމްބަރު ފާހަގަކުރެއްވިއެވެ.

މެމްބަރު ވިދާޅުވީ، ރައްޔިތުން ޑރ މުޙައްމަދު މުއިއްޒުގެ ވެރިކަން ކުރާ ޕާޓީއަށް ސުޕަރމެޖޯރިޓީ ދިނީ ޑިމޮކްރަސީގެ ރީތި ހަމަތަކުގެ މަތިން މަޖިލިސް ހިންގުމަށް ކަމަށާއި، އެ ފުރުސަތު ހަނިކުރަން އެއްވެސް ބަޔަކަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ،

އޭގެ އިތުރުން، ގޮނޑި ގެއްލޭ ޤާނޫނު އެމްޑީޕީއަށް މުހިއްމު އަދި ބޭނުންތެރި ޤާނޫނެއްގެ ގޮތުގައި އޮންނަނީ ހަމައެކަނި އެމްޑީޕީއަށް ސިޔާސީ ވަކި މަޤްސަދުތަކެއް ޙާސިލުކުރަން ބޭނުންވުމުން ކަމަށާއި، އޭރު އެމްޑީޕީން ހަމަ މި އިސްލާޙުތަކުގެ ދިފާއުގައި މަޖިލީހުގައި ވަކާލާތުކޮށްފައިވާ ކަމަށް މެމްބަރުން ވިދާޅުވިއެވެ. އެކަންކަމުން ފެންނަނީ އެމްޑީޕީގެ ދެފުއް ދެގޮތްކަން ކަމަށްވެސް މެމްބަރުން ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: