ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނާރާއާއި ޓޮމް އިޒްރޭލު ޕާސްޕޯޓު ގަރާރު ބޭރުކުރަން ވޯޓު ނުދިން

މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގްއާއި، ހުރާ ދާއިރާގެ މެމްބަރު އަނާރާ ނައީމް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަށް އިމިގްރޭޝަން ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ މަސައްކަތް ކުރިޔަށް ނުދާތީ، އިދިކޮޅު އެމްޑީޕީ ހުށަހެޅި ގަރާރު ބޭރު ކުރުމާއި ދެކޮޅަށް ޕީއެންސީގެ ދެ މެމްބަރަކު ވޯޓު ދީފިއެވެ.

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެ ނުވެވޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ. މައްސަލައިގައި ދާދިފަހުން ބޭއްވި ކޮމިޓީގައި، ނިންމާފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް މަސައްކަތް ނިންމުމަށެވެ.

ގަރާރު ކޮމިޓީއަށް ހުށަހެޅިތާ ވެސް ފަސް މަސް ވެފައިވާއިރު، އެމްޑީޕީގެ މެމްބަރުން ގަބޫލު ކުރާ ގޮތުގައި މަސައްކަތް އިތުރަށް އަންނަ އަހަރަށް ދިގުލައިގެން ދިއުން ގޯހެވެ. އެ މައްސަލައިގައި މިއަދުގެ ޖަލްސާއަށް އެމްޑީޕީ ހުށަހެޅި ގަރާރު ބަލައިގަތުމަށް ފެންނަކަމަށް 15 މެމްބަރަކު ވޯޓު ދިނެވެ. އަދި ގަރާރު ބަލައިގަތުމާއި ދެކޮޅަށް ވޯޓު ދެއްވާފައި ވަނީ 63 މެމްބަރުންނެވެ.

މަޖިލީހުގައި އެމްޑީޕީ ތަމްސީލު ކުރާ 12 މެމްބަރުންގެ އިތުރަށް، އެ މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ އެމްޑީއޭއަށް ނިސްބަތްވާ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސްއާއި، އައްޑޫ މީދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުއްރަހްމާނެވެ. އަދި ޕީއެންސީގެ މެމްބަރުންގެ ތެރެއިން ހުރާ ދާއިރާގެ މެމްބަރު އަނާރާ ނައީމްއާއި، މަހިބަދޫ ދާއިރާގެ މެމްބަރު ވެސް ވޯޓު ދެއްވީ ގަރާރު ބަލައިގަތުމަށެވެ.

މީގެއިތުރުން ޕީއެންސީގެ ފަސް މެމްބަރަކު ޖަލްސާގެ ތަޅުމުގައި ތިބެ، ވަކި ގޮތަކަށް ވޯޓު ދެއްވާފައި ނުވެއެވެ. އެއީ ދަނގެތި ދާއިރާގެ މެމްބަރު އަބްދުﷲ ރަޝީދާއި، ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދުގެ އިތުރުން ހިންނަވަރު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުއްރަހްމާނާއި، ގެމަނަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ޝިހާބާއި، ނައިފަރު ދާއިރާގެ މެމްބަރު ޔާސީން އަބްދުﷲ އެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: