ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއާ ޕީއެންސީގެ މެމްބަރުންވެސް މަޖިލިސް ދޮށުގައި އެއްބަޔަކު އަނެއްބަޔަކަށް ރައްދު ދެނީ

މަޖިލިސް ސަރަޙައްދުގައި ކުރިއަށްދިޔަ އިހުތިޖާޖުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލު ކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހާ ގުޅޭގޮތުން އިދިކޮޅު މައިޕާޓީ އެމްޑީޕީއާއި އިސްލާޙު ހުށަހެޅުއްވި މެމްބަރު ނިސްބަތްވެވަޑައިގަންނަވާ ޕީއެންސީން އެއް ބަޔަކު އަނެއްބަޔަކަށް ރައްދުދޭން ފަށައިފިއެވެ.

ދެ ޕާޓީއަށް ނިސްބަތްވާ މެމްބަރުންވެސް މިވަގުތު ގެންދަނީ މަޖިލިސްކުރާ ގޭގެ ސަރަޙައްދަށް އެއްވެ އަޑުއުފުލަމުންނެވެ. އެގޮތުން އެމްޑީޕީން ބުނަމުންދަނީ ޤާނޫނުއަސާސީއަށް އިސްލާޙު ހުށަހެޅުން އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުން ބަލައިނުގަނެވޭ ކަމަށެވެ.

އިދިކޮޅު ޕީއެންސީގެ މެމްބަރުން ބުނަމުންދަނީ ޕާޓީ ބަދަލުވުމުން ގޮނޑި ގެއްލޭގޮތަށް އެމްޑީޕީން 19 ވަނަ މަޖިލީހުގައި ޤާނޫނެއް ފާސްކޮށް، އޭރު އެކަމަށް ތާއީދުކޮށްފައިވާއިރު، ޕީއެންސީން އެ މަސައްކަތް ކުރުމުން ދެކޮޅު ހަދަނީ ދެފުއް ދެގޮތްކަމުން ކަމަށެވެ.

މި އިސްލާޙު ހުށަހެޅުއްވީ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝާހިދުއެވެ. ބިލުގެ އިބްތިިދާއީ ބަހުސް ބުދަ ދުވަހުގެ ހެނދުނު ދަންފަޅީގައި މަޖިލީހުގެ ތަޅުމުގައި ކުރިއަށް ގެންގޮސްފައިވާއިރު، މިހާރު ކުރިއަށްދަނީ ކޮމިޓީ މަރުޙަލާއެވެ. އެގޮތުން މުޅި މަޖިލީހުގެ ކޮމިޓީއެއްގެ ގޮތުގައި މަސައްކަތް ފަށައި، މެމްބަރުން ގެންދަނީ ބިލަށް ބަހުސްކޮށް، ބިލަށް ހުށަހެޅިފައިވާ އިސްލާޙުތަކަށް ވޯޓަށް އަހަމުންނެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: