ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭ އިސްލާހު ކޮމިޓީން ފާސްކޮށްފި

ރައްޔިތުންގެ މަޖިލިސް ޖަލްސާއެއްގައި މެމްބަރުން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ޕާޓީ ދައުރުގެ މެދު ތެރޭގައި ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެންނަ އިސްލާހު ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން މި ބިލް މަޖިލީހަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދުއެވެ.

މި ބިލުގެ ފުރަތަމަ ކިޔުމާއި އިބްތިދާއީ ބަހުސް ވެސް މިއަދުގެ ޖަލްސާއަށް ވަނީ ފަށާފައެވެ.. މައުލޫމާތު ލިބޭ ގޮތުގައި ސަރުކާރުން މަސައްކަތް ކުރަނީ މިއަދު މި ބިލު ފާސްކުރުމަށެވެ.

ބިލުގައި ޤާނޫނު އަސާސީއަށް މައިގަނޑު ހަތަރު އިސްލާހެއް ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

1. ރާއްޖޭގެ ސަރަހައްދަށް ބަދަލެއް ގެނައުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ ރުހުން ހޯދަންޖެހުން.

2. މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭނެ އާ ދެ ހާލަތު އިތުރުކުރުން:
– އިންތިޚާބުވާ މެންބަރަކު މަޖިލީހުގެ އުމުރުގެ ތެރޭގައި އެހެން ސިޔާސީ ޕާޓީއަކަށް ބަދަލުވުން.
– ޕާޓީން ވަކިކުރުން ނުވަތަ އަމިއްލަ މެންބަރަކު ސިޔާސީ ޕާޓީއަކަށް ސޮއިކުރުން.

3. ރައީސުލްޖުމްހޫރިއްޔާއަށް އިތުރު ބާރުތަކެއް ދިނުން:
– ދައުލަތުގެ މައިގަނޑު ސިޔާސަތުތައް ކަނޑައެޅުން.
– ސަރުކާރުގެ އިދާރާތަކަށް އިރުޝާދު ދިނުން.
– ޤައުމީ ތަރައްޤީގެ ޕްލޭންތަކާއި ތަސައްވުރުތައް އެކަށައެޅުން.

4. ރާއްޖޭގައި އަސްކަރީ ބޭނުމަށް ބޭރުގެ ސިފައިން ތިބުމާ ގުޅޭ ގޮތުން:
– އަސްކަރީ ބޭނުމަކަށް ބޭރުގެ ސިފައިން ތިބެވޭނީ މަޖިލީހުގެ އަޣުލަބިއްޔަތު ލިބިގެން.
– އަސްކަރީ ނޫން ހަރަކާތްތަކާއި އެއްބަސްވުންތަކުގެ ދަށުން ހިންގާ ތަމްރީނުތަކުގައި ބޭރުގެ ސިފައިންނަށް ހަރަކާތްތެރިވެވޭނެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: